މަގާމުގެ ވާދަވެރިކަން ގްރީން ސްޓްރީޓްސްގައި ބޮޑު: ޗޯޓު

ލީގުގެ މެޗެއްގެ ތެރެއިން ޗޯޓު ދަ ގްރާންޑޭގެ ސައްމެ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން ޗޯޓު ދަ ގްރާންޑޭގެ ސައްމެ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފުރަތަމަ އެގާރަ އަށް އެރުމަށް ކްލަބް ގްރީން ސްޓްރީޓްސްގައި މަގާމުގެ ވާދަވެރިކަން ބޮޑު ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު ދެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ޗޯޓު އެވެ. އަނިޔާއެއްގައި ހުރެ އެންމެ ފަހުން މެޗުގައި ކުޅުނު ޗޯޓު, 19, ބުނީ ފަހަކަށް އައިސް މެޗުތަކުގައި ދެއްކޭ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ޕާފޯމަންސާ (ކުޅުން) މެދު ހިތްހަމަޖެހޭ. އެކަމަކު އަދިވެސް އެންމެ ފިޓް ނުވެގެން މިއުޅެނީ. ދެން އަންނަ މެޗަށް އިރާދަކުރެއްވިއްޔާ އެންމެ ފޯމުގައި އިންނާނީ," ލީގުގައި ދަ ގްރާންޑޭ އަތުން 2-0 އިން މޮޅުވި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނު ޗޯޓު އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

Advertisement

މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ގުޅުނު ޗޯޓު ބުނީ އެ ޓީމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ވަރަށް ފޯކަސް ކަމަށެވެ.

"އެންމެން ވެސް ވަރަށް ފޯކަސް މެޗުތަކަށް. (ފުރަތަމަ އެގާރައިން ފުރުސަތު ހޯދުން) ވަރަށް އަސްލު ޓައިޓް ދެން އެންމެން ވެސް އެހާ މޮޅު. ވަރަށް މަސައްކަތްކޮށްގެން މި އަރަނީ (ފުރަތަމަ އެގާރަ އަށް)," ޗޯޓު ބުންޏެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޖަމާލުއްދީން ސްކޫލުން ފެނުނު ޗޯޓު ފުޓްބޯޅަ ޓްރެއިނިންތައް ފެށީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) މުސްތަގުބަލަށް ޒުވާން ކުޅުންތެރިން އުފެއްދުމަށް ފެށި އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އިންނެވެ. ފަހުން އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުނުއިރު, އޭނާ އަކީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ލޯ މެޑަލް ގެނެސްދިން ޓީމުގެ ކެޕްޓަނެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރު ގުއާމާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅުނު މެޗަކީ ޗޯޓު ގައުމީ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ކްލަބް ކެރިއަރު ފެށީ 2018 ވަނަ އަހަރު ފޯކައިދޫ ޓީމުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވެ ގިނަ މެޗުތަކެއްގައި ކުޅެމުން އަންނައިރު, އޭނާ ވަނީ 11 މެޗުން ތިން ގޯލު ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޗޯޓު އަށް ފޯކައިދޫ ޓީމުން ފުރުސަތު ދީ އަދި މިހާރު ގްރީން ސްޓްރީޓްސްގައި އޭނާ އަށް ކޯޗުކޮށްދެމުން އަންނަ ކުރީގެ ޔޫތު ކޯޗު އަލީ ނިސްތާރު ބުނީ ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފިނަަމަ ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ޗޯޓު ވާނެ ކަމަށެވެ.

"(ޗޯޓު) މިހާރު ވެސް ކުޑަ އިންޖަރީއަކާ އެކު އެ ކުޅެނީ. އަޅުގަނޑު އަށް ދޭން ބޭނުން މެސެޖަކީ ޗޯޓު ތި ހިތްވަރު ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ މޮޅު ޕްލޭޔަރަކަށް ވާނެއޭ," ނިސްތާރު ބުންޏެވެ.

ޗޯޓު އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމަށް އޭނާ އަށް ކުރިން އިރުޝާދުދިން ބޮޑުހީނާގެ އިތުރުން ކްލަބް އީގަލްސްގެ މިހާރުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބުނެފަ އެވެ.

ލީގުގައި ދެން އެންމެ އަވަހަށް ގްރީން ސްޓްރީޓްސް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox