ފައިނަލުގެ ކުރިން ބާސެލޯނާގެ ކޯޗު ކޫމަން ވަޒީފާގެ ދިފާއުގައި ވާހަކަދައްކައިފި

Apr 17, 2021, 6:52 AM
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 17) - ސްޕެނިޝް ކަޕްގެ ފައިނަލުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން، އެ ކްލަބްގައި އޭނާގެ މުސްތަގުބަލާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޖަވާބުދީފި އެވެ.

މި ސީޒަނުގައި ބާސެލޯނާގެ ކޯޗުކަމާ ކޫމަން ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަންގެ ފުރަތަމަ ސީޒަނުގައި ބާސެލޯނާ އަށް ތަށްޓެއް ނުހޯދިއްޖެނަމަ އޭނާ އަށް އެ ކްލަބްގެ ކޯޗުގެ މަގާމު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ވަނީ ޕީއެސްޖީ އަތުން ކަޓައިފަ އެވެ. ސްޕެނިޝް ލީގުގައި އެންމެ ފަހުން ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަކީ އެންމެ ފަހުން ލީގުގައި ކުޅުނު 19 މެޗަށް ފަހު ބާސެލޯނާ އިން ކުރިމަތިލި ފުރަތަމަ ނާކާމިޔާބީ އެވެ.

Advertisement

ސްޕެނިޝް ކަޕް ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގައި އޭނާގެ މުސްތަގުބަލާ ގުޅުވައިގެން ކުރާ ސުވާލުތަކާ ބެހޭގޮތުން ކޫމަން ބުނީ ހަގީގަތުގައި އެ ވާހަކަތަކަކީ ވަކި ބަޔަކު ބޭނުންވެގެން ކުރާ ސުވާލުތަކެއް ގޮތަށް ވެސް ބައެއް ފަހަރު ދޭހަވާ ކަމަށެވެ.

"އަހަރެމެން ބަލިނުވެ 19 މެޗު ވެސް މި ފަހަރު ހަމަކޮށްފިން. އެހެން ހުރެފައި އެންމެ މެޗަކުން ބަލިވުމާ އެކު މި ސުވާލުތައް ކުރިމަތިވީމަ ހައިރާންވޭ އަހަރެން. އަހަރެންގެ ކޮންޓްރެކްޓްގައި އެއް އަހަރު ބާކީ އެބައޮތް އެހެންވީމަ މި ސުވާލުތައް ކިތަންމެ ވަރަކަށް ތަކުރާރު ވިޔަސް އަހަރެންގެ ވިސްނުން ހުރީ މި ޓީމާ އެކު ކުރިއަށްދިއުން. ކާމިޔާބު ހޯދަން މަސައްކަތްކުރުން،" ކޫމަން ބުންޏެވެ.

ބާސެލޯނާގެ ރައީސް ކަމަށް ދާދި ފަހުން އިންތިހާބުވެވަޑައިގަތް ޔޮއާން ލަޕޯޓާ ވަނީ ފާއިތުވި ހަފްތާގައި ކޫމަންއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. ކޫމަން ބުނީ ލަޕޯޓާ އެކު ދެކެވުނު ވާހަކަތަކަށް ބަލާއިރު ހުރިހާ ކަމެއް އޮތީ ރަނގަޅަށް ކަމަށާއި ވަކި ކަމެއް ކުރުމުގެ ޕްރެޝަރެއް އަދި ނެތް ކަމަށެވެ.

"ވަކި ކަމެއް ކުރުމުގެ ޕްރެޝަރެއް އަދި ނެތް. އެކަމަކު ބާސެލޯނާ ކަހަލަ ޓީމެއްގައި ތަށި ހޯދުމުގެ ޕްރެޝަރު އޮންނާނެ. އޭގެ އަށް އަހަރެން މަސައްކަތްކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް. މިހާރު ކޯޗަކަށް ހުރެ ވެސް މި ކުރަނީ އެކަންތައް،" ކުރިން ބާސެލޯނާ އަށް ކުޅުނު ކޫމަން ބުންޏެވެ.

މިއީ މި މަސް ތެރޭގައި ކުޅޭ ކޮޕަ ޑެލް ރޭގެ ދެ ވަނަ ފަައިނަލް އެވެ. މިދިޔަ ސީޒަނުގެ ކޮޕަ ޑެލް ރޭގެ ފައިނަލް ވެސް ކުޅުނީ މި މަހުގަ އެވެ. މި މަހު ތިން ވަނަ ދުވަހު ކުޅުނު ފައިނަލުން ބިލްބާއޯ ވަނީ 1-0 އިން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ. މިރޭ ކުޅޭ މި ސީޒަނުގެ ފައިނަލުން ބާސެލޯނާ އަތުން ބިލްބާއޯ ބަލިވެއްޖެނަމަ ދެ ހަފްތާއެއްހާ ދުވަސްތެރޭ މި މުބާރާތުގެ ދެ ފައިނަލުން އެ ޓީމު ބަލިވީ އެވެ.

ބިލްބާއޯ އާއި ބާސެލޯނާ މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox