ކޮވިޑްގެ ވޭރިއެންޓްތަކާއި އެޗްއައިވީއާ އޮތް ގުޅުން ދިރާސާކުރަނީ

ކޮވިޑް ފަތުރާ ވައިރަސް މިއުޓޭޓްވެ މިހާރު ތަފާތު ގިނަ ވޭރިއެންޓުތަކެއް ވަނީ ފެތުރިފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ފަތުރާ ވައިރަސް މިއުޓޭޓްވެ މިހާރު ތަފާތު ގިނަ ވޭރިއެންޓުތަކެއް ވަނީ ފެތުރިފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓުތައް އުފެދުމުގައި އެޗްއައިވީއާ އޮތް ގުޅުން ދެނެގަތުމުގެ މަސައްކަތް ދެކުނު އެފްރިކާގެ ސައިންސްވެރިން ކުރަމުން އެބަދެ އެވެ.

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ހޯދި ދެކުނު އެފްރިކާގެ ސައިންސްވެރިންގެ ދިރާސާގައި ބަލަނީ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންގެ ހަށިގަނޑަށް ކޮވިޑް ވައިރަސް އެތެރެވުމަށް ފަހު އަންނަ ބަދަލުތަކަށެވެ. އެފަދަ މީހުންގެ ތެރޭގައި އެޗްއައިވީ އަށް ފަރުވާ ނުކޮށް ތިބޭ މީހުން ހިމެނެ އެވެ.

އެޗްއައިވީ ޕޮޒިޓިވް މީހުންގެ ތެރެއިން ތަފާތު އެކި ސަބަބުތަކާ ހެދި ބޭސް ނުކައި ތިބޭ މީހުންގެ ހަށިގަނޑުގައި އާދަޔާ ހިލާފަށް ގިނަ ދުވަސް ވަންދެން ކޮވިޑް ވައިރަސް އުޅޭ ކަމަށް މީގެ ކުރިން ސައިންސްވެރިން ހޯދާފައިވެ އެވެ.

Advertisement

"ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރާ ނަމަ، މާ ލަސްތަކެއް ނުވެ ވައިރަސް ބޭރުކޮށްލާނެ،" ކޭޕް ޓައުންގައި ހިންގާ ޑެސްމޮންޑް ޓޫޓޫ އެޗްއައިވީ ފައުންޑޭޝަންގެ ޕްރޮފެސަރު ލިންޑާ ގެއިލް ބެކާ ބީބީސީ އަށް ވިދާޅުވި އެވެ.

"ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ނަމަ، ވައިރަސް ނުގޮސް އުޅޭ ހާލަތެއް ފެނިދާނެ. އެފަދަ ހާލަތުގައި ހަށިގަނޑުގެ ތެރޭގައި އުޅުމުގެ އިތުރުން ވައިރަސް ދާނީ އިތުރުވަމުން. އިތުރުވާ ވަރަކަށް ވައިރަހަށް ތަފާތު ގިނަ ބަދަލު އައުމުގެ ފުރުސަތު ބޮޑު ވާނެ،" އޭނާ ވިދާޅުވި އެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިންގެ ދިރާސާ ކުރިއަށް ގެންދާ އިރު، އެ މީހުން އެންމެ ކަންބޮޑުވަނީ ދިރާސާއާ ހެދި އެ ގައުމާއި އެހެން ގައުމުތަކުގައި އުޅޭ އެޗްއައިވީ ބަލި މީހުންނާ މެދު ތަފާތު ކުރުމެއް އުފެދިދާނެތީ އެވެ.

"ފާހަގަކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެއީ އެންޓި ރެޓްރޯވައިރަލް ބޭސް ކަމުންދާ ނަމަ، އެ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާކަން،" ޕްރޮފެސަރު ބެކާ ވިދާޅުވި އެވެ.

ދިރާސާ އަށް މުހިއްމު ކަމަށް ފާހަގަވާ ދެ ކޭސް މިހާރު ވެސް ވަނީ ދެކުނު އެފްރިކާގެ ހޮސްޕިޓަލްތަކުން ފެނިފަ އެވެ. ފުރަތަމަ ކޭސްގައި ހިމެނޭ އަންހެން މީހާ އަށް މަސް ވަންދެން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކި އިރު، އޭނާގެ ހަށިގަނޑުގެ ތެރޭގައި ވައިރަހަށް 30 އަށް ވުރެ ގިނަ ޖެނެޓިކް ބަދަލު އައެވެ.

އޮމިކްރޯން ވޭރިއެންޓް ދެނެގަތް ޓީމުގައި އިސްކޮށް އުޅޭ ޕްރޮފެސަރު ޓޫލިއޯ ޑެ އޮލިވެއިރާ ވިދާޅުވީ އެ ކޭސްއާ އެއް ފަދަ 10-15 ކޭސް އެކި ގައުމުތަކުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ.

އެޗްއައިވީގެ އިތުރުން ވެސް މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވެދާނެ ބައިވަރު ސަބަބުތައް ވާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެގޮތުން އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއެންޓު ލިންކު ކުރެވުނީ އެ ގައުމުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށެވެ.

"ހަކުރު ބަލި، ކެންސަރު، ބަނޑުހައިހޫނުކަން، ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ބަލިތައް، ޓީބީ، މާ ބޮޑަށް ފަލަވުން - މި ހުރިހާ ކަމަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާން ދިމާވާ ސަބަބުތައް،" ކޭޕް ޓައުންގެ ގްރޫޓް ޝާ ހޮސްޕިޓަލުގެ ޕްރޮފެސަރު މާކް މެންޑެލްސަން ބީބީސީ އަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

Newsletter

Get the latest news delivered straight to your inbox