ރައީސް ވިދާޅުވަނީ ސަރުކާރަށް މަޖިލިސް ނުލިބޭނަމަ އިންޑިއާ ސިފައިން ނުބޭލިދާނެ ކަމަށް

ކޮޕް28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. ސިފައިން ބާލަން ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ވެފައިވާ ކަމަށް ހާމަކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ކޮޕް28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. ސިފައިން ބާލަން ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ވެފައިވާ ކަމަށް ހާމަކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެ ހާލަތެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުބޭލޭނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގައި އައްޑޫގައި ހުންނަވައި ދެއްވައިފި އެވެ.

ރާއްޖޭގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއެކު ހަރަކާތްތެރިވާ އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސްގެ އެންމެ މައި ރިޔާސީ ވައުދެވެ.

އައްޑޫ ހުޅުމީދޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބާލަން ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިފައިން ފޮނުވައިލުމުގެ ކަންތައް ނިންމުމަށް ޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށެވެ.

"10 ގެ ކުރިން މި ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ގެންދިޔުމަށްޓަކައި މިހާރު ދެ ގައުމުގެ ދޭތެރޭ ސޮއިކުރެވިފައިވާ ލެޓާ އޮފް އެކްސްޗޭންޖް އެކަން ކޮށް ނިންމުމަށްޓަކައި ވެސްމެ މިކަން ކުރައްވަން ޖެހޭ [ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހޮވަން ޖެހޭ]," ރައީސް ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުމަށް އިންޑިއާގެ ސަރުކާރުން ވެސް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވުމަށް ފަހު ރައީސް ވަނީ މަޖިލިސް އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން އަނެއްކާ ވެސް އިންޑިއާ ސިފައިން ތިބޭނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. އަދި, މަޖިލިސް އިންތިހާބުގައި ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"އެވަަރު ކަމެއް ހާސިލުވެގެންދިޔައިރު އެކަން 'އަންޑޫ ވާގޮތަށް' [އިއާދަވާ ގޮތަށް] ގޮތަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިންމައިފިއްޔާ އަޅުގަނޑުމެން އަމިއްލައަށް ނޫންތޯ އަޅުގަނޑުމެންގެ މިސްރާބު ބަދަލު މިކުރަނީ. އެހެން ވާކަށް ނުވާނެ. އެއީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރި ކަމަކަށް ނުވާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖެއަށް ގެނައީ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެވެ. އަދި, މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި ވެސް މަޖިލީހުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.

އަންނަ މެއި މަހުގެ 10 ގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރަން "ޓެކްނިކަލް" މީހުން ގެންނަން ދިވެހި ސަރުކާރާއެކު އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ.

ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ކޯ ގްރޫޕްގެ ބައްދަލުވުމުގައި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗް 10، ގެ ކުރިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox