ޔުނައިޓެޑް ވިކްޓްރީގެ ހުށަހެޅުމެއް ސާންތީ އަށް އެބައޮތް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސާންތީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސާންތީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި ފުރުސަތު ބޮޑީ އަންނަ ސީޒަނުގައި ވެސް އޭނާ އެ ޓީމުން ފެނުން ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ޔުނައިޓެޑް ވިކްޓްރީ ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ފުރަތަމަ ޕްރީ ސީޒަން ހަރަކާތްތައް ފެށިއިރު، ސާންތީ ހުރީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމާ އެކު ވޮލަންޓިއަރެއްގެ ގޮތުގައި އެހީތެރިވެދޭށެވެ. އެކަމަކު ކޯޗު މުހައްމަދު ވަކިކުރުމަށް ފަހު ސާންތީއާ ޓީމު ހަވާލުކުރަން ނިންމުމުން, އޭނާ އެންމެ ފުރަތަމަ ނިންމީ މި ސީޒަނުގެ ނިޔަަލަށް އެ ޓީމުގައި މަޑުކުރާށެވެ. އެކަމަކު އޭނާ ވަނީ މިހާރު އެ ކްލަބާ އެކު ދުރަށް ވިސްނައި މަސައްކަތްތަކެއް ފަށައިފަ އެވެ.

ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ވަނީ ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުން އެދެނީ އޭނާ އެ ކްލަބްގައި މަޑުކުރުމަށް ކަމަށް ބުނެފަ އެވެ.

"ދެން ތަންކޮޅެއް އަވަސް ކަންނޭނގެ އެ ވާހަކަ ދައްކަން. އެކަަމަކު މިހާރު ވަރަށް ދެކިލަން ބޭނުންވޭ ޔޫވީ ރަނގަޅު ޓީމެއްގެ ގޮތުގައި އޮންނަތަން. ދެން އަޅުގަނޑަށް މީގެ އިން އުއްމީދުގެ ހުޅުކޮޅެއް އެބަފޭނެ ހަމަ. އަޅުގަނޑަކީ ޔޫތު ޑިވެލޮޕްމަންޓަށް ޕްރިއޯރިޓީ (ހާއްސަކަން) ދޭ ކޯޗެއް. އިރާދަކުރެއްވިއްޔާ ޔުނައިޓެޑް ވިކްޓްރީގައި ހުރުމުގެ ޗާންސް ބޮޑު. މީގެ އަޅުގަނޑު ހުރެއްޖިއްޔާ ވަރަށް ބޮޑުތަން ޅަ ކޮށްގެން ޓީމެއް ބިލްޑްކުރަން ވިސްނުން އޮތީ. މެނޭޖްމަންޓުގެ ވިސްނުން ވެސް އެ ގޮތަށް،" ކްލަބް އީގަލްސްގައި ޓީމެއް ބިނާކޮށް އެ ޓީމު ފުރަތަމަ ޑިވިޝަނުގެ ގަދަބާރަކަށް ހެދުމުގައި އެހީތެރިވި ސާންތީ ބުންޏެވެ.

ލީގުގައި މި ވަގުތު ޔުނައިޓެޑް ވިކްޓްރީ އޮތީ އެންމެ ފުލުގަ އެވެ. އެ ޓީމަށް 11 މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ ވަނީ ޓީސީ އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު ސާންތީ ވަނީ އެ ޓީމުން ދެން ފޯކަސް ކުރާނެ އެއް ކަމަކީ ރެލިގޭޝަނުގައި ކުޅޭނެ ހާލަތަށް ޓީމު ތައްޔާރުކުރުމަށް ކަމަށެވެ.

"ޔުނައިޓެޑް ވިކްޓްރީން ބޭނުންވާނީ ގްރާންޑޭ މެޗުގައި ވެސް މޮޅެއް. (މޮޅެއް ނުލިބި ގުނާ ދުވަސްތަކަށް) މިއަށް ނިމުމެއް ގެނެވޭތޯ ދެން ބަލާނީ. ނުކުންނާނީ ތިން ޕޮއިންޓް ހޯދަން. އެކަމަކު އެ ހިސާބަށް (ރެލިގޭޝަނަށް) ވެސް މަޑުމަޑުން ޕްލޭން ކުރަމުންދާނީ،" ސާންތީ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް މިހާރު މި މެޗަށް ނުކުންނައިރު ގްރާންޑޭ އަށް ޕްރެޝަރު މިއޮތީ. ޓާގެޓަށް ރީޗްވާ ހިސާބުގައި އެ އޮތީ އެ ޓީމު(ގްރާންޑޭ). އަޅުގަނޑު މި ދަންނަވަނީ ޔޫވީ އަށް ނެތޭ ބަލިވެގެން ބަޔަކު ދައްކާނެ ވާހަކައެއް. ދެން މީގެ ޔޫވީގެ ކޯޗެއްގެ ހައިސިއްޔަތުން އަހަރެމެން އެބަ ވިސްނަންޖެހޭ އެޔަށް (ރެލިގޭޝަން އަށް) ވެސް މިސާލަކަށް ކޮންކަހަލަ ޗޭންޖްތަކެއްތޯ އެ އަށް ގެނެވޭނީ،"

ސާންތީ ބުނީ މި މެޗަށް ނުކުންނައިރު އެއް ހިތްހަމަޖެހުމަކީ ބޭރު ޑިފެންޑަރު މަަރަޓް އަނިޔާއިން ރަނގަޅުވިއިރު، ޓީމު ކުޅުންތެރިންގެ ރޫހު ވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުވުން ކަމަށެވެ. އެކަމަކު ޑިފެންސްލައިން އެއްކޮށް ރަނގަޅުވާނީ މި ވަގުތު އަނިޔާގައި ހުރި އާދިލް އަބްދުއްރަހްމާން ޓީމާ ގުޅުމުން ކަމަށް ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ ކުރިއަށް ކުޅެމުންދިޔައީ އިސްމާއިލް އީސާ (މެސީ) އެވެ. ސާންތީ ބުނީ ޔުނައިޓެޑް ވިކްޓްރީން ވިސްނާނީ އީސާ އާއި މުހައްމަދު އާރިފް (ބަކާ)ގެ ބޭނުން ރަނގަޅަށް ހިފައި މި ހާލަތުން އަރައިގަންނަން ކަމަށެވެ.

"މި ވަގުތަށް އެންމެ ބޮޑަށް ޓީމަށް މެސީ އަށް ކޮށްދެވޭނެ ކަމަކީ އެއީ (ކުރިއަށް ކުޅުން). ގައުމީ ޓީމުގެ ދެ ކުޅުންތެރިން މި ތިބީ ބަކާ އާއި މެސީ. އެ ދެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ގެއްލޭނެ ކަމެއް އަޅުގަނޑު ނުކުރާނަން. ޔޫވީގެ ހާލަތު ބަދަލުކުރަން އެ ދެ ކުޅުންތެރިން ވެސް ވަރަށް ބޭނުން،" ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީން މި މެޗަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު މެޗުގައި ސަސްޕެންޝަންގެ ސަަބަބުން ނުފެނުނު އަލީ ހައިޝަމް (ޗުމްޕު) އަށް ކުޅެވޭނެ އެވެ. އެކަމަކު ޓީސީ މެޗުގައި ރަތް ކާޑު ދެއްކި އަހުމަދު ވިސާމް (ޖެރާޑް) މި މެޗަށް ސަސްޕެންޑްވާނެ އެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox