ޖޭއެސްސީ އަށް ވަކީލުންގެ ތެރެއިން އަލީ އަބްދުއްލަތީފް އިންތިހާބުކޮށްފި

Dec 8, 2023, 4:58 AM
ޖޭއެސްސީ އަށް ވަކީލުންގެ ތެރެއިން އަލީ އަބްދުއްލަތީފް އިންތިހާބުކޮށްފި

ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބުކުރައްވައިފި އެވެ.

ރާއްޖޭގެ ކޯޓުތަކަށް ގާޒީންނާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާއި، ކޯޓުތަކުގެ ގާބިލްކަމާއި، ފެންވަރާއި، ސުލޫކު ކަށަވަރުކުރުމަށް، ގާނޫނު އަސާސީގެ ދަށުން އެކުލަވާލާފައިވާ މިނިވަން މުއައްސަސާގެ އިންތިހާބު ބާއްވައިދިނީ ބާ ކައުންސިލުންނެވެ.

މި އިންތިހާބަށް ކުރިމަތިލެއްވީ އަލީ އަބްދުއްލަތީފް އެކަނި ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ރަޖިސްޓަރީވީ 659 ވަކީލުންގެ ތެރެއިން 443 ވަކީލުން ވޯޓުލީ މި އިންތިހާބުގައި އަލީ އަބްދުއްލަތީފް އަށް 275 ވޯޓު ލިބުނެވެ. އެ މަގާމަށް އޭނާ ހޮވަން ނުފެންނަ ކަމަށް ވޯޓު ދިނީ 168 ވަކީލުންނެވެ.

Advertisement

ޖޭއެސްސީގެ މެމްބަރުކަމުގެ މަސްއޫލިއްޔަތާ އަލީ އަބްދުއްލަތީފް ހަވާލުވެވަޑައިގެންވާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އެވެ.

އަލީ އަބްދުއްލަތީފަކީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔުރުކުރުމުން، އޭގެ ތެރެއިން ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުކަން ކުރެއްވި ވަކީލެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓިން ލޯ ޑިގްރީ ހާސިލްކުރެއްވި އަލީ އަބްދުއްލަތީފް ވަނީ ޖުމްހޫރީ ޕާޓީގައި ވެސް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރައްވާ މެމްބަރުގެ މަގާމު ހުސްވީ ކުރިން ހުންނެވި، އަބްދުލްމާނިއު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީން ވަނީ އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ދަށު ކޯޓު ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox