ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ދިނުން މެދުކަނޑާލަނީ

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން-- ފޮޓޯ: ރޮއިޓާޒް

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން-- ފޮޓޯ: ރޮއިޓާޒް

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖެހި ވަރަށް މަދު އަދަދެއްގެ މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ބެލެވޭތީ އެ ވެކްސިން މަޑުޖައްސާލަން އެމެރިކާގެ ސިއްހީ އިދާރާތަކުން ގޮވާލައިފި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނީ 6.8 މިލިއަން ޑޯޒް މިހާތަނަށް ދީފައި ވާއިރު، ލޭގަނޑުވާ މައްސަލަ ދިމާވީ ހަ މީހަކަށް ކަމަށެވެ. އެހެންކަމުން ވެކްސިން މެދުކަނޑާލަން ގޮވާލަނީ ރައްކާތެރިކަން ކުރިއަށް ނެރުމަށް ކަމަށް ބުންޏެވެ.

ބީބީސީއިން ރިޕޯޓުކުރި ގޮތުގައި އެ މައްސަލަ ދިމާވީ އުމުރުން 18 އަހަރާއި 48 އަހަރާ ދެމެދު ހަ އަންހެނުންނަށް ވެކްސިން ޖެހިތާ 13 ވަރަކަށް ދުވަސް ފަހުންނެވެ. ނިއުޔޯކް ޓައިމްސްއިން ބުނީ އެއް އަންހެނަކު މަރުވެފައި ވާއިރު، އިތުރު މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ވަނީ އެ ވެކްސިން ޔޫރަޕަށް ސަޕްލައި ކުރުން މަޑުޖައްސާލަން ވެސް ނިންމާފަ އެވެ.

މި ވެކްސިނުގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން ޖެހި މަދު އަދަދެއްގެ މީހުންނަށް ވެސް ވަނީ ލޭގަނޑުވާ މައްސަލަ ކުރިމަތިވެފަ އެވެ.

ދުނިޔޭގައި މި ވަގުތު އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތީ އެމެރިކާގަ އެވެ. އެ ގައުމުގެ 31 މިލިއަން މީހުން މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު، 562،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ދިނުމުގެ ހުއްދަ ދިނީ ފެބްރުއަރީ 27 ގައެވެ. ނަމަވެސް އެ ފައިޒާ އާއި މޮޑާނާގެ ވެކްސިނަށް ވުރެ މި ވެކްސިން ބޭނުން ކުރާ މިންވަރު ތަންކޮޅެއް މަދެވެ.

ނަމަވެސް މިއީ އާދައިގެ ފްރިޖެއްގައި ރައްކާކުރެވޭ ވެކްސިނަކަށް ވެފައި، އެންމެ ޑޯޒެއް ޖަހަން ޖެހޭ ވެކްސިނަކަށް ވާތީ، މީގެ އެހީގައި ވެކްސިން ޕްރޮގްރާމުގެ ދުވެލު ބާރު ކުރަން އެމެރިކާއިން އުއްމީދު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox