މިއީ އެމެރިކާގެ އެންމެ ދިގު ހަނގުރާމަ ނިންމަންވީ ވަގުތު: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން--

އެމެރިކާގެ ރައީސް ޖޯ ބައިޑެން--

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް ފަހު ވެސް އެ ގައުމަށް އެހީތެރިވާނެ ކަމަށާއި ނަމަވެސް އެއީ "އަސްކަރީ" އެހީ ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

"މިއީ އެމެރިކާގެ އެންމެ ދިގު ހަނގުރާމަ ނިންމަންވީ ވަގުތު،" ވައިޓް ހައުސްގައި ހުންނަވާ ބައިޑެން ވިދާޅުވި އެވެ.

އެމެރިކާއިން އަފްގާން ހަނގުރާމަ ފެށީ 2001 ގަ އެވެ.

ބައިޑެން ވިދާޅުވީ އަފްގާނިސްތާނުގެ ދިފާއީ އަދި ސަލާމަތީ ފައުޖުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށާއި އަފްގާނިސްތާނުގެ ސަރުކާރަށް ވެސް އެއްބާރުލުންދެމުން ގެންދާނެ ކަމަށެވެ.

އަސްކަރީ ގޮތުން އަފްގާނިސްތާނުގައި އަޅުގަނޑުމެން ހަރަކާތްތެރި ނުވި ނަމަވެސް، އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އަދި އިންސާނީ މަސައްކަތްތައް ދާނީ ކުރިއަށް. -- ބައިޑެން

މި އަހަރުގެ ސެޕްޓެމްބަރު 11 ގެ ކުރިން ހުރިހާ ސިފައިން އަފްގާނިސްތާނުން ފައިބާނެކަން އިއުލާނުކޮށްފައި ވާއިރު، އެއީ މީގެ 20 އަހަރު ކުރިން އަފްގާނުގެ ތާލިބާނުން އެމެރިކާއަށް ޓެރަރިސްޓު ހަމަލާތައް ދިން ދުވަހެވެ.

ނޭޓޯ އާއި އެމެރިކާއިން އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގައި މި ވަގުތު ޖުމްލަ 9،600 ސިފައިން އުޅެ އެވެ. އޭގެ ތެރެއިން 2،500 ސިފައިންނަކީ އެމެރިކާ މީހުންނެވެ. ބާކީ ސިފައިން ނިސްބަތްވަނީ ނޭޓޯގެ އެހެން ގައުމުތަކަށެވެ.

އެމެރިކާ ސިފައިންނާއެކު ނޭޓޯ ގައުމުތަކުގެ ސިފައިން ވެސް ސެޕްޓެމްބަރު 11 ގެ ކުރިން އަފްގާނިސްތާނު ދޫކޮށް އެނބުރި ގައުމުތަކަށް ދާނެ އެވެ.

އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ބުނީ އަފްގާނިސްތާނުގައި ހަމަނުޖެހުން ކުޑަ ކުރަން އެއްބަސްވުމަށް ފަހު ތާލިބާނުން އެއާ އެއް ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ބުނީ އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބާ ދަނޑިވަޅުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއްބަސްވުމާ ހިލާފު އެކަމަކު މަޝްވަރާތައް ބާއްވާނެ

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ބައިޑެންއާ ފޯނުން ވާހަކަފުޅު ދެއްކި ކަމަށާއި އެމެރިކާގެ ނިންމުމަށް އިހްތިރާމު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން އަފްގާނުގެ ފައުޖުތަކަށް ވެސް "ގައުމާއި ރައްޔިތުން ދިފާއު ކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކަމަށް" އަޝްރަފް ގަނީ ވިދާޅުވި އެވެ.

އެމެރިކާއިން އެންމެ ފުރަތަމަ އެއްބަސްވީ މި އަހަރުގެ މޭ އެއް ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ބޭލުމަށެވެ. ނަމަވެސް އެ ސުންގަޑިއަށް ވާސިލްވާން އުނދަގޫ ކަމަށް ފަހުން ބުންޏެވެ.

ތާލިބާނުން ވެސް އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. އެގޮތުން ބޭރުގެ ސިފައިންނަށް ހަމަލާ ދިނުން ހުއްޓާލި ނަމަވެސް އަފްގާން ސަރުކާރަށް ހަމަލާތައް އަމާޒުކުރަމުން ދެ އެވެ.

މިދިޔަ މަހު ތާލިބާނުން ވަނީ މޭ އެއް ވަނަ ދުވަހުގެ ފަހުން ބޭރުގެ ފައުޖުތައް އުޅޭ ނަމަ، އެ މީހުންނަށް ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ރައްދުގައި އެމެރިކާއިން ބުނީ އަފްގާނިސްތާން ދޫކޮށް ދިޔުމުގެ މަސައްކަތް ކުރަމުން ދާއިރު، ސިފައިންނަށް ހަމަލާއެއް ދީފި ނަމަ ބަދަލުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox