ޗެލްސީން ސިޓީގެ ހަތަރު ތަށީގެ އުއްމީދަށް ނިމުން ގެނެސްފި

Apr 17, 2021, 8:29 PM
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 18) - އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ޗެލްސީ އަތުން 1-0 އިން ބަލިވެ، މެންޗެސްޓާ ސިޓީން މި ސީޒަނުގައި ހަތަރު މުބާރާތް ކާމިޔާބުކުރަން ކުރަމުން އައި އުއްމީދަށް ނިމުމެއް އަތުވެއްޖެ އެވެ.

ޗެލްސީން ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލުން ފުރުސަތު ހޯދިއިރު، މިއީ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ސިޓީ ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސެމީގައި ސިޓީ ކަޓުވާލީ ޗެމްޕިއަންކަން ހޯދި އާސެނަލުންނެވެ.

އެފްއޭ ކަޕުން ކެޓި ނަމަވެސް ސިޓީ އަށް އަދި ތިން ތަށި ހޯދިދާނެ އެވެ. ސިޓީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއްގައި އޮތްއިރު، އަންނަ ހަފްތާގައި ލީގު ކަޕް ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ބައްދަލުކުރާނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީގައި ސިޓީ ކުޅޭނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ.

Advertisement

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެލްސީއާ ދެކޮޅަށް މިރޭގެ މެޗުގައި މޮޅުވެވޭ ވަރަށް އޭނާގެ ޓީމުން ގޯލު ޖަހާނެ ފުރުސަތު ތަނަވަސްނުކުރާ ކަމަށެވެ. އަދި ޗެލްސީން ކައުންޓަ އެޓޭކުގައި ޖެހި ގޯލާ އެކު ބޭނުންވާ ކަންތައްތައް ހާސިލްކޮށް މޮޅުވީ ކަމަށާއި ސިޓީން ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ ޕްރެޝަރަކީ މީޑިއާ އިން ދައްކާ ވާހަކައެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެމެންނަށް ދެން އޮތީ ދެން އޮތް ތިން މުބާރާތަށް ފޯކަސް ކުރުން. މެޗަކަށް ފަހު މެޗެއް ކުރިއަށް ދިއުން އޮތީ. ލީގު ކަޕް ފައިނަލަށް ދެން މަސައްކަތްކުރަން ޖެހިފައި މި އޮތީ،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޗެލްސީން ޖެހި ހަަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 55 ވަނަ މިނިޓްގައި މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް އެވެ. އޭނާ މި ގޯލު ޖެހީ ޓިމޯ ވާނާ ތަނަވަސްކުރި ފުރުސަތަކުންނެވެ. ސިޓީން ނަތީޖާ ހަަމަހަމަ ކުރަން ގިނަ މަސައްކަތެއް ކުރި ނަމަވެސް ކެޕާ އަރިއްޒަބަލާގާ ހުރި ޗެލްސީގެ ގޯލަށް ސިޓީ އަށް ގޯލެއް ނުޖެހުނެވެ. އިތުރު ވަގުތުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ ކޯޗިން ކެރިއަރުގައި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އަށް ގާޑިއޯލާ އަތުން ހޯދުނު ފުރަތަމަ މޮޅެވެ. ޗެލްސީ ގޮވައިގެން ފުރަތަމަ ފައިނަލު ކުޅުމުގެ ފުރުސަތު ލިބުމުން ޓުޗެލް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"ލީގުގެ އެއް ނޫން ޔޫރަޕްގެ ވެސް އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް މި ކުޅުނީ. އަހަރެމެންނަށް ހައްގު މޮޅެއް މިއީ. ސީޒަނެއްގެ މެދުތެރެއިން ޓީމަކާ ހަވާލުވެ މި ވީ ދުވަސްކޮޅުގައި މި ވަރުގެ ކަމެއް ހާސިލް މި ކުރެވުނީ ކުޅުންތެރިންގެ ވެސް މަސައްކަތުން. އެހެންވީމަ ހަމައެކަނި އަަހަންނަށް މީގެ ކްރެޑިޓް ނުދީ،" މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ޓުޗެލް ބުންޏެވެ.

އެފްއޭ ކަޕްގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެލްސީން ފުރުސަތު ހޯދިއިރު، އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ މާދަމާރޭގެ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގައި ލެސްޓާ ސިޓީ ކުޅޭނީ ސައުތެމްޓަންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox