އީގަލްސްއާ ދެކޮޅަށް ކުޅެން ތިމްޕޫ ތައްޔާރުވީ އިންޑިއާގެ އެހީގައި

އިންޑިއާގައި ތިމްޕޫ ސިޓީން ކުރިއަށްގެންދިޔަ ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: ތިމްޕޫ ސިޓީ/ ފޭސްބުކް

އިންޑިއާގައި ތިމްޕޫ ސިޓީން ކުރިއަށްގެންދިޔަ ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: ތިމްޕޫ ސިޓީ/ ފޭސްބުކް

އަންނަ ބުދަ ދުވަހު ހަވީރު އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން ބޫޓާނުގެ ތިމްޕޫ ސިޓީން އިންޑިއާގެ އެހީގައި ތަމްރީންތައް ފުރިހަމަކޮށްފި އެވެ.

މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ކަލްކަތާ އަށް ތިމްޕޫ ސިޓީ ދިޔައީ އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)އާ މަޝްވަރާކުރުމަށް ފަހު ރާއްޖެ އައުމުގެ ކުރިން ރަނގަޅު ފެސިލިޓީއެއްގައި ތަމްރީންތައް ފުރިހަމަކުރުމުގެ ގޮތުންނެވެ. އިއްޔެ އެންމެ ފަހު ޓްރެއިނިން ސެޝަންތައް ނިންމާލުމަށް ފަހު ތިމްޕޫ މިއަދު މެންދުރު ފަހު ރާއްޖެ އަންނާނެ އެވެ.

ތިމްޕޫގެ ކޯޗަކަށް ހުރީ ކުރިން ބޫޓާން ގައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ނަވަން ދެންޑަޕް އެވެ. ތިމްޕޫ އިން މިދިޔަ ސީޒަނުގައި ބޫޓާނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. އެކަމަކު ތިމްޕޫ އިން ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ކުރު ކޮންޓްރެކްޓްތަކެއްގައި ބޫޓާން ގައުމީ ޓީމުގެ ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ. އެ ޓީމުން އީގަލްސްއާ ދެކޮޅަށް ނުކުންނައިރު, ޓީމުގައި އެއްވެސް ބިދޭސީ ކުޅުންތެރިއެއް ނުހިމެނޭނެ އެވެ.

Advertisement

ބޫޓާންގެ ކޯޗު ދެންޑަޕް އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އިންޑިއާގައި ޓްރެއިނިން ކޭމްޕް ކުރިއަށްގެންދަން ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށާއި އީގަލްސް މެޗަށް އޭގެ ފައިދާކުރާނެ ކަމަށެވެ.

މީގެ ކުރިން ތިމްޕޫ އިން ވަނީ ރާއްޖޭގެ ވެލެންސިއާއާ ދެކޮޅަށް އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ކޮލިފައިންގައި ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެކަމަކު މާލޭގައި ކުޅުނު ދެ ވަނަ ލެގުން ވެލެންސިއާ އިން ވަނީ 3-0 އިން ތިމްޕޫ ބަލިކޮށްފަ އެވެ.

އެ މެޗުގެ ހާލަތާއި މި ފަހަރު މެޗު ކުޅެން ޖެހޭ ގޮތް ތަފާތެވެ. ކުރިން އޭއެފްސީ ކަޕް ކޮލިފައިންގައި ދެ ލެގު އޮންނައިރު, މި ފަހަރު މެޗު ކުޅެނީ އެއް ލެގަށެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން މި ވަގުތު މެޗުތައް ކުޅެވެން ނެތުމުންނެވެ.

އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކޮށްފަ އެވެ. މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ވަނީ ލެބަނަން ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުހައްމަދު ތޯހާ އާއި ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު މިސްރުގެ ޑިފެންޑަރު އެލްސައީދުގެ އިތުރުން ރަޝިއާގެ ކްލަބްތަކަށް ކުޅެފައިވާ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން އެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް އިން އިއްޔެ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ގަލޮޅު ދަނޑުގަ އެވެ. އީގަލްސް އިން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި މި ފަހަރު ކުޅޭއިރު, އެ ޓީމު މި މުބާރާތަށް ކޮލިފައިވީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. ތިމްޕޫ މެޗަށް އީގަލްސް އިން ވަނީ މިއަދު ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ.

މީގެ ކުރިން ރާއްޖޭގެ ދެ ކްލަބް ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބެ އެވެ. އެކަމަކު ފަހުން އޭއެފްސީން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާ އެކު ގްރޫޕް ސްޓޭޖުން ފުރުސަތު ލިބެނީ ރާއްޖޭގެ ޗެމްޕިއަނަށެވެ. އެ ހައިސިއްޔަތުން ގްރޫޕް ސްޓޭޖުގެ ފުރުސަތު ރާއްޖޭން ލިބުނީ މާޒިޔާ އަށެވެ. ދެން އޮތީ އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިންގައި އީގަލްސްގެ އިތުރުން ދެން ވަރުގަދަކޮށް އޮތީ މީގެ ކުރިން ގްރޫޕް ސްޓޭޖުގައި ކުޅުނު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އޭއެފްސީ ކަޕްގެ ފައިނަލުގައި ވެސް ކުޅެފައިވާ އިންޑިއާގެ ބެންގަލޫރު އެވެ. ތިމްޕޫ އަތުން އީގަލްސް މޮޅުވެއްޖެނަމަ މި މަހު 14 ވަނަ ދުވަހު އަބަހާނީއާ ކުޅެން ޖެހޭނެ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ރާއްޖޭން ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުތައް ބާއްވާނީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox