ސަސް ބަލިކޮށް ވެލެންސިއާ އިން މާޒިޔާއާ ގާތަށް ޖެހިލައިފި

ސެންޓޭ ސަސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސެންޓޭ ސަސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ގާތަށް ޖެހިލައިފި އެވެ.

މި މެޗުން ވެލެންސިއާ މޮޅުވުމުން މާޒިޔާއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ވެލެންސިއާ އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު އެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗަށް ނުކުތްއިރު ކުޅުންތެރިންނަށް މި މެޗުގެ ތިން ޕޮއިންޓް މުހިއްމުކަން ވިސްނައިދިން ކަމަށެވެ. އަދި އެންމެ ރަނގަޅަށް ނުކުޅެވިދިޔަ ވަގުތުތަކީ ހަގީގަތުގައި ނަތީޖާ ނެރުމަށް އޮތް ޕްރެޝަރު ކަމަށް ވެދާނެ ކަމަށް އާތީ ބުންޏެވެ.

"ލީގުގެ އެއް ވަނަ ނޫނީ ދެ ވަނައިގައި ނިންމާ ކަމަށް ވަންޏާ މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމު ކަމަށް ކުޅުންތެރިންނަށް ވިސްނައިިދިނިން. ދެން ކުޅުމަށް ބަލާއިރު އެހާ އެހާ ބޭނުންވި ގޮތަކަށް ނުދިޔަސް ހަގީގަތުގައި މޮޅުވީމަ ހިތްހަމަޖެހޭ،" އާތީ ބުންޏެވެ.

ސަސް މި މެޗުން ބަލިވުމުން އެ ޓީމު ވަނީ ލަނޑުގެ ތަފާތުން ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. ސަސް އަށް 12 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ 11 މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ޓީސީ މާދަމާރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭނެ އެވެ. އީގަލްސްގެ ލީގު މެޗުތައް ވަނީ އެ ޓީމު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭތީ ފަސްކޮށްފަ އެވެ.

ފުރަތަމަ 20 މިނިޓް ތެރޭ ދެ ހަމަލާ ވެސް އުފެއްދީ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސެންޓޭ ޖެހި ޝޮޓް ސަސްގެ އުޒްބެކިސްތާން ކީޕަރު މިރްޒޮހިދު ވަނީ މަތަކޮށްފަ އެވެ. އޭގެ އަށް މިނިޓް ފަހުން އޭރިއާތެރެއިން ސެންޓޭ ފޮނުވާލަން މަސައްކަތްކުރި ބޯޅަ އެންމެ ރަނގަޅަށް ފަޔަށް އަރާގޮތެއްނުވި އެވެ.

ސަސްގެ ފުރަތަމަ އެޓޭކް ފެނުނީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ނެދަލެންޑްސް މިޑްފީލްޑަރު އަޖްނާން މުހައްމަދު ހުސްކޮށްލާފައި އައިހަމް އަހުމަދަށް ދިން ބޯޅަ އޭނާ ވަނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލައިފަ އެވެ. އެކަމަކު ސަސް ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވެލެންސިއާ އިން ލިޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި ސެންޓޭ ވައްދާލި ގޯލުންނެވެ. ހާފުގެ މެދުތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު މިރްޒޮހިދު އަތްމަތިން އޮއްސިގެން ގޮހެވެ. ސެންޓޭ މެޗަށް ފަހު ބުނީ އެއީ އޭނާ ހުރަސް ކުރަން ނެގި ބޯޅައެއް ކަމަށެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ވެލެންސިއާގެ ހުސެއިން ފައިސަލް (ފައިޓޯ) ހުސްކޮށްލާފައި ނަގައިދިން ބޯޅަ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުމުން އޭނާ ފޮނުވާލި ނަމަވެސް ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު މިރްޒޮހިދު ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 20 ސިކުންތު ތެރޭގައި ސެންޓޭ ދިން ބޯޅައަކުން އޭރިއާތެރެއިން އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ފޮނުވާލިއިރު ދިޔައީ އަރިމަތިންބޭރުންނެވެ. ދެ ވަނަ ހާފް ފަށައިގެން ސަސް އިން ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ތަނަވަސްކުރިއިރު އެ ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޔޫސުފް ޖުނައިދު ޒާހިރު (ޖުނޭ) ޖެހި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ދަގަނޑޭގެ ބަދަލުގައި އަހުމަދު ރިލްވާން (ރިލޭ) ވަނީ ކުޅެން އަރުވައިފަ އެވެ.

މެޗުގެ 74 ވަނަ މިނިޓްގައި އޭރިއާތެރެއިން ވެލެންސިއާގެ އަކޫ ސަސްގެ އައިހަމް އަށް ފައުލުކުރި ކަމަށް ބުނެ ސަސް ބެންޗުން ވަނީ ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު ރެފްރީ އަބްދުﷲ ޝާތިރު ނިންމީ ފައުލެއް ނޫން ކަމަށެވެ.

ވެލެންސިއާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 80 ވަަނަ މިނިޓްގައި ސެންޓޭ އެވެ. ބޯހަސް އޭރިއާތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ސެންޓޭ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ ފަހު ވަގުތު ހެޓްރިކް ފުރިހަމަކުރަން ސެންޓޭ އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ތެރެއިން ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ރެފްރީ ޝާތިރުގެ ގިނަ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ރެފްރީންގެ ވާހަކަ ދެއްކުމުގެ ހުއްދައެއް ނެތުމުން އެ ވާހަކަ ދަައްކަން ބޭނުންނުވާ ކަމަށެވެ. މުޅި މެޗަށް ބަލާއިރު ސަސްގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާކަމަށާއި މެޗުގެ ތެރެއިން އެ ދިޔަ ކަންތައްތަކާ ބަލާއިރު ބަލިވި ކަމުގައި ވިޔަސް ކަންތައްތަކެއް ރަނގަޅަށް ވެސް ދިޔަކަން ފާހަގަކުރާ ކަމަށް މޯހަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox