ސަރުކާރު އެއްކޮށް ޑިފެންސަށް ފޭބީ ރައީސް އަންގަވައިގެން ކަމަށް ސޯލިހު ތުހުމަތު ކުރައްވައިފި

ރޭ ރަސްފަންނުގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރުން ކުރަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި --- ފޮޓޯ: އިޔާދު/އަދަދު

ރޭ ރަސްފަންނުގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރުން ކުރަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި --- ފޮޓޯ: އިޔާދު/އަދަދު

ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ބޭފުޅުން ޑިފެންސަށް ފައިބައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްދު ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މ. ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައާ ގުޅިގެން ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން މުޅި ސަރުކާރު ގެންދަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވަނީ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެފަ އެވެ. ރައްދު ދިނުމަށް ވެސް ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ވިދާޅުވެފައި އޮތް ކަމަށް ވަނީ މީގެ ދެ ދުވަސް ކުރިން ގެންގޮސްފައި، ތިމަންނައަކީ ރައްޔިތުންގެ ކުރިމަތީގައި މިހާރު ދޮގު ހަދާ މީހަކަށް ވެ ނިމިއްޖޭ. ކަލޭމެން އެއްވެސް މީހަކު ތިމަންނައަކަށް އަޅައެއް ނުލިޔޭ. ތިމަންނަ އެކަނި ހެއްޔޭ މި ދޮގު ހަދަނީ," އެ ތުހުމަތު ކުރައްވަމުން ސޯލިހު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްްޓަރު، އަބްދުއްﷲ މުއްތަލިބާއި ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފްއާއި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ޝާހިދުގެ ވީޑިއޯއަށް ރައްދުދެއްވައި ޕޯސްޓު ކުރައްވާފައިވެ އެވެ.

އޭގެތެރެއިން މިނިސްޓަރު، މުއްތަލިބާއި މިނިސްޓަރު ޝަހީމްގެ އެކްސް ޕޯސްޓު، ރައީސް މުއިއްޒު ވަނީ ރީ ޕޯސްޓު ކުރައްވައިފަ އެވެ.

އެ ބޭބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސަސްޕެންޝަނުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ވެސް ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ޝާހިދުގެ ވީޑިއޯއަށް ރައްދުދެއްވައި ޕޯސްޓު ކުރައްވާފައިވެ އެވެ.

އޭގެތެރެއިން ބައެއް ބޭބޭފުޅުންގެ ޕޯސްޓުތަކުގައި ޒިންމާދާރު މަގާމެއްގައި ހުންނައިރު، ހިފަހައްޓަންޖެހޭ އަހުލާގީ އާންމު މިންގަނޑަށްވުރެ ދަން ފެންވަރުގެ ބަހުރުވަ ބޭނުންކޮށްފައި ވާތީ އާންމުންގެ ފާޑު ކިޔުން ވެސް އެ ބޭފުޅުންނަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox