ބަޔޮކީނެޓިކްސްއާ އެކު ޓީއެފްޖީން މި ގެންނަނީ ތަފާތު ހެޔޮ ބަދަލެއް!

ޝާލީ ޖެންސެން ޓީއެފްޖީގެ ޖިމްގައި. އޭނާ އަކީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބަޔޮކެނެޓިސިސްޓެއް އަދި ޓީއެފްޖީގެ ސެންޓަރު މެނޭޖަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޝާލީ ޖެންސެން ޓީއެފްޖީގެ ޖިމްގައި. އޭނާ އަކީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބަޔޮކެނެޓިސިސްޓެއް އަދި ޓީއެފްޖީގެ ސެންޓަރު މެނޭޖަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގެ މޫނުމަތި ބަދަލުކޮށްލި އެއް ބަޔަކީ ހަމަ ޔަގީނުން ވެސް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އެވެ. 2010 ގައި އުފެދިގެން އައި މި ގްރޫޕުން ފިޓްނެސް އަކީ އެންމެނަށް ވެސް އޮތް ކަމެއްކަން ސާބިތު ކޮށްދީފި އެވެ. ރާއްޖޭގެ އެންމެނަށް ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ މުހިންމުކަން އަންގައި ދީފި އެވެ.

ކަސްރަތު ކުރުމަށް ދުވުމާއި ދިގު ދުވުމުގެ ސަގާފަތެއް ދިވެހިންގެ މެދުގައި އަލާކުރި ބަޔަކީ ޓީއެފްޖީ އެވެ. ޓީއެފްޖީގެ ސެންޓަރު މެނޭޖަރު ޝާލީ ޔެންސެންއާ އެކު މިފަހަރު އެ ޖިމުން މި ގެންނަނީ އެތައް ބަޔަކަށް އޭގެ ފައިދާ ކުރާނެ ހެޔޮ ބަދަލެކެވެ. ބަޔޮކީނެޓިކްސްގެ މުހިންމުކަމާއި އޭގެ ސަބަބުންވާ ފައިދާ މިހާރު ޓީއެފްޖީން ތަޖުރިބާކޮށްލެވޭނެ އެވެ.

ބަޔޮކީނެޓިކްސް އަކީ ކޮބާ؟

މިއީ އިންސާނެއްގެ ހަރަކާތްތަކަށް ބެލުމަށް ފަހު އެ މީހަކަށް އެންމެ އެކަށީގެންވާ ކަސްރަތުތައް ކަނޑައަޅައިދޭ ހާއްސަ ސައިންސެކެވެ. މިކަމުގެ ތަޖުރިބާކާރުންނަކީ ބަޔޮކިނެޓިސިސްޓުންނެވެ. އެއީ، ކުޅިވަރު ކުޅުމާއި އެހެނިހެން ގޮތްގޮތުން ވެސް ލިބޭ އަނިޔާތަކާއި އަދި ސިއްހީ އެކި މައްސަލަތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ތަޖުރިބާކާރުންނެވެ.

ވަކިން ހާއްސަކޮށް ހަށިގަނޑުގެ ހުޅުހުޅުތައް ވަރުގަދަ ކުރުމަށް އެތަންތަނުގެ ކައިރީގައިވާ މަސްގަނޑުތައް ވަރުގަދަ ކުރުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ ބަލިތަކާއި ގުޅިގެން ކަސްރަތުން ލުއި ހޯދައިދޭން ބަޔޮކެނެޓިސިސްޓުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

"ކަސްރަތު ބޭނުން ކުރަނީ ބޭސްފަރުވާގެ ބައެއްގެ ގޮތުގައި. އަހަރެންގެ ބެކްގްރައުންޑް ބޭނުންކޮށްގެން ފިޓްނެސް ކުންފުންޏެއްގެ ގޮތުގައި ޓީއެފްޖީން ދޭ ހިދުމަތްތައް ފުޅާކުރުން އަމާޒަކީ،" މި ނޫހަށް ދިން އިންޓަވިއުގައި ޝާލީ ބުންޏެވެ.

ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ. އޭނާއަކީ ސައުތު އެފްރިކާގެ ތަޖުރިބާކާރެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ. އޭނާއަކީ ސައުތު އެފްރިކާގެ ތަޖުރިބާކާރެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ. އޭނާއަކީ ސައުތު އެފްރިކާގެ ތަޖުރިބާކާރެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަސްރަތުގެ ތެރެއިން ހޯދިދާނެ އެހީތެރިކަމެކެވެ. އެ މީހެއްގެ މެޑިކަލް ހިސްޓްރީއަށް ބެލުމަށް ފަހު އެމީހަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަސްރަތު ޕްރޮގްރާމް މިފަދަ ތަޖުރިބާކާރުން ފަރުމާކޮށްދޭނެ އެވެ. ބަޔޮކެނެޓިސިސްޓުން ދޭ ފަރުވާއަކީ ކަސްރަތުގެ ތެރެއިން ހޯދައިދޭ ފަރުވާއެކެވެ.

ތަޖުރިބާގެ އަލީގައި ނަތީޖާ ނެރެދޭނެ

ކަސްރަތަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެއާ ނުލައި ފިޓުކޮށް ތިބެން ނުހަނު އުނދަގޫވާނެ އެވެ. އެ ކަސްރަތު އިތުރަށް ފުރިހަމަވެގެން ދަނީ ބަޔޮކީނެޓިކްސްގެ ތެރެއިންނެވެ. ތިމާއަށް ކަސްޓަމްކޮށް ކަސްރަތު ރޫޓީންތައް ފަރުމާކޮށް ތިމާގެ ކުރިއެރުން ދުވަހެއް ދުވަހަކަށް ބަލާލުން ވެގެންދާނީ އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ފަސޭހައިން ދެނެގަނެވޭނެ ކަމަކަށެވެ.

"ފިޓްނެސް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށް ބޮޑު ފުރުސަތެއް މިއީ. އަނިޔާއެއްވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް ވެސް ބޭނުންތެރި،" މި ނޫހަށް ދިން އިންޓަވިއުގައި އެފްރިކާ ގޭމްސްގެ ރަން ވަނަ ވެސް ދެކުނު އެފްރިކާއަށް ހޯދައިދީފައިވާ ޝާލީ ޔެންސެން ބުންޏެވެ.

ޓީއެފްޖީގެ ސެންޓަރު މެނޭޖަރު ޝާލީ ޔެންސެންއަކީ ބަޔޮކެނިޓިކްސް ދާއިރާގައި 10 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާގެ އަމާޒުހުރީ ފިޓްނެސް ރިހިބިލިޓޭޝަންގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ޓީއެފްޖީގެ ކަސްޓަމަރުންނާއި ދިވެހިންނަށް ފޯރުކޮށްދިނުމަށެވެ.

"އެކުގައި މަސައްކަތްކުރާ ޓީމާ މެދު ވަރަށް ހިތްހަމަޖެހޭ. އަދިވެސް ޓީމު އިތުރަށް ބޮޑުކުރުމަށް މިދަނީ މަސައްކަތްކުރަމުން. އާ ފެސިލިޓީ އާއެކު ތަފާތު ހިދުމަތްތައް އިތުރުވެގެންދާނެ،" ޓީއެފްޖީގެ ހުނަރުވެރި ޓީމާ ގުޅޭގޮތުން އޭނާ ބުންޏެވެ.

ޓީއެފްޖީގެ ސެންޓަރު މެނޭޖަރު ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޓީއެފްޖީގެ ސެންޓަރު މެނޭޖަރު ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޓީއެފްޖީގެ ސެންޓަރު މެނޭޖަރު ޝާލީ ޔެންސެން "އަދަދު" އަށް އިންޓަވިއު ދެނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާ ފެސިލިޓީއަކީ ތަފާތު ލެވެލްއެއް

ދުވަހެއް ދުވަހަކަށް ހިދުމަތްތައް ފުޅާކުރަމުން އަންނަ ޓީއެފްޖީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އޮތް އެންމެ ހެޔޮ ހަބަރަކީ އާ އިމާރާތަކަށް އެ ޖިމް ބަދަލުކުރާ ވާހަކަ އެވެ. ޝާލީ ޔެންސެން ސިފަކުރާ ގޮތުގައި މިއީ "އެހެން ލެވެލް" އެއްގެ ފެސިލިޓީއަކަށް ވެގެންދާނެ ތަނެކެވެ.

"އަހަރުމެން ބޭނުންކުރާ ފެސިލިޓީއާ މުޅިން ތަފާތު ވާނެ. [ފިޓްނެސް] ކޮމިއުނިޓީ އަށް ވެސް ބޮޑު ތަފާތެއް ފެންނާނެ. މި ބަލަނީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދޭން،" ޓީއެފްޖީގެ އާ އިމާރާތާ ގުޅޭގޮތުން ޝާލީ ބުންޏެވެ.

އާ ޖިމްގެ ޖާގައިގެ ތަނަވަސްކަމާއި ހިތްގައިމުކަން ތަޖުރިބާކޮށްލަން މާ ގިނަ ދުވަސްތަކެއް ނުވެ ފުރުސަތު ލިބިގެންދާނެ އެވެ. މިހާރު ވެސް ދެމުންދާ ހިދުމަތްތަކުގެ އިތުރުން މާ ފުރިހަމަ އަދި ގިނަ ހިދުމަތްތައް އެ ފެސިލިޓީއަށް ބަދަލުވެ ޓީއެފްޖީން ދޭން ފަށާނެ އެވެ.

"އަބަދުވެސް ބެލެންސްޑް ދިރިއުޅުމެއް އުޅެން ވާނެ. ދިރިއުޅުމުގައި ފިޓްނެސްގެ ހިއްސާއެއް ނެތް ނަމަ އެ ބެލެންސް ގެންނަން މަސައްކަތް ކުރަން ޖެހޭނެ. އަހަރެން ގަބޫލުކުރަން އެންމެން ވެސް މިކަމުގައި ބައިވެރިވާނެ ކަމަށް،"

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox