އެމެރިކާގެ އޮފިޝަލުން ރަޝިއާއިން ބޭރުކޮށްފި

ރަޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީ. އެތަނުގެ 10 އޮފިޝަލުން ރަޝިއާއިން ދިޔުމަށް ވަނީ އަންގާފައި.-- ފޮޓޯ: އީޕީއޭ

ރަޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީ. އެތަނުގެ 10 އޮފިޝަލުން ރަޝިއާއިން ދިޔުމަށް ވަނީ އަންގާފައި.-- ފޮޓޯ: އީޕީއޭ

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާގައި އުޅެމުންދާ އެމެރިކާގެ 10 އޮފިޝަލަކު ގައުމުން ބޭރުކޮށް، އިތުރު އަށް އޮފިޝަލުން ރަޝިއާއަށް އެތެރެވުން މަނާކޮށްފި އެވެ.

ރަޝިއާއަށް އެތެރެވުން މަނާކުރި އިސް އޮފިޝަލުންގެ ތެރޭގައި އެފްބީއައިގެ ޑިރެކްޓަރު އަދި އެމެރިކާގެ ބަންޑާރަ ނައިބު ހިމެނެ އެވެ.

ވައިޓް ހައުސްއިން ބުނީ ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅީ އެ ގައުމުން ހިންގާ ނުރައްކާތެރި ހާރިޖީ ހަރަކާތްތައް ހުއްޓުވަން ކަމަށެވެ. އޭގެ އިތުރުން ޔޫކްރެއިނަށް ބިރު ދެއްކުމާއި އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ވެސް ރަޝިއާއަށް ކުރެ އެވެ.

Advertisement

އެއް ގައުމުން އަނެއް ގައުމަށް ފިޔަވަޅު އަޅާފައި މި ވަނީ ރަޝިއާ އާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރަޝިއާއިން ދަނީ އެ ގައުމުގެ ސިފައިން ޔޫކްރެއިނުގެ ބޯޑަރާ ދިމާލަށް ފޮނުވަމުންނެވެ. ރައްދުގައި އެމެރިކާގެ އަސްކަރީ މަނަވަރުތައް ދަނީ ބްލެކް ސީ ކަނޑުގައި ހަރަކާތްތެރިވަމުންނެވެ. އެކަމާ ހިތްހަމަނުޖެހި ރަޝިއާގެ ފޮރިން މިނިސްޓްރީން އެމެރިކާއަށް އިންޒާރު ދީފައި ވެއެވެ.

މިދިޔަ މަހު ވެސް އެމެރިކާއިން ވަނީ ރަޝިއާ ސަރުކާރުގެ ހަތް އޮފިޝަލަކާއި ގިނަ އަދަދެއްގެ ސަރުކާރު އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެ ފަހަރު ފިޔަވަޅު އެޅީ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޒަހަރު ދިނުމުގެ ތުހުމަތު ރަޝިއާ ސަރުކާރަށް ކުރުމަށް ފަހު އެވެ. އެކަމަކު ރަޝިއާއިން އެ ތުހުމަތު ދޮގުކުރެ އެވެ.

ނަމަވެސް މި ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އާއެކު މަޝްވަރާ ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. ރަޝިއާއިން ބުނީ އެ ދައުވަތު "ޕޮޒިޓިވްކޮށް" ނަގާ ކަމަށާއި ބައްދަލުވުމަށް ދިޔުމާ މެދު ވިސްނަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox