މޯހަންގެ ނަޒަރުގައި މި ވަގުތު ވެލެންސިއާ އަށް ވުރެ މާޒިޔާ ތަފާތު މޮޅު

ލީގުގެ މެޗެއްގެ ތެރެއިން މޯހަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން މޯހަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި ވަގުތު ލެވަލަށް ބަލާއިރު މާޒިޔާ އާއި ވެލެންސިއާ އެއް ހަމައަކުން މިނެކިރޭނެ ކަމަށް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ލީގުގައި ސަސް އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 0-0 އިން މާޒިޔާއާ އެއްވަރުކޮށްފަ އެވެ. އެ މެޗުގައި ސަސްގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. ލީގުގެ ފުރަތަމަ ބުރުގައި ސަސް އިން ވަނީ ވެލެންސިއާއާ ވެސް އެއްވަރުކޮށްފަ އެވެ. މިރޭ ލީގުގެ ދެ ވަނަ ބުރުގައިި ވެލެންސިއާއާ ދެކޮޅަށް ކުޅޭއިރު، މެޗުގެ ކުރިން ސަސްގެ ކޯޗު މޯހަން ބުނީ ވެލެންސިއާއާ ދެކޮޅަށް ކުޅޭނީ އެޓޭކަށް ބޮޑަށް ވިސްނައިގެން މޮޅެއް ހޯދަން ކަމަށެވެ.

"އަޅުގަނޑު ހަގީގަތަށް ދަންނަވާ ކަމަށް ވަންޏާ އެއްވެސް ޓީމަކަށް ބުނާ ބަދުބަހެއް ނޫން ހަމަ މިއީ. މާޒިޔާ ތަފާތު ބޮޑުކޮށް މޮޅުކޮށް ފެންނަނީ. އެ ޓީމަށް ބަލާއިރު ކުޅުންތެރިންނާއި މިހާރު ކުޅުމުގެ ސްޓައިލް ވެސް މާޒިޔާގައި ތަފާތު. ބޯޅަ ނުޖަހައި ޕާސިން ގޭމެއް ކުޅެމުންދަނީ. ވަރަށް އުފާވޭ އެވަރުގެ ކުޅުންތެރިންނާ އެކު އެ ގޮތަށް ކުޅެން ތައްޔާރުވަމުންދާތީ،" މޯހަން ބުންޏެވެ.

Advertisement

"ވެލެންސިއާ އަޅުގަނޑު ހަމަ މިނެއެއް ނުކިރާނަން މާޒިޔާއާ އެއް ފެންވަރެއްގައި. އެހެން ނަމަވެސް ވެލެންސިއާ އަކީ ދަށް ޓީމެކޭއެއް ނޫން މި ދަންނަވަނީ. ވެލެންސިއާ އަކީ ވެސް މޮޅު ޓީމެއް. މޮޅެތި ކުޅުންތެރިންތަކެއް ވެސް އޮތް ޓީމެއް،"

މޯހަން ވަނީ ވެލެންސިއާ އާއި މާޒިޔާގެ ލެވަލް ތަފާތުކަމަށް އޭނާ އަށް ގަބޫލުކުރެވޭ ސަބަބު ވެސް ކިޔައިދީފަ އެވެ. އެ ގޮތުން މާޒިޔާގެ ކޮންމެ ޑިޕާޓްމަންޓެއް ވެސް އޮތީ ވަރުގަދަކޮށް ކަމަށާއި އެކަަމަކު ވެލެންސިއާގެ މުޅި ޓީމު ފެންނަނީ އެހާ ވަރުދަކޮށް ނޫން ކަމަށް މޯހަން ބުންޏެވެ. އަދި މާޒިޔާ އިން ހުރިހާ ކުޅުންތެރިން ވެސް އެޓޭކްގައި ބައިވެރިވެވޭ ގޮތަށް ކުޅޭއިރު، ވެލެންސިއާ އިން ކުޅެނީ ވަކި ކުޅުންތެރިންތަކެއް އެޓޭކަށް އަރާގޮތަށް ކަމަށް ވުމުން އެއީ ވެސް ތަފާތެއް ކަމަށް މޯހަން ދެކެ އެވެ.

"އަޅުގަނޑަށް ވަރަށް އިތުބާރު އެބައޮތް ވެލެންސިއާ ކުޅުންތެރިން ހިފަހައްޓައިލެވޭނެ ކަމުގެ. މުޅި ޓީމު އެހާ ގަދަ ނޫންވީމަ ވެލެންސިއާ ކައިރިން އެޑްވާންޓޭޖް ލިބޭ،" މި ސީޒަން އީގަލްސްއާ އެކު ފަށައި ފަހުން ސަސްއާ ގުޅުނު މޯހަން ބުންޏެވެ.

މޯހަން ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކުޅެފައިވާނީ ދެ މެޗު ދެމެދުން ކުޅުންތެރިން އަރާމްކުރަން ފުރުސަތެއް ނުދީ ކަމަށާއި އެކަމަކު ވެލެންސިއާ މެޗުގެ ކުރިން ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިން ކަމަށެވެ.

އަދި މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ސަސް އަށް ކުޅެމުން އަންނަ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަށް ވެލެންސިއާ މެޗުގައި ކުޅެވުމަކީ ހިތްހަމަޖެހުމެއް ކަމަށް މޯހަން ބުންޏެވެ.

"އަޅުގަނޑުމެން ކުޅެން ބޭނުންވާ ގޭމް ހަމަ ވެލެންސިއާއާ އެކު ކުޅެވޭނެ. މިދިޔަ ބުރުގައި އަޅުގަނޑުމެން ބޭނުންވާ ގޭމް ކުޅެ ޗާންސް ވެސް ލިބުނު. މާޒިޔާއާ ދެކޮޅަށް ކުޅުނު ވަރުގެ އެ ވަރުގެ ޑިފެންސިވް އެޕްރޯޗެއް ނުކުރާނަން،" މޯހަން ބުންޏެވެ.

ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބުކޮށް މީގެ ކުރިން ވެލެންސިއާގައި ވެސް ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ މޯހަން ބުނީ ސަސް އިން އޭނާ ބޭނުންވާ ސްޓައިލަށް ކުޅެން މަސައްކަތް ކުރާކަމަށާއި މި ސީޒަނަށް ވުރެ ބޮޑަށް އޭނާ ބޭނުންވާ ކުޅުން ސަސްގެ ފަރާތުން ފެންނާނީ އަންނަ ސީޒަނުގައި ކަމަށެވެ.

ލީގުގެ ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް ސަސް އަދި ހަތް ވަނައިގައި އޮތް އީގަލްސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ޓީސީ އާއި ސަސް އެ އަދަދަށް ޕޮއިންޓް ހަަމަކުރީ 11 މެޗުންނެވެ. އީގަލްސް ކުޅުނީ 10 މެޗެވެ.

"ޕޮއިންޓަކީ ވަރަށް މުހިއްމު އެއްޗަކަށްވާނެ ކުރިއަށް އޮތް މެޗުގައި ވެސް. އެއް ޕޮއިންޓް ވެސް ލިބުމަކީ ކުރިއަށް ދިއުމަށް ހިތްވަރަކަށްވާނެ. ގަދަ ހަޔަކަށް އަރާރޭހުގައި ވަރަށް ވާދަވެރިކޮށް ތިން ހަތަރު ޓީމެއް މި އުޅެނީ. އެހެންވީމަ އޭގެ ތެރޭގައި ހިފަހައްޓަންޏާ ޕޮއިންޓް ވެސް މުހިއްމު،" މޯހަން ބުންޏެވެ.

ސަސް އާާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox