އުންމީދުކުރި ވަރަށް ވުރެ ރަނގަޅަށް ޓީމުން ކުޅުނު: ކުޑަކާއްޓޭ

ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ޓީމުން ރޭ މޮޅުވިއިރު، އެ މެޗުގައި ރާއްޖޭން އުންމީދުކުރި ވަރަށް ވުރެ މޮޅު ކުޅުމެއް ދެއްކި ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ބުނެފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ރޭ ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ނުކުތީ ފަނަރަ ވަރަކަށް ޕްރެކްޓިހަށް ފަހުގަ އެވެ. މުޅި ޓީމު އެއްކޮށް ޕްރެކްޓިސްތައް ބޭއްވުނީ ވަރަށް މަދުންނެވެ. ކުޑަކާއްޓެ އާއި އާދަމް ނަސީމް (އެޑަމް) ޓީމާ ގުޅުނީ ދެ ދުވަހެއް ކުރިންނެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު، ޓީމުގެ ރޫހު ފެނުނީ ރަނގަޅަށެވެ. މީގެ އިތުރުން ގައުމީ ވޮލީ ޓީމުން ރޭގެ މެޗު ކުޅުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ތިބި ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) ނެތި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު 25-22 އިން ބަންގްލަދޭޝް އިން ހޯދާފައިވަނިކޮށް ޖެހިގެން އައި ތިން ސެޓު 19-25، 20-25 އަދި 22-25 އިން ހޯދައިގެން ރާއްޖޭން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ 2016 ގައި އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ފަހުން ރާއްޖެ އިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދި ފުރަތަމަ މެޗެވެ.

ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ކުޑަކާއްޓޭ ބުނީ އާންމު ގޮތެއްގައި ފުރަތަމަ ހައެއްގައި ކުޅޭ ކުޅުންތެރިންތަކެއް ނުލައި ވެސް ރާއްޖޭން މި ދެއްކި ކުޅުން ފާހަގަކުރަން ޖެހޭ ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް އެންމެ ދެ ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު ބަންގްލަދޭޝް ކަހަލަ ޓީމެއް އަތުން މޮޅުވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކުޑަކާއްޓެ ވަނީ ބުނެފަ އެވެ.

"އުންމީދު ކުރި ވަރަށް ވުރެ ވެސް މާ ރަނގަޅު ނަތީޖާއެއް މި ނިކުތީ. މުހިންމު ދެ ކުޅުންތެރިން ނުލައި މި ކުޅުނީ، އެހެންވީމަ ވަރަށް ރަނގަޅޭ ބުނެވޭނީ. އަސްލު މަދު ޕްރެކްޓިސްތަކަކަށް ފަހު މި މެޗަށް ނިކުމެ އެންމެން ކުރި މަސައްކަތުގެ ނަތީޖާއޭ ބުނެވޭނީ މިއީ،" ކުޑަކާއްޓެ ބުންޏެވެ.

ރޭގެ މެޗަކީ ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ރާއްޖޭން ކުޅެން އޮތް އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާތަކުގެ ފުރަތަމަ ދެ މެޗެވެ. ދެން އޮތް ދެ މެޗު އޮތީ މާދަމާރެޔާއި ހުކުރު ދުވަހުގެ ރޭގަ އެވެ.

ކުޑަކާއްޓޭ ބުނީ ފުރަތަމަ މެޗުގެ ނަތީޖާ ނުކުތް ގޮތުން ކުރިއަށް އޮތް ދެ މެޗަށް ބަންގްލަދޭޝް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ޓީމުން ވެސް އެ ކަމަށް ވިސްނައި، ސަމާލުކަން ދޭނެ ކަމަށް ކުޑަކާއްޓޭ ވަނީ ބުނެފަ އެވެ. އަދި ޓާގެޓަކީ ދެން އޮތް ދެ މެޗު ވެސް ރަނގަޅު ނަތީޖާއަކުން ނިންމައި، ކާމިޔާބު ހޯދުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި ގެއްލުނު ޕޮއިންޓްތަކަށް ބަލާއިރު، ރާއްޖޭގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އިސްކޮޅުން ކުރުވުމުން އެ ތަނަށް ޓާގެޓްކޮށްގެން ބަންގްލަދޭޝް އިން އެޓޭކްތަކެއް ކުރި އެެވެ. އެ ކަމަށް ސަމާލުވެގެން ރާއްޖޭން ރަނގަޅަށް ޑިފެންސްކުރި ކަމަށް ކުޑަކާއްޓެ ވަނީ ބުނެފަ އެވެ.

"ދެން އިން ދެ މެޗު މާ ޓަފްވާނެހެން (އުނދަގޫވާނެ ހެން) ހީވަނީ. އެއީ ބަންގްލަދޭޝް އިން ވަރަށް ތައްޔާރުވާނެ. އެކަމަކު ވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ދެ މެޗު ވެސް ކާމިޔާބުކުރުން،" 2016 ވަނަ އަހަރު ބަންގްލަދޭޝް އަތުން މޮޅުވި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޑަކާއްޓެ ބުންޏެވެ.

ލީޑް ނުހިފެހެއްޓީ ފަސޭހަ ޕޮއިންޓްތަކެއް އަތުން ގެއްލެނީ ޕްރެޝަރުގެ ސަބަބުންތޯ އެހުމުން ކުޑަކާއްޓޭ ބުނީ އަމިއްލަ ގައުމުގައި ބަންގްލަދޭޝް އަތުން ބަލިވެދާނެތީ ޕްރެޝަރެއް އޮތުމަށް ވުރެ ރޭގެ މެޗުން މޮޅުވެވޭނެކަމުގެ އިތުބާރު ބޮޑުކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox