އިދިކޮޅު މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ކޯލިޝަނާ މާދަމާ ރޭ ގުޅެނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗެމްބަރުގައި. އެމްޑީޕީއިން މަޖިލިސް އިންތިހާބު ކާމިޔާބުކުރީ ސުޕަ މެޖޯރިޓީއަކާ އެކު --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗެމްބަރުގައި. އެމްޑީޕީއިން މަޖިލިސް އިންތިހާބު ކާމިޔާބުކުރީ ސުޕަ މެޖޯރިޓީއަކާ އެކު --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ސަރުކާރަށް ނިސްބަތް ނުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މެމްްބަރުންތަކެއް މާދަމާ ރޭ، ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނާ ގުޅޭނެކަން އެނގިއްޖެ އެވެ.

އެކި މަސްދަރުތަކުން "އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ 10 ވަރަކަށް މެމްބަރުން ޕީއެންސީއާ ގުޅުމަށް ވަނީ ނިންމަވާފަ އެވެ. އޭގެ ތެރޭގައި ގިނައީ މައި އިދިކޮޅު ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގިނަ މެމްބަރުންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ޕީއެންސީއަށް ސޮއި ވެސް ކޮށްފަ އެވެ.

މާދަމާ ރޭ ޕީއެންސީއާ ގުޅޭ މެމްބަރަކު އަދަދު ނޫހަށް ވިދާޅުވީ ޕީއެންސީއާ ގުޅިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ޖަލްސާއިން ފެނިވަޑައިނުގެންފާނެ ކަމަށެވެ. ނަމަވެސް އެ މެމްބަރުންގެ ނަންތައް އިއުލާނު ކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުބާރުގޭގައި މާދަމާ ރޭ ބާއްވާ ޖަލްސާގެ ދައުވަތު އެ ކޯލިޝަނުން މިހާރު ފޮނުވާފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިދިކޮޅު މެމްބަރުންތަކެއް ޕީއެންސީއާ މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަ ކުރިއިރު، މަޖިލީހުގެ މެމްބަރުންގެ ޖުމުލަ އަދަދާއި އަޣުލަބިއްޔަތު ގުނުމާ ގުޅޭ ގޮތުން ވެސް ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައީ، އާ ސަރުކާރާއެކު މަޖިލީހުގެ ހަތް މެމްބަރަކު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.

ގަވާއިދަށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ މަޖިލީހުގެ ޖުމުލަ މެމްބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެމްބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ. އެހެންވެ، ޖުމުލަ މެމްބަރުންގެ ގޮތުގައި 87 މެމްބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެމްބަރުން ތިބި ކަމަށެވެ.

މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަޣުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އަންނާނެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެމްބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެމްބަރުންގެ ވޯޓު ބޭނުން ވާނެ އެވެ.

ރައީސް މުއިއްޒުއާ އެކު މިވަގުތު ތިއްބެވީ މަދު މެމްބަރުންތަކެކެވެ. މިފަހުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގަނެފަ އެވެ. އެކަމާ ގުޅިގެން ވެސް މަޖިލީހުގެ އަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

މިހާރު މަޖިލީހުގައި ތިއްބެވި 80 މެމްބަރުންގެ ތެރެއިން ޕީޕީއެމްގައި ތިއްބެވީ ދެ މެމްބަރުންނެވެ. އަދި ޕީއެންސީގައި ވެސް ތިއްބެވީ ދެ މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox