އޭޝިއާގެ ބޮޑު ކެރަމް މުބާރާތް ރާއްޖޭގައި

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ލޯންޗްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ލޯންޗްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު

ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން ހާމަކޮށްފި އެވެ.

އޭޝިއާގެ މައި ކެރަމް މުބާރާތް ދެކުނު އޭޝިއާ ސަަރަހައްދުގައި މި ބާއްވަނީ 10 އަހަރަށް ފަހު އެވެ. މި މުބާރާތް، 2013 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގައި ބާއްވާފައިވެ އެވެ.

އޭގެ ފަހުން، މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެރަމް އެސޯސިއޭޝަންގެ އިސް ވެރިންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު، ރާފިއު ވިދާޅުވީ ކުރު މުއްދަތެއްގައި ވެސް މުބާރާތުގެ ކަންކަން ރޭވުމުގައި ކެރަމް އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އަންނަ މަހުގެ 27 އިން ފެށިގެން ފަސް ދުވަހަށް ދިގުދެމިގެންދާ މި މުބާރާތް ކުޅޭނީ ސޯޝަލް ސެންޓަރު އިންޑޯގަ އެވެ. ބާރަ ވަރަކަށް ގައުމުން 120 އަށް ވުރެ ގިނަ ކުޅުންތެރިންނާއި ޑެލިގޭޓްސް މުބާރާތުގައި ބައިވެރިވާއިރު، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިން ވެސް ފެނިގެންދާނެ އެވެ.

އޭޝިއާގައި ކެރަމް ކުޅޭ ގައުމުތަކުގެ ތެރެއިން، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، ދެކުނު ކޮރެއާ، މެލޭޝިއާ، ޔޫއޭއީ، ގަތަރު، ނޭޕާލް، ޖަޕާން، ޕާކިސްތާންގެ ކުޅުންތެރިން މުބާރާތުން ފެނުމުގެ ފުރުސަތު ބޮޑެވެ.

ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ރައުޝާން އަހުމަދު ވިދާޅުވީ، ކުޑަ މުއްދަތެއްގެ ތެރޭގައި، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަނާ ވާހަކަ ދައްކައިގެން، ރާއްޖޭގައި މުބާރާތް ބޭއްވުމުގެ ލިބުމާ އެކު ގައުމުތަކަށް އިންވިޓޭޝަން ފޮނުވައި، ރާއްޖޭގެ ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުން ފެށި ކަމަށެވެ.

ކެރަމް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ ރައުޝާން ވާހަކަ ދައްކަވަނީ،--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު

"އެންމެ އިސްކަމެއްގެ ގޮތުގައި ދިވެހި ރާއްޖެ އަށް ރީތި ނަމެއް ހޯދައިދިނުން މި އޮތީ. މި ވަގުތު އަޅުގަނޑުމެންގެ ފިރިހެން ޓީމަކީ ދުނިޔޭގެ ތިން ވަނަ. އޭޝިއާ މުބާރާތުގައި މި ޓާގެޓް ކުރަނީ އެ އަށް ވުރެ ހައި ލެވަލްއެއްގެ މެޑަލް ހޯދުމަށް. މިދިޔަ ތިން އަހަރު ތެރޭ އަޅުގަނޑުމެންގެ އަންހެން ޓީމު ވެސް ވަނީ ދުނިޔޭގެ ތިން ވަނަ ހޯދައިފައި. އެހެންވެ، އަޅުގަނޑުމެންގެ ފިރިހެން ޓީމު .ވެސް އަންހެން ޓީމު ވެސް ގޯލްޑަކަށް ހަމަ ޓާގެޓް،" ރައުޝާން ވިދާޅުވި އެވެ.

ރޯދަ މަސް ނިމުމާ އެކު، އިންޑިއާ އަށް ނިސްބަތްވާ ޗެމްޕިއަނެއް ގެނެސްގެން މުބާރާތާ ހަމައަށް ކޭމްޕެއް ކުރިއަށްގެންދިއުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

"މި ކޯޗު މި މުބާރާތަށް ކޭމްޕަކަށް މި ގެންނަނީި، ނޮވެމްބަރުގައި އެމެރިކާގައި ބާއްވާ ކެރަމް ވޯލްޑް ކަޕާ ހަމައަށް ރަނގަޅު ކޯޗެއް ހަމަޖައްސުމާ މެދު މިނިސްޓްރީއާ މަޝްވަރާ ކުރާނަން،" ރައުޝާން ވިދާޅުވި އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ހުރިހާ ކަމަކަށް އެސްޓިމޭޓްކޮށްފައިވާ ބަޖެޓު 1.1 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

މިއީ ރާއްޖޭގައި، ބޮޑު ކެރަމް މުބާރާތެއް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. އެ ގޮތުން، 2014 ވަނަ އަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވީ ސަން އައިލެންޑް ރިސޯޓްގަ އެވެ. މި ފަހަރުގެ މުބާރާތް މާލޭގައި ބާއްވަން ނިންމި ސަބަބުތައް ކެރަމް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

"މި ފަހަރު މާލޭގައި ބާއްވާ އެންމެ ބޮޑު ސަބަބަކީ އިންޓަނޭޝަނަލް ޕްލެޓްފޯމްގައި ދިވެހި ކުޅުންތެރިން ޕާފޯމްކުރާތަން ވީހާވެސް ގިނަ ބަޔަކަށް ފެންނަން އެދޭތީ،" ރައުޝާން ވިދާޅުވި އެވެ. "މީގެ އިތުރުން މި ފަހުން ރާއްޖޭގައި ފެށިގެންދިޔަ ކެރަމް އެކެޑަމީތަކުގައި ޓްރެއިން ވަމުން އަންނަ ކުޅުންތެރިންނަށް މި ކުޅިވަރުގެ މުސްތަގުބަލު އޮތްގޮތް ހުރި ފުރުސަތުތައް ވެސް މި މުބާރާތުގެ ތެރެއިން ތަޖުރިބާކޮށްލެވޭނެ،"

ކެރަމް އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ރަޝީދު ވިދާޅުވީ ސަރުކާރުންނާއި މިނިސްޓަރު ރާފިއު، މި މުބާތުގެ ކަންކަން ރަނގަޅަށް ކުރިއަށްދިއުމަށް ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި ކެރަމްގައި ދުނިޔޭގެ ނިސްބަތުން ނޫނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތް ލެވަލް، މި މުބާރާތުގެ އަލީގައި ދައްކައިދިނުމަކީ ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ފައިދާ އެތައް ގޮތަކުން ބޮޑުކަން ފާހަގަކުރައްވައި ރާފިއު ވިދާޅުވީ، މިއީ ހަގީގަތުގައި މުބާރާތެކޭ އެއްވަރަށް އެ ކުޅިވަރުގެ ބޮޑު ބައްދަލުވުމެއް ކަމަށެެވެ. އަދި މީގެ ތެރެއިން އިތުރު ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމަށާއި އެކި ލެވަލްގެ ކުޅުންތެރިންނާ ކުޅުމުގެ ފުރުސަތާއި އިތުރު އެކްޓިވިޓީސް މުސްތަގުބަލަށް ރޭވިގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox