މެޗެއް ނުކުޅެވޭނެ، ބެންގަލޫރު ޖެހޭނީ ފުރަން: މަހުލޫފް

އެފްއޭއެމް ހައުސްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެފްއޭއެމް ހައުސްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭއެފްސީ އާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ބެންގަލޫރު އަމަލުކޮށްފައިވާތީ އެ ޓީމު މި ހިނދުން ފެށިގެން ރާއްޖެ ދޫކޮށްދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެމެން މީގެ މަސްތަކެއް ކުރިން ދިން ބަހުގެ އިތުބާރު ދަމަހައްޓައި ކޮވިޑް ކޭސްތައް މިހާ ގިނައިރު އަދި އާންމުންގެ ޕްރެޝަރާ އެކު ވެސް މުބާރާތް ބޭއްވޭތޯ މި ބަލަނީ. އެކަމަކު މި ކަހަލަ ކަމަކަށް (ގައިޑްލައިނާ ހިލާފުވެ ކުރާ ކަމަކަށް) ފުރުސަތެއް ނުދެވޭނެ،" މަހުލޫފް ކުރެއްވި ޓްވީޓްގައިވެ އެވެ.

މިނިސްޓަރު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބެންގަލޫރާއި އީގަލްސް ކުޅެން އޮތް މެޗު ދެން ކުރިއަށް ނުގެންދެވޭނެ ކަމަށާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން އެކަމާ ބެހޭގޮތުން އޭއެފްސީ އާއި އެފްއޭއެމާ މަޝްވަރާކުރާނެ ކަމަށެވެ.

އިއްޔެ ހަވީރު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައި އެ ޓީމު ތިބޭ ހޮޓެލް ޖެން އަށް ޗެކިން ވުމުގެ ކުރިން ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް މިއަދު ބެންގަލޫރު ޓީމުން ވަނީ ހެންވޭރު ދަނޑުގައި ޕްރެކްޓިސް ވެސް ކޮށްފަ އެވެ.

އެކަމަކު މައްސަލަ ޖެހުނީ މިއަދު ހަވީރު ބެންގަލޫރުގެ ކުޅުންތެރިން ތިބޭ ހޮޓަލް ޖެން އިން ނުކުތުމުންނެވެ. އޭއެފްސީން ހަދާފައިވާ ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމައެކަނި ނުކުމެވޭނީ ޓްރެއިނިންނާއި މެޗަށް އެކަންޏެވެ.

ބެންގަލޫރުން މިދިޔަ އަށް މަހެއްހާ ދުވަސް ހޭދަކުރީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. ރާއްޖެ އައުމާ ހަމައަށް ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. ގޯއާ އަކީ ދާދި ފަހުން ކާމިޔާބު ކަމާ އެކު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ހޯސްޓްކުރި ސިޓީ އެވެ.

ގަލޮޅު ދަނޑުގައި ބުދަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭއެފްސީ ކަޕް ބާއްވަނީ ފުރިހަމަ ރައްކާތެރި ގައިޑްލައިންތަކަކާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ. އެފްއޭއެމުން ވަނީ މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ގިނަވެފައިވާތީ މުބާރާތް ފަސްކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އޭއެފްސީން އެންގީ އިތުރަށް ހާލަތު ގޯސްނުވާނަމަ މުބާރާތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދާށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އިން ތިބީ މި ވަގުތު ކޭމްޕް ކޮށްގެންނެވެ. އީގަލްސް ހޮޓަލް ޖެންގައި ތިބިއިރު، މާޒިޔާ ކޭމްޕްކޮށްފައިވަނީ ހުޅުމާލޭ އަކާސިއާ ގެސްޓް ހައުސްގަ އެވެ. މި ދެ ޓީމުން އިއްޔެ ކޭމްޕްކުރީ ކޮވިޑަށް ޓެސްޓް ހެދުމަށް ފަހު އެވެ.

ބެންގަލޫރާއި އީގަލްސް ކުޅެން އޮތް ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ދެ ޓީމު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލެ އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox