ގާޑިއޯލާއާ ދެކޮޅަށް ޓުޗެލް ރެކޯޑް ބަދަލުކުރަން ނުކުންނަނީ

Apr 17, 2021, 7:22 AM
ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އާއި ޗެލްސީގެ ކޯޗު ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އާއި ޗެލްސީގެ ކޯޗު ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 17) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ނުކުންނައިރު، މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާނަމަ އޭނާ އަށް ޖެހޭނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް އޮތް ދަށް ރެކޯޑް ބަދަލުކުރާށެވެ.

ކުރިން ޑޯޓްމަންޑާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން ޓުޗެލް ވަނީ ކޯޗިން ކެރިއަރުގައި ފަސް ފަަހަރު ގާޑިއޯލާ ހުރި ޓީމުތަކާ ވާދަކޮށްފަ އެވެ. އޭގެ ތެެރެއިން ދެ މެޗުން އެއްވަރުވިއިރު، ތިން މެޗުން ގާޑިއޯލާގެ ޓީމުތައް ވަނީ މޮޅުވެފަ އެވެ.

ޓުޗެލް ބުނީ ގާޑިއޯލާގެ ޓީމުތަކާ ދެކޮޅަށް މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. ތަފާތު ފެންނަނީ ގާޑިއޯލާގެ ވިސްނުމުން ގެންނަ ބަދަލުތަކުން ކަމަށެވެ.

"އަހަރެން ޑޯޓްމަންޑްގައި ހުރެ ދެ ފަހަރެއްގެ މަތިން ގާޑިއޯލާގެ ބަޔާންއާ އެއްވަރުކުރިން. އެ ދެ ފަހަރަކީ ވެސް އަހަންނަށް މޮޅުވެވޭނެ ދެ ފަހަރު. އެކަމަކު ވަރަށް ކުޑަކުޑަ ތަފާތެއްގެ ސަަބަބުން އެ ނަސީބު ނުލިބި މިއޮތީ. އުއްމީދަކީ ޗެލްސީ ގޮވައިގެން އެކަން ބަދަލުކޮށް މޮޅެއް ހޯދުން،" މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ތަފާތު ދައްކަމުން އަންނަ ޓުޗެލް ބުންޏެވެ.

އަނެއްކޮޅުން ޓުޗެލް ދެން ވިސްނަންޖެހޭ ކަމަކީ ސިޓީއާ ދެކޮޅަށް ވެމްބްލީގައި ޗެލްސީގެ ރެކޯޑް ބަދަލުކުރުމެވެ. މަރާމާތަށް ފަހު ވެމްބްލީ ހުޅުވިފަހުން އެ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ. އެއީ 2013 ވަނަ އަހަރުގެ އެފްއޭ ކަޕް ސެމީ ފައިނަލާއި 2018 ވަނަ އަހަރުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި 2019 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލް އެވެ.

"އިނގިރޭސި ފުޓްބޯޅައިގައި ސިޓީން މިހާރު އެ ދައްކާ ކުޅުމާއި އަހަރެމެން މި ކުޅޭ ގޭމްގެ އެއްގޮތް ކަންތައްތަކެއް އެބަހުރި. އެއީ އިންޓެންސިޓީ ހިފަހައްޓައިގެން ބޯޅަ ނެތް ވަގުތުތަކުގައި ވެސް އެ ޕްރެސްކުރާ ކުރުން. އަހަރެންގެ ނަޒަރުގައި މި މެޗު ވާނީ ވަރަށް އެޓޭކިން އަދި ފިޒިކަލް މެޗަކަށް،" ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ އޭނާގެ ނަޒަރުގައި މިއީ ޗެލްސީން ސިޓީއާ ދެކޮޅަށް ނަތީޖާ ނެރެން ރަނގަޅު ވަގުތެއް ކަމަށާއި އެކަން ކުރެވިއްޖެނަމަ ސީޒަންގެ ފަހު ބައިގައި ޓީމުގެ ކޮންފިޑެންސް ހުންނާނީ ރަނގަޅު ލެވަލެއްގައި ކަމަށެވެ.

އަނިޔާގެ ސަބަބުން މިރޭ ސިޓީއާ ދެކޮޅަށް ޗެލްސީގެ އަންދްރެއަސް ކްރިސްޓައެންސަން އާއި މަޓެއޯ ކޮވަސިޗް އަށް ނުކުޅޭނެ އެވެ. އަދި ސިޓީގެ ސާޖިއޯ އަގުއޭރޯ ވެސް ހުރީ ޓީމާ ދުރުގަ އެވެ.

އެފްއޭ ކަޕް ތާރީހުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕުން ސިޓީ ކެޓީ ސެމީގައި އާސެނަލް އަތުންނެވެ. މިއީ އެންމެ ފަހުން މި މުބާރާތުގައި ސިޓީ ކުޅުނު އަށް ސެމީ ފައިނަލުގެ ތެރެއިން ބަލިވި ހަމައެކަނި މެޗެވެ.

މިރޭގެ ސެމީން ޗެލްސީ މޮޅުވެއްޖެނަމަ އެ ޓީމަށް 15 ވަނަ ފަަހަރަށް މި މުބާރާތުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ސިޓީން ކާމިޔާބުކޮށްފިނަމަ، މިއީ އެ ޓީމަށް މި މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭ 12 ވަަނަ ފަހަރެވެ. މިރޭގެ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox