އިދިކޮޅު މެޖޯރިޓީއެއްގައި ސަރުކާރާއި މަޖިލިސް ދާނީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވެއްޖެ

އިދިކޮޅު މެޖޯރިޓީއެއްގައި ސަރުކާރާއި މަޖިލިސް ދާނީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ދައުލަތުގެ ދެ ބާރުގެ މެދުގައި އޮންނާނީ ހަމަނުޖެހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ މަސްރަހުން ފެންނަ މަންޒަރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން, މީގެކުރިން ފެނިފައިވަނީ ސިޔާސީ ގޮތުން މީހުން ހައްޔަރުކުރާ މަންޒަރު ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު އެގޮތަށް ކަންތައްތައް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ މީހަކަށްވީތީ އެމީހަކަށް އުނދަގޫކުރާ ތަނެއް ނުފެންނާނެ. ނޫނިއްޔާ އެކަހަލަ އެއްވެސް ކަންކަމެއް, ކުރީގައި ފެނުނު އެއްވެސް ކަމެއް ނުފެންނާނެ. ބަދަލެއް ނުހިފާނަން. ގައުމަށް ހަގީގަތުގައި ވެސް ހަމަޖެހުން ގެންނަން މަސައްކަތް ކުރަނީ," ރައީސް ވިދާޅުވި އެވެ.

އެ ފަރާތްތަކުން ދައްކަމުންދަނީ ރައީސް ފާހަގަކުރެއްވި ކަންކަމުގެ އިދިކޮޅު ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެ ބޭފުޅުން ބަދަލުހިފުމަށް އަބަދުވެސް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"އަބަދުވެސް ހަމަނުޖެހުމުގެ ރޫހުގެ އިހުސާސްވާތަން އަޅުގަނޑުމެންނަށް ފެންނަނީ. އެ ރޫހަށް އެ ވިސްނުމަށް އަޅުގަނޑުމެން ދެން ޖާގަ ދޭނެ ކަމެއް ނެތް," އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވާއިރު ހަމަޖެހުން އިސްކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މިހާރު ވެސް އިދިކޮޅު މެޖޯރިޓީން ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށާއި އިދިކޮޅުން ދެންވެސް ކަން ކުރާނީ އެހެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ބަދަލު ހިފުމާއި ދެކޮޅު ހެދުމުގެ ރޫހަށް މަޖިލިސް ތެރެއިން ޖާގަ ދީފި ކަމަށް ވަންޏާ ފެންނާނީ އެކަން. މަޖިލީހާއި ސަރުކާރާ ހަމަނުޖެހުމުގެ ތެރޭގައި ދާނީ. ރައްޔިތުން ތިބޭނީ މުޅިން ބާކީވެފައި," ރައީސް ވިދާޅުވި އެވެ.

"ހަމަނުޖެހުމުގެ ސައިކަލްގެ ތެރެއަށް ދާންވީ ސަބަބެއް ނެތެއް ނޫންތޯ. ބޭނުންވަނީ ތަރައްގީ ގެނެސް ހަމަޖެހުން ގެންނަން."

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox