ގޮތަބަޔާ ވަޑައިގަތުމުން ފާޑުކިޔުން އޮހެނީ، ސަރުކާރު ހަމަހިމޭނުން

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ: މިހާރު ހުންނެވީ ލަންކާއިން ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެން -- ފޮޓޯ: ފައިލް

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ: މިހާރު ހުންނެވީ ލަންކާއިން ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެން -- ފޮޓޯ: ފައިލް

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމުން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި ދަންވަރުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމުން ދިވެހި ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ، އިގްތިސާދު އިނދަޖެހިފައިވާ ސްރީ ލަންކާގެ ރައީސް ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ދަންވަރު 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ގޮތަބަޔާ ވަޑައިގެންނެވި އަސްކަރީ ބޯޓު ހުޅުލެއަށް ޖެއްސުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖެއްސީ ސަރުކާރުންނެވެ.

"މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ގޮތަބަޔާ ފިއްލެވުމަށް އެހީތެރިވަޑައިގަންނަވަނީ ހެޔޮ ވެރިކަމަށް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވާ މުހައްމަދު ނަޝީދު. ސްރީ ލަންކާ ރައްޔިތުންނަށް އިންސާފު ކޮބައިތޯ؟ އެތައް މިލިއަން ބައެއް ދަތިހާލުގައި ޖެއްސި ގޮތަބަޔާއަށް އަމާން ވެއްޓެއް ހޯއްދަވައިދެއްވީ ކީއްވެގެންތޯ؟،" ލަންކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޝިހާރު އަނީސް އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔެފައިވެ އެވެ.

އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ އިންޑިއާއަށް ޖެއްސުމުގެ ހުއްދަ ނުލިބުމުންނެވެ. އަދި ރާއްޖެ ވަޑައިގެންނެވީ ޑުބާއީއަށް ފުރަން މަސައްކަތް ކުރުމަށްފަހު އެވެ.

ނަޝީދަކީ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ ކަނޑައަޅާފައި ހުންނެވި ސަފީރެކެވެ. އަދި މީގެ ކުރިން ރާއްޖޭގެ ސަރުކާރުން ނަޝީދު ހައްޔަރު ކުރަން އުޅުމުން ކޮޅުނބުގައި އަރުވާލެވިގެން ހުންނެވި އެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަދި އެމަނިކުފާނުގެ އޮފީހުގެ މީޑިއާ ޑިޕާޓްމަންޓުގެ ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނު ނުނަންގަވާތީ ކޮމެންޓެއް ނުލިބުނެވެ. އަދި މި ނޫހުން ރައީސް ނަޝީދަށް ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވާތީ އެމަނިކުފާނުގެ ކޮމެންޓެއް ވެސް ނުލިބެ އެވެ. ސިފައިންގެ މީޑިއާ ޑިޕާޓްމަންޓުން ވެސް މިހާތަނަށް ފޯނެއް ނުނަގަ އެވެ. ފޮރިން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ.

ސްރީ ލަންކާގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ބޭފުޅުން ވެސް ދަނީ ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމުން އެކަމަށް ފާޑުކިޔަމުންނެވެ.

"ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ މީހުންނަށް ރާއްޖެއިން އަމާންވެއްޓެއް ގާއިމްކޮށްނުދޭނެ ކަމަށް އުއްމީދު ކުރަން،" ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އާންމު ރައްޔިތުން އަދިވެސް ތިބީ ގޮތަބަޔާގެ ގެކޮޅުގަ އެވެ.

އިގްތިސާދު ގޯސްކޮށް ބެލެހެއްޓުމާއި ކޮރަޕްޝަންގެ އަމަލުތައް ހައްދުން ނެއްޓުމުން ލަންކާގެ އިގްތިސާދު އިނދަޖެހި އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މިއަހަރު ފެށުނީއްސުރެ ތެޔޮ ގަންނާނެ ބޭރު ފައިސާ ވެސް އެ ގައުމަކު ނެތެވެ. އެކަމާ ދެކޮޅަށް ނިކުތް އާންމުންނަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox