ހުޅުމާލޭ މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލަށް ބަދަލު ކުރަން އާބަންކޯއާއެކު އެއްބަސްވުމަކަށް

Jan 4, 2024, 12:09 PM
ހުޅުމާލޭ މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލަށް ބަދަލު ކުރަން އާބަންކޯއާއެކު އެއްބަސްވުމަކަށް

ހުޅުމާލެ ބެލެހެއްޓުމާއި އެ ރަށުގެ މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ގޮތުން، މިވަގުތު ރަށް ހިންގަމުންދާ އާބަންކޯ އާއި ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތާއެކު މުނިސިޕަލް ބިންތަކާއި މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލު ކުރަން މިދިޔަ ޑިސެމްބަރު 31، ގައި ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއަދުގެ އެމްއޯޔޫގައި މާލޭ ސިޓީ ކައުންސިލާއި އާބަންކޯގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް އިން ވެސް ސޮއި ކުރި އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯ އަތުން ނެގުމަށްފަހު ސިޓީ ކައުންސިލަށް ހަވާލު ކުރަން ނިންމީ ކެބިނެޓުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެކަން އިއުލާނު ކުރެއްވީ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement

"ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވާ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ސާވިސްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް މިއަދު ކެބިނެޓުގައި ބޭއްވި ބައްދަލުވުމުގައި ނިންމައިފިން. އެކަމަށް ބޭނުންވާ އިންތިޒާމުތައް މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާބަންކޯގެ ދަށުގައި މިވަގުތު ހުރި މުނިސިޕަލް ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރެވޭނެ ކަމަށެވެ.

"މުނިސިޕަލް ބިންތަކާއި ސާމާނާއި މެޝިނަރީސް އާއި މުވައްޒަފުން އަދި އެހެނިހެން ތަކެތި މާލޭ ސިޓީ ކައުންސިލަށް އެއް މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރެވޭނެ. ހުރިހާ މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް އެއް އަހަރު ދުވަހަށް ލިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ނަމަވެސް މިހާތަނަށް އެ ރަށް ބަލަހައްޓަމުންދިޔައީ އާބަންކޯއިންނެވެ. އާބަންކޯއަކީ ސަރުކާރުގެ ކުންފުންޏެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބެލެހެއްޓުން ބަދަލު ކުރުމަށް މީގެ ކުރިން ވެސް އެ ކައުންސިލް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމީ، އަބަދުވެސް ހުޅުމާލެ ހިންގަމުން އައި ގޮތަށް އާބަންކޯގެ ދަށުން ހިންގުމަށެވެ.

އެ މައްސަލަގަނޑުގެ ތެރޭގައި ޑިސެމްބަރު، 2021، ގައި އާބަންކޯގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބިމެއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން އެންގީ ރަޖިސްޓްރީތައް ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯއިން އަތުލުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ ސަރުކާރާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ފުއްދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox