އޭއެފްސީ ކަޕްގައި ފަސް ބަދަލުކުރެވޭނެ

އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ފުޓްބޯޅަ އަލުން ފެށިއިރު ދުނިޔޭގެ ގިނަ މުބާރާތްތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް, މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތަކުގައި ފަސް ބަދަލުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި މިއަދު ހަވީރު މާލޭގައި ރާއްޖޭގެ އީގަލްސް އާއި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ކުޅޭނެ އެވެ. އެ މެޗުގައި ވެސް ފަސް ބަދަލުކުރެވޭނެ އެވެ.

ކޮވިޑް-19 އަށް ފަހު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ފަސް ބަދަލުކުރާ ގޮތަށް ހަދަން މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ވިސްނުން ހުރި ގޮތެއް އެފްއޭއެމުން އޭރު އޮޅުންފިލުވި އެވެ. އެކަމަކު ގިނަ ކްލަބްތަކުން ފަސް ބަދަލު ކުރެވޭ ގޮތް ހަދަން އެއްބަސްނުވުމުން ލޯކަލް ސީޒަނުގައި މެޗުތަކުގައި ކުރަނީ ތިން ބަދަލެވެ.

ކޮވިޑްގެ ހާއްސަ ހާލަތާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގައި އަމަލުކުރަމުން އަންނަ ފަސް ބަދަލު ގެންނަން ބޭނުންކުރަން ޖެހޭނީ ތިން ފުރުސަތެކެވެ. މި ގޮތަށް ނިންމި ސަބަބަކީ މެޗު ލަސްކުރުމުގެ ފުރުސަތު އެއްވެސް ޓީމަކަށް ނުދިނުމަށެވެ. ދެ ޓީމުން އެއްކޮށް އެއް ފަހަރާ ކުޅުންތެރިން ބަދަލުކުރި ކަމުގައި ވިޔަސް ގުނާނީ އެއް ފުރުސަތެއްގެ ގޮތުގަ އެވެ.

އޭއެފްސީ ކަޕްގައި ފަސް ބަދަލު ކުރެވުމަކީ މި މުބާރާތުގައި ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަންނަ މަހު 14 އިން 21 ގެ ނިޔަލަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. މާޒިޔާގެ އިތުރުން އެ ގްރޫޕްގައި އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އެވެ. ދެން އޮތް އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.

ކޮލިފައިންގައި ވާދަކުރަނީ އީގަލްސް އާއި ތިމްޕޫގެ އިތުރުން ނޭޕާލްގެ އާމީ ކްލަބާއި ސްރީލަންކާގެ ޕޮލިހާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަަބަހާނީ އެވެ. އީގަލްސް އާއި ތިމްޕޫ ކުޅެގެން މޮޅުވާ ޓީމެއް ކޮލިފައިން ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ އަަބަހާނީ އެވެ. ނޭޕާލް އާމީ ކްލަބާއި ސްރީލަންކާ ޕޮލިސް ކުޅެގެން މޮޅުވާ ޓީމެއް ދެ ވަނަ ބުރުގައި ބައްދަލުކުރާނީ ބެންގަލޫރުއާ އެވެ. ކޮލިފައިން ދެ ވަނަ ބުރުގެ މެޗުން މޮޅުވާ ދެ ޓީމެއް ބައްދަލުކުރާނީ ޕްލޭއޮފްގަ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނެ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުތައް ކުޅުމަށް ފަހު ކޮވިޑް-19ގެ ކޭސްތައް މުޅި ދުނިޔޭގައި ފެތުރެންފެށުމާ އެކު އެ މުބާރާތް ހުއްޓާލި އެވެ. ފަހުން މުބާރާތް އަލުން ފަށަން ކުރެވުނު މަސައްކަތުގެ ތެރޭގައި ސެންޓްރަލައިޒްކޮށް އެކި ގައުމުތަކުގައި ވަކި ވަކި ގްރޫޕްގެ މެޗުތައް ކުޅެން ނިންމި އެވެ. އޭރު މެޗުތައް ފެށި ނަމަވެސް އޭއެފްސީގެ ވިސްނުމަކީ މެޗުތަކުގައި ފަސް ބަދަލުކުރެވޭ ގޮތް ހެދުމެވެ. އެކަމަކު ފަހުން ހުރިހާ ގްރޫޕްގެ މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނެތިގެން އޭއެފްސީން މިދިޔަ އަހަރުގެ މުބާރާތް އެއްކޮށް ކެންސަލްކުރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox