ގޮތަބަޔާ މާލެ ގެނައުމަށް ސިފައިންނަށް އަމުރު ނެރުނީ އެމަނިކުފާނު

ގޮތަބަޔާ ރާއްޖެ ވަޑައިގަތް މަރުކާރުގެ އަސްކަރީ ބޯޓެއް: އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް އެހީތެރިވިދިން ކަމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދައިފަ -- ފޮޓޯ: ޓެމިލް ގާޑިއަން

ގޮތަބަޔާ ރާއްޖެ ވަޑައިގަތް މަރުކާރުގެ އަސްކަރީ ބޯޓެއް: އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް އެހީތެރިވިދިން ކަމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދައިފަ -- ފޮޓޯ: ޓެމިލް ގާޑިއަން

ސްރީ ލަންކާގެ ރައީސް ގޮޔަބަޔާ ރާޖަޕަކްސަ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަށް ގެނައުމަށް ސިފައިންނަށް އަމުރު ކުރެއްވީ އެމަނިކުފާނަށް ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަނެފައިވާ ބާރުގެ ދަށުން ކަމަށް އެ ގައުމުގެ އެއާފޯސް އިން ބުނެފި އެވެ.

ޑުބާއީއަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމަށްފަހު އަދި އިންޑިއާއަށް ޖެއްސުމުގެ ހުއްދަ ނުލިބުމުން އަސްކަރީ އުޅަނދެއްގައި ގޮތަބަޔާ އޭނާގެ އަނބިކަނބަލުން އަދި ދެ ބޮޑީގާޑުންނާއެކު ހުޅުލެއަށް ޖެއްސީ ދަންވަރު 2:50 ހާއިރެވެ.

"ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ސްރީ ލަންކަން އެއާފޯސްގެ އުޅަނދެއް ހަމަޖައްސާފައި ވަނީ ރައީސަށް ލިބިފައިވާ ބާރުގެ ދަށުން އަދި ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު،" އެއާފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ގޮތަބަޔާ ފިއްލަވައިގެން ދަންވަރު ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނު މާލެއަށް ގެންނެވުމަށް އެހީތެރިވެދިން ކަމަށް ސްރީ ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންކާރުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ނެރުނު ކުރު ބަޔާނެއްގައި ހައި ކޮމިޝަނުން ބުނެފައި ވަނީ "އިންޑިއާއިން އަބަދުވެސް ހުންނާނީ ސްރީ ލަންކާގެ ރައްޔިތުންނާއެކު" ކަމަށެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ގޮތަބަޔާ ވަޑައިގެންނެވި އަސްކަރީ ބޯޓު ހުޅުލެއަށް ޖެއްސުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖެއްސީ ސަރުކާރުންނެވެ.

ނަޝީދަކީ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ ކަނޑައަޅާފައި ހުންނެވި ސަފީރެކެވެ. އަދި މީގެ ކުރިން ރާއްޖޭގެ ސަރުކާރުން ނަޝީދު ހައްޔަރު ކުރަން އުޅުމުން ކޮޅުނބުގައި އަރުވާލެވިގެން ހުންނެވި އެވެ.

ގޮތަބަޔާއަށް ރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުން ސްރީ ލަންކާ އަދި ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ނަމަވެސް މިހާތަށް އެކަމާ ގުޅޭ ގޮތުން ސަރުކާރު އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

"މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ގޮތަބަޔާ ފިއްލެވުމަށް އެހީތެރިވަޑައިގަންނަވަނީ ހެޔޮ ވެރިކަމަށް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވާ މުހައްމަދު ނަޝީދު. ސްރީ ލަންކާ ރައްޔިތުންނަށް އިންސާފު ކޮބައިތޯ؟ އެތައް މިލިއަން ބައެއް ދަތިހާލުގައި ޖެއްސި ގޮތަބަޔާއަށް އަމާން ވެއްޓެއް ހޯއްދަވައިދެއްވީ ކީއްވެގެންތޯ؟،" ލަންކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޝިހާރު އަނީސް އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔެފައިވެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އާންމު ރައްޔިތުން އަދިވެސް ތިބީ ގޮތަބަޔާގެ ގެކޮޅުގަ އެވެ.

އިގްތިސާދު ގޯސްކޮށް ބެލެހެއްޓުމާއި ކޮރަޕްޝަންގެ އަމަލުތައް ހައްދުން ނެއްޓުމުން ލަންކާގެ އިގްތިސާދު އިނދަޖެހި އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މިއަހަރު ފެށުނީއްސުރެ ތެޔޮ ގަންނާނެ ބޭރު ފައިސާ ވެސް އެ ގައުމަކު ނެތެވެ. އެކަމާ ދެކޮޅަށް ނިކުތް އާންމުންނަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox