ޔާމީންގެ ނުރުހުން ސަރުކާރަށް: "މާދަމާ ވެސް ގޭގައި އިންޑިއާ އައުޓް ބެނާ ދެމޭނީ ގަރާރު ބާތިލު ކުރުމުން"

މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. ބަންދުގައި ހުންނެވި ނަމަވެސް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަތަކުގައި ބައިވެރިވަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. ބަންދުގައި ހުންނެވި ނަމަވެސް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަތަކުގައި ބައިވެރިވަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް އަމާޒުކޮށް "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުނުކުރާތީ "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން ނުރުހުން ފާޅުކުރައްވައިފި އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރިޔާސީ ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ.

ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޕޯޑިއަމަށް އެރުއްވި ބޭފުޅުންނަށް ސުވާލުތަކެއް އަމާޒުކުރައްވާފަ އެެވެ. އޭގެ ތެރެއިން ފުރުސަތެއްގައި ޔާމީން ވަނީ އެ ގަރާރު ބާތިލުނުކުރަނީ ކީއްވެގެންތޯ އައްސަވާފަ އެވެ. އަދި, ބާތިލުކޮށްފައި ނުވާތީ ނުރުހުން ވެސް ފާޅުކުރެއްވި އެވެ.

އެގޮތުން, އެ ހަރަކާތް ފަށަން ޖެހުނީ ކަންބޮޑުވުންްތަކެއް ހުރުމުން ކަމަށާއި އެކަމުގެ ތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް, އޭރުގެ ރައީސް ނެރުއްވި ގަރާރަކާ އެކު އެކަން ހުއްޓުވޭ ގޮތަށް ހެދިކަމަށާއި ހަރަކާތްތައް މަޑުޖައްސާލީ ސަލާމާތި ބާރުތަކާ ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްވެގެންތޯ މި ސަރުކާރަށް ޖަސްޓް ސްޓްރޯކް އޮފް ޕެން (އެންމެ ސޮޔަކުން) އެ ގަރާރު ބާތިލުކޮށް ނުލެވިގެން މި އުޅެނީ. ބާތިލު ކުރީމަ ދެއްތޯ މާދަމާ ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓްގެ ބެނާ ވެސް ހުންނާނީ. އަދި އިންޑިއާ އައުޓް މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ," ނުރުހުންވެވަޑައިގެން ހުރެ ވާހަކަ ދައްވަކަވމުން ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ސޯލިހު ނެރުއްވި ގަރާރުގައި އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގާފައި އޮތްއިރު އެއާ އެކު ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ވެސް ފުލުހުން ނެގި އެވެ. އޭގެ ތެރެއިން ޔާމީންގެ ގޭގައި ނަގާފައި ހުރި ބެނާ ވެސް ސަރުކާރުން ނެގި އެވެ.

އެމްޑީޕީގެ ސަރުކާރުގެ ވާދަވެރިންގެ ގޮތުން އިދިކޮޅުގެ ތިބެ މަގުމަތީގައި އިހުތިޖާޖު ކުރީ އެ ގަރާރު ގޯސްކަމަށް ބުނަމުން ކަމަށާއި އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުން ވެސް އިހުތިޖާޖުގެ ސަބަބަކަށް ވެގެންދިޔަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މިކަންކަމަށް ގޮވެލިފަތި ގޮވަމުން އައި ސަރުކާރެއް އަދިވެސް މި އުޅެނީ އެ ބާތިލުކޮށްނުލައިގެން. ކޮބައިތޯ މީގެ ސިއްރަކީ," ޔާމީން ސުވާލު ކުރެއްވި އެވެ.

ސަރުކާރުން އެންމެ ފަހުން ގަރާރާ ގުޅޭގޮތުން ހާމަކޮށްފައިވާ ގޮތުގައި ގާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރިއަށްދެ އެވެ. ގަރާރު ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އެހުމުން ސަރުކާރުން ބުނެފައި ވަނީ ދިރާސާ ކުރަމުންދަނީ "ވަކި ނިޔަތެއް އޮވެގެން ނޫން," ކަމަށެވެ.

އެ ގަރާރު ނެރުނު ދުވަހު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުالله އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ބޭފުޅުން އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ގަބޫލުކުރެއްވީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox