ޗެލްސީ ތަށި ހޯދަން ޖެހޭ: ޓުޗެލް

Apr 13, 2021, 5:34 AM
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ސެވިލް (އޭޕްރީލް 13) - ޗެލްސީގެ ވިސްނުމަކީ އަބަދުވެސް ކާމިޔާބު ހޯދުން ކަމަށާއި އެ ޓީމު ބައްޓަންވެފައި އޮންނަން ޖެހޭނީ ވެސް ތަށި ހޯދާ ޓީމެއްގެ ގޮތުގައި ކަމަށް އެ ކްލަބްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުން މިދިޔަ ހަފްތާގައި ޗެލްސީ ވަނީ 2-0 އިން ޕޯޓޯ ބަލިކޮށްފަ އެވެ. މިރޭ ކުޅޭ ދެ ވަަނަ ލެގު (ޗެލްސީގެ ހޯމް މެޗު) ވެސް ކުޅޭނީ ފުރަތަމަ ލެގު ކުޅުުނު ސްޕެއިންގެ ސެވިލްގަ އެވެ. ދެ ލެގު ވެސް ސްޕެއިނުގައި ކުޅެން ނިންމީ ކޮވިޑް-19ގެ ސަބަބުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންގްލެންޑަށް ގޮސްގެން ޕޯޓޯ އަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުންނެވެ. މިރޭ ކުއާޓާ ފައިނަލު ކުޅުމަށް ފަހު އަންނަ އާދިއްތަ ދުވަހުގެރޭ އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޓުޗެލް ބުނީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހަކީ ޗެލްސީގެ ސީޒަނުގެ މުހިއްމު ކަންތައްތަކެއް ފެންނާނެ ދުވަސްތަކެއް ކަމަށާއި މި ޗެލެންޖްތަކަށް ނުކުންނައިރު ވިސްނަންވީ ކަމަކީ ޗެލްސީ އަކީ ތަށި ހޯދަން ޖެހޭ ޓީމެއްގެ ގޮތުގައި ކަމަށެވެ.

Advertisement

"އަހަރެން މި ތަނަށް (ޗެލްސީ އަށް) މި އައީ ތަށި ހޯދަން. އަހަރެން މި އައީ މި ތަނަށް މެޗުތަކުން މޮޅުވަން. އޭގެ ނަތީޖާ އަކީ ތަށި ހޯދުން. ޗެލްސީން ތަށި ހޯދަން ޖެހޭ. މި ކްލަބް އޮތީ އެހެން ބައްޓަންވެފައި. އެހެންވީމަ އަހަރެން ވަކި އެހެން ވާހަކައެއް ދައްކަން ޖެހޭ ސަބަބެއް ނެތް. ފަސް އަހަރުން ތަށި ހޯދަން ނޫނީ ތިން އަހަރު ތަށި ހޯދަން. އެއީ އަހަރެން ދައްކާހިތްވާ ވާހަކަތަކެއް ނޫން،" މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރިތާ މަހެއްހާ ދުވަސް ފަހުން ޗެލްސީއާ ހަވާލުވި ޓުޗެލް ބުންޏެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ހަވާލުވި ފަހުން ޗެލްސީ ކުޅުނު 17 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އިނގިރޭސި ޕްރިިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުންނެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި ޗެލްސީ ބަލިނުވެ އެވެ.

ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެސާއޯ ބުނީ ކުރިމަތީގައި އޮތް އުނދަގޫ ޗެލެންޖް ބަލައިގަނެ ޕޯޓޯ ކުޅުންތެރިން ތިބީ މި މެޗުން ނަތީޖާ އަނބުރާލަން ކުރެވޭނެ ހުރިހާކަމެއް ކުރުމަށް އަމާޒުހިފައިގެން ކަމަށެވެ. އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ސާޖިއާ އޮލިވޭރާ އާއި އީރާންގެ ފޯވާޑް މަހުދީ ތަރޭމީ އަށް މި މެޗުގައި ކުޅެވުމެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ފުރަތަމަ ލެގުން ޗެލްސީ މޮޅުވެފައިވަނިކޮށް މިހާތަނަށް އެ ޓީމު ކަޓާފައިވަނީ ދެ ފަހަރު އެވެ. އެއީ 2000 ވަަނަ އަހަރު ބާސެލޯނާ އަތުންނާއި 2007 ވަނަ އަހަރު ލިވަޕޫލް އަތުންނެވެ.

ޗެލްސީ އާއި ޕޯޓޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox