އޮމިކްރޯންގައި ބަލިވުން ކުޑަ، އެކަމަކު ކަންބޮޑުވުންތައް އެބަހުރި

ނަރުހުންތަކެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ނަރުހުންތަކެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް

އޮމިކްރޯން ވޭރިއެންޓާ ގުޅިގެން މީހުން ބަލިވުން ކުޑަ ނަމަވެސް ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް މިހާތަނަށް ހެދި ދިރާސާތަކުން ދައްކައިފި އެވެ.

އޮމިކްރޯންއާ ގުޅިގެން އެންމެ ފުރަތަމަ ހެދި ދިރާސާތައް ޝާއިއު ކުރީ ދެކުނު އެފްރިކާ އާއި އިނގިރޭސިވިލާތުގަ އެވެ.

އެ ދިރާސާތަކުން އެނގުނު ގޮތުގައި އެހެން ވޭރިއެންޓުތަކާ އަޅާ ބަލާއިރު، އޮމިކްރޯން ވޭރިއެންޓާ އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު މަދެވެ.

Advertisement

ނަމަވެސް އޮމިކްރޯން "މައިލްޑުވުން" ނުވަތަ ބަލިވާ މިންވަރު ކުޑަ ނަމަވެސް، ކޭސްތައް އިތުރުވާ ނަމަ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެދާނެ ކަމާ މެދު ކަންބޮޑުވުން އެބަ އޮތެވެ.

ސްކޮޓްލެންޑުގައި ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހު ބުނީ މި ވޭރިއެންޓު މަސައްކަތް ކުރަނީ ޑެލްޓާ ވޭރިއެންޓާ އެއް ގޮތަށް ނަމަ، ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން އިތުރުވާނެ ކަމަށެވެ.

ނަމަވެސް ހައި ރިސްކު ކެޓެގެރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް އޮމިކްރޯން ވޭރިއެންޓް ޖެހުމުން، ވަރަށް މަދު ހާލަތްތަކުގައި ހާލު ސީރިއަސް ވެ އެވެ.

އޮމިކްރޯން ވޭރިއެންޓްގައި ބަލިވުން ކުޑަ ކަމަށް ބެލެވުނު ނަމަވެސް، އެ ވޭރިއެންޓް ދަނީ ވަރަށް ހަލުވިކަމާ އެކު ފެތުރެމުންނެވެ. ސައިންސްވެރިން ދެކޭ ގޮތުގައި މިއީ ޑެލްޓާ އަށް ވުރެ ހަލުވި ވޭރިއެންޓެކެވެ.

ދެކުނު އެފްރިކާގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އޮމިކްރޯން ވޭރިއެންޓާ އެކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހުމުގެ ފުރުސަތު 70-80 ޕަސެންޓު ކުޑަވެ އެވެ.

ނަމަވެސް މި ވޭރިއެންޓާ އެކު ހޮސްޕިޓަލުގައި އެޑްމިޓު ކުރާ މީހުންގެ ހާލު ސީރިއަސްވުމުގައި އެހެން ވޭރިއެންޓްތަކާ ތަފާތެއް ނެތް ކަމަށް ވެސް އެ ދިރާސާ އިން ދެއްކި އެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަން އިން ހެދި އޮމިކްރޯންގެ އެނެލިސިސް އިން ދެއްކި ގޮތުގައި މިޔުޓޭޝަންތަކާ ހެދި އޮމިކްރޯންގެ ނުރައްކާ ޑެލްޓާ އަށް ވުރެ ކުޑަ އެވެ.

އެގޮތުން ވެކްސިން ނުޖަހާ ހުރި މީހެއް ނަމަ، ޑެލްޓާއާ އަޅާ ބަލާއިރު، އޮމިކްރޯންގައި ބަލިވެގެން އެމެޖެންސީކޮށް ފަރުވާ ކުރަން ޖެހުމުގެ ފުރުސަތު 11 ޕަސެންޓު ކުޑަ އެވެ.

ޔުނިވާސިޓީ އޮފް ހޮންކޮންގެ ދިރާސާ އިން ދެއްކި ގޮތުގައި އޮމިކްރޯން ވޭރިއެންޓުގައިވާ މިޔުޓޭޝަންތަކުގެ ސަބަބުން ވަރަށް ފަސޭހައިން "އެއާވޭޒް" ނުވަތަ ނޭވާލާ ނިޒާމަށް އިންފެކްޝަން ފޯރަ އެވެ. އެހެން ނަމަވެސް ފުއްޕާމޭގެ އެތެރޭގައިވާ ޓިޝޫތަކާ ހިސާބަށް އޮމިކްރޯން ވޭރިއެންޓު ފޯރަން އުނދަގުލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

Newsletter

Get the latest news delivered straight to your inbox