ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑި ޖެހި ފުލުހަށް މީހަކު މެރި ކަމުގެ ދައުވާ

ޑޯންޓޭ ވްރައިޓްގެ ގަޔަށް ބަޑި ޖެހި ކިމް ޕޮޓާ. އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން އިސްތިއުފާ ދީފައި-- ފޮޓޯ: ރޮއިޓާޒް

ޑޯންޓޭ ވްރައިޓްގެ ގަޔަށް ބަޑި ޖެހި ކިމް ޕޮޓާ. އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން އިސްތިއުފާ ދީފައި-- ފޮޓޯ: ރޮއިޓާޒް

ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެމެރިކާގެ މިނިއަޕޮލިސްގައި މަޑު ކުރުވި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ މައްޗަށް ގަސްތެއް ނެތި މީހަކު މެރި ކަމުގެ ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ކިމް ޕޮޓާ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން 100،000 ޑޮލަރު ދެއްކުމުން ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ އޭނާ ބަޑި ޖެހީ އޮޅިގެން ކަމަށެވެ. ނަމަވެސް ވްރައިޓްގެ އާއިލާއިން އެކަން ގަބޫލެއް ނުކުރެ އެވެ.

ޕޮޓާގެ އިތުރުން އެ ހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޓިމް ގެނަން މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ. ވްރައިޓްގެ މަރަށް ފަހު މިނިއަޕޮލިސްގައި ވަނީ ހަމަނުޖެހުން ބޮޑެވެފަ އެވެ. ރުޅިގަދަވެފައި ތިބި އާއްމުން އަންނަނީ ފުލުހުންގެ ވެހިކަލްތަކާއި އިމާރާތްތަކަށް ވެސް ގެއްލުން ދެމުންނެވެ.

ކަޅު ނަސްލުގެ މީހެއްގެ ގަޔަށް އަނެއްކާވެސް ބަޑި ޖަހާފައި މި ވަނީ މީގެ ކުރިން ފުލުހުންގެ ލާއިންސާނީ އަނިޔާގެ ސަބަބުން މަރުވި ޖޯޖް ފްލޮއިޑުގެ މަރުގެ ޝަރީއަތް ފަށައިގެން އުޅޭ ދަނޑިވަޅެއްގަ އެވެ.

ޑޯންޓޭ ވްރައިޓް މަރުވީ ކިހިނެއް؟

ބަޑި ޖެހުމުގެ ސަބަބުން މަރުވެފައި ވަނީ އުމުރުން 20 އަހަރުގެ ޑޯންޓޭ ވްރައިޓް އެވެ. މި ފަހަރު ބަޑި ޖެހި ހާދިސާއަށް ފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން ހުއްޓުވި މީހަކު ހައްޔަރު ކުރުމުގެ އަމުރެއް ކުރިން ނެރިފައި އޮތްކަން އެނގުނު ކަމަށެވެ.

ޑޯންޓޭ ވްރައިޓް--
ޑޯންޓޭ ވްރައިޓް--

ޑޯންޓޭ ވްރައިޓް--

ނަމަވެސް އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ވަނީ ކާރަށް އަރާ ފިލަން މަސައްކަތް ކޮށްފައި ކަމަށާއި އޭނާގެ ގަޔަށް ފުލުހަކު ބަޑި ޖެހީ ފިލަން އުޅޭތީ ކަމަށް ބުނެފައި ވެއެވެ.

އޭނާ ކާރަށް އަރަމުން ދިޔަ ވަގުތު ފުލުސް މީހާ އެތައް ފަހަރެއްގެ މަތިން "ޓޭޒާ" ގޮވާ އަޑު ހާދިސާގެ ވީޑިއޯއިން އިވެ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެއީ ވްރައިޓް ހުއްޓުވަން ދިން އިންޒާރެކެވެ. އޭގެ ފަހުން ދެން އިވެނީ ބަޑި ޖަހާ އަޑެވެ.

ވްރައިޓް ދުއްވަމުން ދިޔަ ކާރު ތަންކޮޅެއް ދުރަށް ދިޔަ ފަހުން ހުއްޓުނީ އެހެން ކާރެއްގައި ޖެހި އެކްސިޑެންޓު ވެގެންނެވެ. އޭރު ފުލުހުން ގޮސް ބެލިއިރު، އޭނާ އޮތީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox