ވަގުތީ ހައްލަކަށް ބިދޭސީ ރެފްރީން ގެނެސް ދިވެހިންނަށް ދުރުރާސްތާ ޕްލޭނެއް

މި ފަަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބިދޭސީ ރެފްރީއެއް މެޗެއް ފެށުމުގެ ކުރިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

މި ފަަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބިދޭސީ ރެފްރީއެއް މެޗެއް ފެށުމުގެ ކުރިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ގިނަ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކާ މެދު ކޯޗުންނާއި ކްލަބްތަކުގެ އޮފިޝަލުން ކުރަމުން އަންނަ ޝަކުވާތަކުގެ އަޑުއަހައި ވަގުތީ ގޮތުން ބިދޭސީ ރެފްރީން ގެންނަން އެފްއޭއެމުން ނިންމައިފި އެވެ.

މި ފަަހަރުގެ ލީގު ފެށިއިރު, އެފްއޭއެމުން ވަނީ މެލޭޝިއާގެ ތިން ރެފްރީންނާއި ސިންގަޕޫރުގެ ރެފްރީއެއް ބޭނުންކޮށްފަ އެވެ. އެކަމަކު މާލޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ގިނަވާތީ ފެބްރުއަރީ ތިން ވަނަ ދުވަހު ލީގު މެދުކަނޑާލަން ޖެހުމުން އެ ރެފްރީންތައް ފޮނުވާލީ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފެށި ފަހުން މިހާތަނަށް ބޭނުންކުރަމުން އަންނަނީ ދިވެހި ރެފްރީންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލުން ލީގު ފެށިގެން ދިވެހި ރެފްރީންނާ އެކު މެޗުތައް ކުރިއަށްގެންދާ ދިއުމުގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ދިވެހި ރެފްރީންނާ މެދު ވަރަށް ގިނަ ކްލަބްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެ ކަމަށް މި ވަގުތު ހައްލެއް ގެންނަން ޖެހޭތީވެ އަނެއްކާ ބިދޭސީ ރެފްރީން ގެންނަން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެންގެ ވިސްނުމަކަށް ވީ މި ވަގުތަށް ވަގުތީ ހައްލެއްގެ ގޮތުގައި ބޭރު ރެފްރީން އަލުން ގެނެވިގެންދާނެ," ބައްސާމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ ރެފްރީންގެ ގޮތުގައި ދެން ގެންނަން ހަމަޖެހިފައި އޮތީ މެލޭޝިއާގެ ދެ ރެފްރީންނާއި އިންޑޮނީޝިއާގެ ދެ ރެފްރީންނެވެ. އަންނަ ހަފްތާ ތެރޭގައި އެ ރެފްރީންތައް އަންނަން ފަށާނެ އެވެ.

މީގެ ކުރިން ވެސް ވަގުތީ ހައްލެއްގެ ގޮތުން ގިނަ ފަަހަރުތަކެއްގެ މަތިން ވަނީ ބިދޭސީ ރެފްރީން ގެނެސްފަ އެވެ. ރަނގަޅަށް ދިވެހި ރެފްރީން އިތުރަށް ތަމްރީންކުރުމާއި އިތުރު ރެފްރީން އުފެއްދުމާއި ރެފްރީގެ މައްސަލަތަކުގައި ހުރި އެހެނިހެން ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ޕްލޭންތަކެއް ހެދިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ދުރުރާސްތާ އަށް ހައްލުތަކެއް ގެނެސްގެން މަސައްކަތްކުރާ ކަމަށް ވާނަމަ ޖެހޭނީ ގިނަ ރެފްރީންތަކެއް ޑިވެލޮޕްކުރަން ކަމަށެވެ.

"އެހެންވީމަ މިހާރު ދާދި ފަހުން މި ބޭއްވުނު މީޓިން (ބައްދަލުވުން) އަށް ފަހު މި ނިމުނީ އޭއެފްސީގެ އެހީތެރިކަން ހޯދައިގެން ރެފްރީ އިންސްޓްރަކްޓަރެއް ގެނެސްގެން ހަ މަސް ދުވަހަށް މުޅި ރާއްޖޭގައި ރެފްރީންގެ ކޯސް ހިންގުމަށް ފަހުގައި އެތަނުން އެންމެ ރަނގަޅު ރެފްރީން ނުވަތަ ކްރީމް ރެފްރީންތައް ނެގިގެން ވަކި ހާއްސަ ބެޗެއްގެ ގޮތުގައި ވަން އިޔާ (އެއް އަހަރު) ވަންދެން ޓްރެއިން ކުރުވާ މެޗުތަކެއް ދީ ޓެސްޓްކުރުމާއި މި ހުރިހާ ކަމެއް ކުރެވިގެންދިއުން," ބައްސާމް ވިދާޅުވި އެވެ.

"ޓާގެޓަކީ 100 ވަރަކަށް ރެފްރީން ޑިވެލޮޕްކުރުން"

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާގެ ރެފްރީންގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު ރާއްޖޭގެ މުހައްމަދު އަމީޒް، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓްގެ މަސައްކަތާ ހަވާލުވީ 2019 ވަނަ އަހަރުގެ މެދުތެރެއިންނެވެ. އެ ފަހުން ރެފްރީންގެ މަސައްކަތަށް ރަނގަޅު އުސޫލުތަކެއް އެކުލަވާލަން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓާއި އެފްއޭއެމްގެ ލީޑަޝިޕާ އެކު ރެފްރީންގެ މި ކަންކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވުމަށް ފަހު އެފްއޭއެމުން ވަނީ ޑިވެލޮޕްމަންޓް ޕްލޭނެއް ވެސް ކަނޑައަޅައިފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަށް މި އައީ އާ ބެޗެއް އެކުލަވާލެވި ބެޗް ރަނގަޅަށް ޓްރެއިން ކުރެވިގެން ގެންދިއުން. ދެން އަޅުގަނޑުގެ ވިސްނުމަކަށް މި އަންނަނީ ގާތްގަނޑަކަށް 100 ވަރަކަށް ރެފްރީން މި ކްރީމް ތެރޭގައި މި ބެޗް ތެރެއަށް ވަދެގެން ދާނެ ކަމަށް," ބައްސާމް ވިދާޅުވި އެވެ.

"މި ސަތޭކަ ރެފްރީ އަޅުގަނޑުމެން ޑިވެލޮޕްކުރުމަށް މަސައްކަތްކުރުން ދެން މި އޮތީ. އަޅުގަނޑު އުއްމީދު ކުރާހިތް އޮތީ. ކުރިއަށް އޮތް ދެ މަހެއް ނޫނީ ދޮޅު މަހެއް ތެރޭގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދިއުން,"

އެފްއޭއެމްއާ އެކު މި ސީޒަން ފެށުމުގެ ކުރިން ކްލަބްތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލީގުގެ މެޗުތަކަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރެފްރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ކްލަބްތަކާ އެކު އެފްއޭއެމުން ސޮއިކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ރެފްރީންގެ ނިންމުންތަކަށް މީޑިއާގައި ފާޑުކިޔުމުގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ މައްސަލައެއް އޮވެއްޖެ ނަމަ ލިޔުމުން ހުށަހެޅުމެވެ. އެނގިފައިވާ ގޮތުގައި ބައެއް ކްލަބްތަކުން ވަނީ ރަސްމީކޮށް ވެސް ރެފްރީންގެ މައްސަލަ ހުށަހަޅައިފަ އެވެ.

މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުނީ ރެފްރީންނަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާޑުނުކިޔޭ ގޮތަށް ހަދަން ޖެހުނީ ރެފްރީންނަށް ހިމާޔަތެއް ދިނުމުގެ ގޮތުންނެވެ. އެގޮތުން ރެފްރީންނަށް ކޯޗުން ފާޑުކިޔުމުން އެ ރެފްރީން ވަޒީފާ އަދާކުރާ އޮފީސްތަކުން ރެފްރީންނަށް ފިޔަވަޅު އަޅާފައިވާކަން އެނގިފައިވެ އެވެ.

ފުޓްބޯލް ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންނަނީ ޒުވާން އުމުރުގެ ގިނަ ރެފްރީންތަކެއް ޑިވެލޮޕްކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ. ރެފްރީން ތަމްރީންކުރާ އެކެޑަމީއެއްގެ ގޮތުގައި ހަރަކާތްތައް ކުރިއަށްގެންދާއިރު, އެ އެސޯސިއޭޝަނުގެ މަސައްކަތަށް ލިބޭ ތަރުހީބު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox