ސިޓީ ބަލިވިއިރު، ލިވަޕޫލް ފަހަތަށް ޖައްސައި އަލުން ޗެލްސީ ކުރިއަށް

Apr 10, 2021, 7:54 PM
ލަނޑު ޖެހުމަށް ފަހު ޕުލިސިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޕުލިސިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ 10 ކުޅުންތެރިންނާ އެކު ކުޅުނު ލީޑްސް ޔުނައިޓެޑް އަތުން 2-1 އިން ބަލިވިއިރު، ރަށުންބޭރުގައި 4-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީ އަލުން ހަތަރު ވަނަ އަށް އަރައިފި އެވެ.

ލީގުގެ އެއް ވަނައިގައި 32 މެޗުން 74 ޕޮއިންޓް ހޯދައިގެން ސިޓީ އޮތްއިރު، މެންޗެސްޓާ ޔުނައިޓެޑް ދެ ވަނައިގައި އޮތީ 30 މެޗުން 60 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ 30 މެޗުން 56 ޕޮއިންޓް ހޯދާފައިވާ ލެސްޓާ ސިޓީ އެވެ.

މިރޭ އަމިއްލަ ދަނޑުގައި ފަހު ވަގުތު 2-1 އިން އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލުން ވަނީ ހަތަރަކަށް ޖެހިލައިފަ އެވެ. އެކަމަކު ފަހުން ކުޅުނު މެޗުން ޗެލްސީ މޮޅުވުމުން އަލުން އެ ޓީމު ވަނީ ހަތަރު ވަނަ އަށް އަރައިފަ އެވެ. ޗެލްސީ ހަތަރެއްގައި އޮތީ 31 މެޗުން 54 ޕޮއިންޓާ އެކު އެވެ. ފަސް ވަަނައިގައި ލިވަޕޫލް އޮތީ 31 މެޗުން 52 ޕޮއިންޓާ އެކު އެވެ.

Advertisement
ލީޑްސްގެ ގޯލު ޖެހުމަށް ފަހު ޑަލަސް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ:އޭއެފްޕީ
ލީޑްސްގެ ގޯލު ޖެހުމަށް ފަހު ޑަލަސް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ:އޭއެފްޕީ

ލީޑްސްގެ ގޯލު ޖެހުމަށް ފަހު ޑަލަސް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ:އޭއެފްޕީ

ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑްސް އިން ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓްގައި ސްޓުއާޓް ޑަލަސް ޖެހި ގޯލުންނެވެ. ލީޑްސް އިން ފުރަތަމަ ހާފު ނިންމާލި އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކެޕްޓަން ލިއަމް ކޫޕާ އަށް ރަތް ކާޑު ދެއްކީ ގަބްރިއެލް ޖޭސޫސް އަށް ކުރި ފައުލަކަށެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލީޑްސް ކޮޅަށް ސިޓީގެ ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް އެވެ. މެޗުގެ އިތުރު ވަގުތުގައި ލީޑްސް މޮޅުކޮށްދިން ގޯލު ޖެހީ ޑަލަސް އެވެ.

މިއީ 2007 ވަނަ އަހަރު ރެޑިން އަތުން ބަލިވި ފަހުން ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލީޑްސް ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލުން ވަނީ 2021 ވަަނަ އަހަރު ފުރަތަމަ ފަހަރަށް ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޓޮޓެންހަމް އަތުން އަމިއްލަ ދަނޑުގައި މޮޅުވި ފަހުން ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވިއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުން ވަނީ ބަލިވެފަ އެވެ.

ފަހު ވަގުތު އަލެކްސަންޑަ އާނޯލްޑް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ފަހު ވަގުތު އަލެކްސަންޑަ އާނޯލްޑް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު ވަގުތު އަލެކްސަންޑަ އާނޯލްޑް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި ވެސް ފުރަތަމަ ގޯލު ޖެހީ އެސްޓަން ވިލާ އިންނެވެ. މެޗުގެ 43 ވަނަ މިނިޓްގައި އޮލީ ވަޓްކިންސް ވަނީ އެސްޓަން ވިލާ އަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. އެކަަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ޑިއޯގޯ ޖޮޓާ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު ފިރްމީނޯގެ ގޯލު ބަލައިނުގަންނަން ނިންމި އެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. މެޗުން މޮޅުވާން ލިވަޕޫލް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުުުތުގަ އެވެ. ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެެހީ ޒުވާން ފުލްބެކް ޓްރެންޓް އަލެކްސަންޑާ އާނޯލްޑް އެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި މިރޭ ޗެލްސީން ވަނީ ފުރަތަމަ 30 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. ގޯލުތައް ޖެހީ ކައި ހަވާޓްޒް އާއި ކްރިސްޓިއަން ޕުލިސިޗް އަދި ކާޓް ޒޫމާ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ކްރިސްޓިއަން ބެންޓެކޭ ވަނީ ޕެލަސް އަށް ގޯލެއް ޖަަހައިދީފަ އެވެ. ޗެލްސީގެ ފަހު ގޯލު ޖެހީ 78 ވަނަ މިނިޓްގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕުލިސިޗް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox