ޕްލޭންތަަކަކާ އެކު އެސްޕަޔާ ފުޓްބޯލް އެކެޑަމީ ލޯންޗްކޮށްފި

Dec 6, 2023, 7:00 AM
އެސްޕަޔާ ފުޓްބޯލް އެކެޑަމީ ފެއްޓުމަށް އިއްޔެ ބޭއްވުނު އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެސްޕަޔާ ފުޓްބޯލް އެކެޑަމީ ފެއްޓުމަށް އިއްޔެ ބޭއްވުނު އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި އެސްޕަޔާ ފުޓްބޯލް އެކެޑަމީ ލޯންޗްކޮށްފި އެވެ.

ގައުމީ އާއި ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިން އިސްކޮށް ހަރަކާތްތެރިވާ އެސްޕަޔާ ފުޓްބޯލް އެކެޑަމީ ފެއްޓީ، އިއްޔެ ބްރައިޓްވޭ ސްކޫލްގައި ބޭއްވި އިވެންޓެއްގަ އެވެ.

އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ، އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު އެވެ.

އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ އިސްކޮށް ހަރަކާތްތެރިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މި ވަގުތު ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ، މުހައްމަދު ސޮބާހު އިބްރާހިމް (ސޮބާ) އާއި ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ އަހުމަދު ފައްރާހު (ފައްރަ) އެވެ.

އެސްޕަޔާ ފުޓްބޯލް އެކެޑަމީ ފެއްޓުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން: (ކ.ވ)، ޓޯޑް، ޑަކޭ، ޝައްމާން، ފައްރަ، ސޮބާ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މީގެ އިތުރުން، މި އެކެޑަމީގައި ކުރީގެ ކުޅުންތެރިޔާ، އަދި ވިކްޓަރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފުހައިދު (ޓޯޑް)، ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު، ހަސަން ހަމީދު (ޑަކޭ) ވެސް ބައިވެރިވެ އެވެ.

ބްރައިޓްވޭ ސްކޫލާ ގުޅިގެން، މި ވަގުތު އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ މަސަައްކަތް ފެށިއިރު، އެ އެކެޑަމީން އިންޑިވިޖުއަލް ޓްރެއިނިން އަށް ފޯކަސްކޮށްގެން ވެސް ސެޝަންތަކެއް ގެންދާނެ އެވެ. މާލެ ސަރަަހައްދުގައި އެކެޑަމީގެ އެކި އިވެންޓްތައް ކުރިއަށް އޮތްތަނުގައި ބާއްވަން ވަނީ ރާވައިފަ އެވެ.

އެ ގޮތުން، ބޭނުންވާ ކޮންމެ ސްކޫލަކަށް ވެސް އެސްޕަޔާ ފުޓްބޯލް އެކެޑަމީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ.

އެސްޕަޔާ ފުޓްބޯލް އެކެޑަމީ ފެއްޓުމަށް އިއްޔެ ބޭއްވުނު އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ބޭނުންވަނީ މުސްތަގުބަލަށްޓަކައި ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފައްދަން،" އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ މައިގަނޑު މަގުސަދާ ބެހޭގޮތުން، ފައްރަ ބުންޏެވެ.

އެސްޕަޔާ ފުޓްބޯލް އެކެޑަމީގައި މި ވަގުތު ވެސް 50 އަށް ވުރެން ގިނަ ކުޅުންތެރިން އެބަތިބި އެވެ. އެ އެކެޑަމީން ދެކޭ ގޮތުގައި ކުރިއަށް އޮތްތަނުގައި ކުދިން އިތުރުވެ، މަސައްކަތް ކުރިއަށްދާ ވަރަކަށް އެކެޑަމީގެ ކަންކަން އިތުރަށް ރަނގަޅުކޮށް، ހަރަކާތްތައް ފުޅާކުރެވިގެންދާނެ އެވެ.

ރާއްޖޭގައި އެކި ކުޅިވަރުތަކުން ގިނަ އަަދަދެއްގެ އެކެޑަމީތަކެއްގެ މަަސައްކަތް މިހާރު އެކި ކަންކޮޅުތަކުގައި އަންނަނީ ކުރިއަށްދަމުންނެވެ. އެކެޑަމީތަކުގެ މަސައްކަތް ކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ލެވަލަށް ކަންކަން ގެންދަން ކުޅިވަރުގެ ވަސީލަތްތައް ހަމަޖެހިފައި ނެތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox