ރާމޯސް އަށް ކޮވިޑް ޖެހިއްޖެ

Apr 13, 2021, 12:18 PM
ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 13) – ރެެއާލް މެޑްރިޑްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރެއާލުން ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ރާމޯސް މި ވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. ރާމޯސް އަށް މިދިޔަ މަހު ސްޕެއިން ގައުމީ ޓީމުގެ މެޗުތަކުގެ ތެރެއިން އަނިޔާވިއިރު، ރެއާލުން މި މަހުގެ ތެރޭގައި ކުޅޭ މުހިއްމު މެޗުތަކެއް އޭނާ އަށް ގެއްލޭނެ އެވެ. އެ މެޗުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ ދެ ލެގާއި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯ ހިމެނެ އެވެ. ރެއާލުން ވަނީ ރާމޯސް ނުލައި ލިވަޕޫލް އަތުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލީގުގައި މޮޅުވުމުގެ އިތުރުން އެލްކްލަސިކޯގައި ބާސެލޯނާ ބަލިކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ޔުއެފާ ޕްރޮޓޮކޯލްގެ ތެރެއިން ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރިއިރު، ރާމޯސް ވަނީ ޕޮޒިޓިވްވެފަ އެވެ. މިދިޔަ ހަފްތާގައި ލިވަޕޫލާ ދެކޮޅަށް ރެއާލް ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުގެ މެޗުގެ ކުރިން ކުރި ކޮވިޑް ޓެސްޓްތަކުން ރެއާލްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

Advertisement

މިއީ ރާމޯސްގެ ކެރިއަރުގައި އޭނާ އަށް ކުރިމަތިވެފައިވާ އެންމެ އުނދަގޫ އެއް ސީޒަނެވެ. މި ފަހަރު އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަން ރާމޮސް ވަނީ މިދިޔަ ފެބްރުއަރީ މަހު އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭނާ ކުޅުމަށް އެނބުރި އައިތާ މާގިނަ ދުވަހެއް ނުވެ ކުޑަކަޅުވާ އަށް މި ވަނީ އަނިޔާވެފަ އެވެ. ކޮވިޑް އިން ރަނގަޅުވެ، މި މަހު ފަހުކޮޅު ރާމޯސް އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލާ އެކު ރާމޯސް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާ ކޮންޓްރެކްޓެއްގައި ރާމޯސް ސޮއިކުރުމުގެ ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތްތައް ފެށިފައެއްނުވެ އެވެ.

ރެއާލުގެ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު، ކްލަބްގެ ރައީސްގެ މަގާމަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަކީ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އެހެންވެ އޭނާ އަށް އިތުރު ދައުރަކަށް ކްލަބްގެ ރައީސްކަން ފުރުމުގެ ފުރުސަތު ލިބިފައިވާއިރު، މި ދައުރު ހަމަވާނީ 2025 ވަނަ އަހަރާ ހަމައަށެވެ.

ޕެރޭޒް 2013 އާއި 2017 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު ވެސް އޭނާއާ ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox