ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި. އެމަނިކުފާނުގެ އިތުބާރުގެ މައްސަލަ ހުށަހެޅީ ޗާގޯސް މައްސަލައާ ގުޅިގެން ---- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި. އެމަނިކުފާނުގެ އިތުބާރުގެ މައްސަލަ ހުށަހެޅީ ޗާގޯސް މައްސަލައާ ގުޅިގެން ---- ފޮޓޯ: ރައީސް އޮފީސް

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް މިއަދުގެ ވަގުތެއްގައި ވައްދާފައިވާކަން "އަދަދު" ނޫހަށް ވަނީ ޔަގީންކުރެވިފަ އެވެ. ޝާހިދުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފަ އެވެ. އަދި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރަން ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މައްސަލަ މަޖިލީހަށް ވެއްދިއިރު އެމްޑީޕީގެ ތެރޭގައި އޮތް "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ސޮއިކޮށްފައި ނުވެ އެވެ. ރިފްއަތުގެ މައްސަލާގައި ސޮއިކުރީ ހަމައެކަނި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަން ވެސް ވަނީ އެނގިފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް "ފޯޅަވަހި ކޯލިޝަން" އިން ވަނީ ސަރުކާރުން ކަނޑު "ވިއްކާލުމުން" އޭގެ ބޮޑު މަންފާއެއް ޝާހިދަށް ވިކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން, ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ މި މައްސަލައާ ގުޅިގެން އިއްޑިއާ އާއެކު ސަރުކާރުން ހެދި "ސިއްރު ޑީލް" ގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެ އެވެ.

މި ބޭބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން ނިންމީ "ގައުމަށް ހިޔާނާތްތެރިވުމުން" ކަމަށް މި މައްސަލާގައި އުފައްދާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

"ފޯޅަވަހި މައްސަލައިގައި މި ބިން، ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން، އެއްވެސް ދުލެއް ނުދާނަން، އަޅުގަނޑުމެން ބިރެއް ނުގަނޭ އަޅުގަނޑުމެންނާ މެދު ކޮންމެ ފިޔަވަޅެއް އެޅިޔަސް،" މީގެކުރިން އެ ކޯލިޝަނުން ބުނެފައިވެ އެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮއިންނެވެ. ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 43 ވޯޓެވެ.

އެމްޑީޕީން މި މައްސަލަ ވެސް ފެއިލް ކޮށްލާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީން ވަނީ ރިފްއަތުގެ މައްސަލަ ވެސް ފާސްވިޔަ ނުދޭނެ ކަމަށް ބުނެ އޭނާއަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox