ދިވެހި ޕްރިމިއާ ލީގު ހޯދައިދިނުމަށް ފަހު ޖެސިކް މާޒިޔާ ދޫކޮށް ސައުދީ އަށް

Jul 25, 2022, 6:04 AM
މާޒިޔާގެ ކޯޗު ޖެސިކް: އޭނާ ވަނީ ލީގު ހޯދައިދިނުމަށް ފަހު އެ ޓީމު ދޫކޮށް ސައުދީ ލީގުގެ ކްލަބަކަށް ބަދަލުވެފައި.

މާޒިޔާގެ ކޯޗު ޖެސިކް: އޭނާ ވަނީ ލީގު ހޯދައިދިނުމަށް ފަހު އެ ޓީމު ދޫކޮށް ސައުދީ ލީގުގެ ކްލަބަކަށް ބަދަލުވެފައި.

ބާކީ ދެ މެޗު އޮއްވައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ސާބިއާގެ ކޯޗު މަޔޮޑްރަގް ޖެސިކް އެ ޓީމާ ވަކިވެ، ސައުދީ އަރަބިއްޔާގެ އެއް ވަނަ ޑިވިޝަން ކްލަބަކަށް ބަދަލުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު މާޒިޔާ އިން ގެނައި ޖެސިކް ވަނީ އެ ޓީމަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ޖެސިކް، މާޒިޔާގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު، އެ ޓީމު ދޫކޮށް މިހާރު ވަނީ ސައުދީގެ އެއް ވަނަ ޑިވިޝަން އަލް ޝޯލާ އެފްސީ އަށް ބަދަލުވެފަ އެވެ. ޖެސިކްއާ އެކު އޭނާގެ ފިޓްނަސް ކޯޗު، ގޯރާން ގުޒިޖާން ވެސް ވަނީ ޝޯލާ އަށް ބަދަލުވެފަ އެވެ.

މާޒިޔާ އިން ވަނީ ޖެސިކް އާއި ގޯރާން އެ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

ޖެސިކް ހަވާލުވި ފަހުން މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އީގަލްސް އަތުން އެކަންޏެވެ. އެ މެޗުތަކުގައި މާޒިޔާ އިން 76 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ފަސް ގޯލެވެ.

މާޒިޔާ އިން މިދިޔަ މެއި މަހު ޖެސިކްއާ އެކު އޭއެފްސީ ކަޕްގައި ވާދަކުރިއިރު، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 1-0 އިން ބަލިވިއިރު، އިންޑިއަން ސުޕަ ލީގުގެ، އޭޓީކޭ މޯހަން ބަގާން އަތުން ބަލިވީ 5-2 އިންނެވެ. މާޒިޔާ އިން ވަނީ އޭއެފްސީ ކަޕްގައި މި ފަހަރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ 1-0 އިން ބަލިކޮށްފަ އެވެ.

ޖެސިކް (މ) އާއި ގޯރާން (ކ) ސައުދީގެ އަލް ޝޯލާ އެފްސީއާ ގުޅުމަށް އެ ގައުމަށް ދިއުމަށް ފަހު،

ޖެސިކް ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީ އިންނެވެ. އޭގެ ފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރަޑާއި ޕާޓީޒަން އަށް ކޯޗުކޮށްދީފައިވެ އެވެ. ދެން، ޓިއުނީޝިއާގެ ސީއެސް ސްފަޒިއޭންއާ ހަވާލުވެ، އެއް އަހަރު އެ ޓީމަށް އިރުޝާދުދިނެވެ. ތުރުކީގެ އަލްޓޭ އަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދީ 2002-2004 އަށް ޖެސިކް ފެނުނީ ބަލްގޭރިއާގެ ސްލޯވިއާ ސޯފިއާ އިންނެވެ. ޖެހިގެން އައި އަހަރު އީރާންގެ ޕެގާ ގިލާން އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ޖެސިކް ފެނުނީ ބަލްގޭރިއާގެ ޗެމްޕިއަން ސީއެސްކޭއޭ ސޯފިއާ އިންނެވެ.

މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލީބިޔާގެ އަލް އަހްލީގައި އެންމެ ފަހުން ހުރި، ޖެސިކް އޭގެ ކުރިން ވަނީ އެ ގައުމުގެ އަލް ތަހަދީ އާއި އަލް އިއްތިހާދުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ކޯޗިންގައި ޖެސިކްގެ ކާމިޔާބީތަކަށް ބަލާއިރު، އީރާނުގެ ސްފަޒިއޭން އަށް 2000 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ސީއެސްކޭއޭ ސޯފިއާ އަށް ބަލްގޭރިއާ ލީގާއި ކަޕް 2005 އާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން ބަލްގޭރިއާގެ ލިޓެކްސް ލޮވެކަށް ބަލްގޭރިއާ ސުޕަ ކަޕާއި ބަލްގޭރިއާ ކަޕް ކާމިޔާބު ކޮށްދިނެވެ.

ލީބިޔާގެ އަލް-އިއްތިހާދާ ހަވާލުވެހުރިއިރު، ޖެސިކް ވަނީ އެ ޓީމަށް ލީބިޔަން ޕްރިމިއާ ލީގު 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްދިނުމުގެ އިތުރުން ލީބިޔަން ކަޕް 2009 ވަނަ އަހަރު އަދި ލީބިޔަން ސުޕަ ކަޕް 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް 2015 ވަނަ އަހަރު އެ ގައުމުގެ ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ.

ކޯޗިން ކެރިއަރުގައި ޖެސިކްގެ އެންމެ ހާއްސަ އެއް މެޗަކީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ ގޮވައިގެން ނުކުމެ ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވުމެވެ. ސޯފިއާ ދަނޑުގައި ލިވަޕޫލް ފުރަތަމަ ލެގުގައި މޮޅުވެފައިވަނިކޮށް، ޖެސިކްގެ ކޯޗުކޮށްދީގެން ދެ ވަނަ ލެގުގައި ލިވަޕޫލްގެ އެންފީލްޑްގައި ސޯފިއާ ވަނީ މޮޅުވެފަ އެވެ.

މާޒިޔާ، ފުރަތަމަ ޑިވިޝަންގައި 2006 އިން ފެށިގެން ވާދަކުރަން ފެށި ފަހުން އެ ޓީމުގައި ޖުމްލަ ހަތް ކޯޗުން ވަނީ އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ހަަތަރު ކޯޗުން ކަމަށްވާ އިސްމާއިލް މަހަފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި މުހައްމަދު ޝިޔާޒް (މޯހަން)ގެ އިތުރުން ބިދޭސީ ކޯޗުން ކަމަށްވާ، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އަދި ޖެސިކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox