އިބުރޭ ހަދަނީ ކަނޑައެޅިގެން ދޮގު، ޒިންމާ އަދާނުކުރޭ: ސައީދު

އިބުރޭ ހަދަނީ ކަނޑައެޅިގެން ދޮގު، ޒިންމާ އަދާނުކުރޭ: ސައީދު

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވި އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) ގެ ތުހުމަތުތަކަކީ "ބުހުތާން ދޮގު" ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިބްރާހީމް ވަހީދު ފެނަކައިން އިސްތިއުފާ ދެއްވީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ވިޔަސް، އޭނާގެ އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ދައުރުވާން ފެށީ އިއްޔެ އެވެ. އެ ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވެސް ލިބިފައިވާއިރު އޭގައި ވަނީ ގިނަ ތުހުމަތުތަކެއް ސައީދު އާއި ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދަށް ކޮށްފަ އެވެ.

އެގޮތުން، އިބްރާހިމް ވަހީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ދަރަނި ބޮޑުވެފައިވަނީ ޗެއާމަން އާއި އެމްޑީގެ ނާގާބިލް ކަމުންނެވެ. އެ ދެ ބޭފުޅުން ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތީ 680 މިލިޔަން ރުފިޔާ ކަމަށް ވިޔަސް މިހާރު ދަރަނި 1.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

Advertisement

"އެއީ ރަނގަޅު އަދަދެއް ވެސް ނޫން، ރަނގަޅު ވާހަކައެއް ވެސް ނޫން. އަޅުގަނޑުމެން ފެނަކައާ ހަވާލުވިއިރު ވެސް އެތަނުގައި ވަރަށް ބޮޑު ދަރަންޏެއް އޮތް. އިތުރެއް ނުވޭ. ގަވާއިދުން ނުދެއްކުނު ނަމަވެސް އަޅުގަނޑުމެން މިދަނީ ދައްކަމުން. ކުރީގެ ދަރަނި އެދަނީ ބޮޑުވަމުން،" އެ ތުހުމަތުތަކާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.

ހަމައެހެންމެ، އެ ކުންފުނީގެ އެއްވެސް ޑޭޓާއަކަށް އިބުރޭއަށް އެކްސެސް ނުވެވޭގޮތަށް ހަދާފައިވާ ކަމަށް އިބުރޭގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި، އެއީ ސައީދު އާއި ރަޝީދު "ޒާތީ ހަސަދައެއް" ފިލުވުމަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން ސައީދު ވަނީ އިބުރޭގެ މައްޗަށް ބޮޑު ތުހުމަތެއް ކުރައްވާފަ އެވެ.

"ފެނަކައިގެ ޑޮކިއުމެންޓުތައް ވަގަށް ނަގައި އެކި ދިމަ ދިމާލަށް އެ އެއްޗެހި ޝެއާކުރާ ކަން ފެނަކައިގެ ސާވާ ބެލިއިރު، އެމަނިކުފާނު (އިބުރޭ) ގެ އެކްސެސް ބެލިއިރު އެކަން ކުރާކަން ސާބިތުވާތީ އެކްސެސް ކަނޑާލީ،" އިބުރޭގެ މައްޗަށް ތުހުމަތު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ހަމައެހެންމެ، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޗެއާމަން އާއި މެނޭޖިން ޑިރެކްޓަރު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އިބުރޭގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ސައީދު ވިދާޅުވާ ގޮތުން އިބުރޭ "އަބަދުވެސް ހުންނަވަނީ ކޮންމެވެސް ޗުއްޓީއެއް" ގައި އެވެ.

"ވާޖިބު އަދާކުރުމަށް، ޒިންމާ އަދާކުރުވުމަށް، ޒިންމާދާރު ކުރުވުމަށް، ލިޔެކިޔުމުން ހުންނާނެ ތަންތަން ހަވާލުކޮށްފައި. އެއްވެސް އެއްޗެއް [ޒިންމާ] ބަދަލުކޮށްފައެއް ނުވާނެ،"

ގިނަ ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި އިބުރޭ އިސްތިއުފާ ދެއްވާފާއިރު އެ ކުންފުނީގެ މައްޗަށް އަބަދުވެސް މިފަދަ ތުހުމަތުތައް އަންނަނީ ކުރެވެމުންނެވެ.

ނަމަވެސް، ހިޔާނާތާއި ފަސާދައިގެ އެއްވެސް އަމަލަކަށް ފެނަކަ ތެރޭގައި މިހާރު ޖާގައެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް އެކުންފުނިން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox