ސާއިދުގެ ބޭސްފަރުވާ އަށް ފުޓްބޯޅަ އާއިލާގެ ފަރާތުން ތިން ލައްކަ ރުފިޔާގެ އެހީއެއް!

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ސާއިދުއާ ޗެކް ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ސާއިދުއާ ޗެކް ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކިޑްނީ ބައްޔަށް ބޭސްކުރަމުން އަންނަ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދުގެ ބޭސް ފަރުވާ އަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި އެފްއޭއެމް ފައުންޑޭޝަން ގުޅިގެން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.

ސާއިދު އަށް ތިން ލައްކަ ރުފިޔާގެ ޗެކެއް ހަވާލުކުރީ މިއަދު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެ އެސޯސިއޭޝަންގެ އިސް ވެރިންގެ އިތުރުން އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސަޑަރުންގެ ގޮތުގައި ހިމެނޭ ކުރީގެ މަޝްހޫރު ކުޅުންތެރިން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މެޗު ފެށުމުގެ ކުރިން ދަނޑުގެ ސްކޯ ބޯޑްގެ މެއިން ސްކްރީނުގައި ސާއިދު އަށް ހާއްސަ ވީޑިއޯ އެއް އެޅުވިއިރު، ސާއިދާ އެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހާއްސަ ފޮޓޯއެއް ނަގައިފަ އެވެ.

Advertisement

"އޭނާއަކީ މޮޅު ފުޓްބޯޅަ ކޮމެންޓޭޓަރެއް. ދިރިއުޅުމުގެ މުހިންމު ގިނަ ވަގުތުތައް ހުސްކޮށްފައިވަނީ ވެސް ފުޓްބޯޅައަށް. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ. އޭނާ މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްދިނުމަށް ބޭނުންވާ ދީލަތި އެހީއަކަށް،" އެފްއޭއެމުން ސާއިދަށް ހާއްސަކޮށް ގެނެސްދިން ރިޕޯޓްގައި ބުނެފައިވެ އެވެ.

މިއަދުގެ އިވެންޓުގެ ތެރެއިން ސާއިދު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މިއަދުގެ އިވެންޓުގެ ތެރެއިން ސާއިދު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދުގެ އިވެންޓުގެ ތެރެއިން ސާއިދު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުޅިވަރު ނޫސްވެރިންނަކީ ކުޅިވަރުގެ އާއިލާގައި ހިމެނޭ މުހިއްމު ބައެއްކަން ހާމަވި ދުވަހެއް މިއީ. -- ސާއިދު

ސާއިދު "އަދަދު" އަށް ބުނީ 2009 އިން ފެށިގެން މިއަދާ ހަމައަށް ވޭތުވެދިޔަ 12 ވަރަކަށް އަހަރު އޭނާ ފުޓްބޯޅަ އަށް ޓަކައި އެ ކޮށްދިން ހިދުމަތް ބަަލައިގަނެ، މި ވަރުގެ ކަމެއް ފުޓްބޯޅަ އާއިލާ އިން ކޮށްދިނީތީ ޝުކުރު އަދާކުރާކަމަށެވެ.

"މިއީ އަސްލު މިހާރު މި ކަހަލަ ހާލަތަކަށް ދެން ގޮސްދާނެ ނޫސްވެރިއަކަށް ވެސް ލިބޭނެ ޔަގީންކަމެއް. ހަމައެކަނި ފުޓްބޯޅަ އާއިލާ އަކީ ފުޓްބޯޅަ އަކީ އެފްއޭއެމާއި ކުޅުންތެރިންނާއި ކްލަބްތަކާއި ނޫންކަން. ނޫސްވެރިންނަކީ ވެސް ފުޓްބޯޅަ އާއިލާގެ މުހިއްމު މެމްބަރުންކަން މިއަދު އެނގިއްޖެ. އެ އިހުސާސް ކުރެވުނު ދުވަހެއް މިއީ. މި ގޭމްގައި ނޫސްވެރިންނަކީ ވެސް މުހިއްމު ބައެއް ކަން އަންގައިދީފި،" ސާއިދު ބުންޏެވެ.

އުމުރުން 28 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ. އޭނާ އެެދެމުންދަނީ އެކި އެކި ފަރާތްތަކުގެ ދީލަތީ އެހީތެރިކަމާއި ކިޑްނީ ޓްރާންސްޕްލާންޓް ވީ އެންމެ އަވަހަށް ކުރިއަށްގެންދިއުމަށެވެ.

ސާއިދު ބުނީ އޭނާ އަށް މިކަން ދިމާވުމުން އެންމެ ފުރަތަމަ ވެސް ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި އަލީ ސުޒޭންގެ ފަރާތުން ފުޓްބޯޅައިން މީގެއިން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަތައް ދެކެވުނު ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ދަނޑިވަޅެއްގައި ކުރެވޭނެ ކަންތައްތައް ބަލައި ސާއިދު އަށް އެހީވާނެ ކަމަށް ސާންތީ އާއި ސުޒޭން ބުނެފައިވާކަން ސާއިދު ފާހަގަކުރި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސުޒޭންއާ އެއްކޮށް ސާއިދު ފޮޓޯއެއް ނަގަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސުޒޭންއާ އެއްކޮށް ސާއިދު ފޮޓޯއެއް ނަގަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސުޒޭންއާ އެއްކޮށް ސާއިދު ފޮޓޯއެއް ނަގަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ސާއިދަށް މި ދިން އެހީތެރިކަމުގައި އެންމެ ފުރަތަމަ އިސް ނެގި އެއް ފަރާތަކީ ޔުނައިޓެޑް ވިކްޓްރީގެ މެނޭޖަރު މުހައްމަދު ފަސީން ރާފިއު ކަަމަށް ސާއިދު ބުންޏެވެ.

"މީގެ މަޝްވަރާތަކެއް ކުރިއަށްދާތާ ތިން ހަފްތާއެއް ވެއްޖެ. އިނީޝިއޭޓް (އިސް) ނެގީ ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުން ފަސީން. ސާންތީ އާއި ސުޒޭން ވެސް ކުރިން ހިންޓެއް ދިން. ދެ އަހަރެއް ވަރު ކުރިން އެއީ. ތިމަންނަ މެން އެހީވާނެމޭ. ސުޒޭން ފުރަތަމަ ވެސް މިކަމާ އުޅުނު މައިންޑްގައި ވެސް އިން. އެންމެ ފަހުން އައި ރިޕޯޓާ ގުޅިގެން މިކަން މި ފެށުނީ. ފަސީން އިނީޝިއޭޓް ނަގައި ކްލަބްތަކާ މަޝްވަރާކޮށް ކްލަބްތަކާ އެފްއޭއެމް އޮން ބޯޑްކޮށް އެފްއޭއެމް ވެސް މީގެ ބައިވެރިވެ ރައީސް ބައްސާމް ވެސް ސަޕޯޓް ދީގެން މިކަން މިވީ،" ސާއިދު ބުންޏެވެ.

ސާއިދު ބުނީ މިއީ ކިޑްނީ ޓްރާންސްޕްލާންޓަށް ބޭނުންވާ ފަންޑުގެ ޕަސެންޓަށް ބަލާނަމަ ވަރަށް ބޮޑުބައި ކަމަށާއި އެދެނީ އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ޓްރާންސްޕްލާންޓަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހުން ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަަދަދު" އަށް ވިދާޅުވީ މިކަން ކޮށްދޭން އެފްއޭއެމުން ނިންމީ ފުޓްބޯޅަ އާއިލާ އިން މިކަން ބޭނުންވެ، އެފްއޭއެމް ފައުންޑޭޝަނަކީ މި ފަދަ ކަންކަމުގައި ވެސް އެހީތެރިވުމުގެ މަގުސަދުގައި ފެށުނު ޕްރޮޖެކްޓެއް ކަމަށްވާތީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި ސާއިދު ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި ސާއިދު ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި ސާއިދު ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ފުޓްބޯޅަ އާއިލާގެ ފަރާތުން އެފްއޭ ފައުންޑޭޝަނުން މި އެހީ މަގުފަހި ކޮށްދިނީ. ވަރަށް ގިނަ ކްލަބްތަކުގެ އިސް ނެގުމާ އެކު ސާއިދަކީ ފުޓްބޯޅަ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް ކަމަށްވާތީ ފުޓްބޯޅަ އާއިލާ އިން ބޭނުންވީ އެކަން ކޮށްދޭން. އެހެންވެ އެފްއޭއެމުން ވެދިން އެހީތެރިކަން މިއީ،" ޖަވާ ވިދާޅުވި އެވެ.

މިއަދުގެ މެޗުގައި ބޭނުންކުރި އެއް ބޯޅައިގައި ކުޅުންތެރިންނާއި ކޯޗުން އަދި ނޫސްވެރިންގެ ސޮއި ހިމެނޭ ގޮތަށް ސާއިދަށް ވަނީ ހަދިޔާކޮށްފަ އެވެ.

ސަން އެފްއެމުން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ. އަދި މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޕީއެސްއެމް ކަވަރޭޖްގައި ސާއިދު އަންނަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox