ސަސް އިން ވަރުގަދަ މާޒިޔާ ހުއްޓުވައިފި

ސަސްގެ ފައްރާހު (ކ) ކައިރިން މާޒިޔާގެ ޓަކާޝީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސަސްގެ ފައްރާހު (ކ) ކައިރިން މާޒިޔާގެ ޓަކާޝީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ލީގުގެ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ލަނޑެއް ޖެހިޔަނުދީ ހުއްޓުވައިފި އެވެ.

މި ނަތީޖާއާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު, ދެ ވަނައިގައިވާ ވެލެންސިއާ އަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ މި ހަފްތާގައި ކުޅެން އޮތީ އީގަލްސްއާ އެވެ. އެކަމަކު އީގަލްސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ މެޗު އޮތުމުން ވެލެންސިއާއާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. ލީގުގައި މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ. ދަ ގްރާންޑޭ މި ވަގުތު ތިން ވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓާ އެކު އެވެ.

މެޗުގެ ކުރިން ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ މާޒިޔާ އަތުން ލިބޭ ޕޮއިންޓެއްވާނީ ބޯނަހެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ. މިރޭގެ މެޗު އެއްވަރުކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މިއީ ހަގީގަތުގައި ވަރަށް ބުރަ މަސައްކަތުން ހޯދުނު ޕޮއިންޓެއް ކަމަށާއި ކުޅުންތެރިންނަށް ޝުކުރުއަދާކުރާކަމަށެވެ.

Advertisement

"ޖުމްލަކޮށް ކުޅުންތެރިންގެ އެފަޓް ވަރަށް ވަރަށް ހިތްހަމަޖެހޭ. ވަރަށް ވަރަށް އުފާވޭ. އެންމެ ރަނގަޅަށް ނުކުޅެވުނު ކަމުގައި ވިޔަސް މާޒިޔާ ކަހަލަ ރާއްޖޭގައި އޮތް އެންމެ ގަދަ ޓީމު އެންމެ ގަދަ ސްކޮޑު އެންމެ މޮޅެތި ކުޅުންތެރިން ތިބި ޓީމު އަބަދުވެސް އިހުތިރާމްކުރާނަން އެ ކުޅުންތެރިންނަށް ހަމަ. މިއަދު ކުރި މަސައްކަތް ވޯކްރޭޓް ވަރަށް ރަނގަޅު އެކަމަށް ނެތް ބުނާނެ އެއްޗެއް. މި ލިބުނު ޕޮއިންޓަކީ މި ލީގުގައި ކުރިއަށްދާން ވަރަށް މުހިއްމު ޕޮއިންޓެއް," މޯހަން ބުންޏެވެ.

މި ޕޮއިންޓާ އެކު ސަސް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް ވަނައިގައި އޮތް އީގަލްސް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އީގަލްސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ހަ ވަނައިގައި ސަސް އޮތީ 11 މެޗުން 12 ޕޮއިންޓް ހަަމަކޮށް ލަނޑުގެ ތަފާތުންނެވެ.

ސަސް އިން އެންމެ ފަހުން ކުޅުނު ދެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ހިމެނުނު އަބްދުالله ޖުނައިދު (ޖެންނޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނީ މި ދެ ކުޅުންތެރިންނަކީ މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ސަސް އަށް ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވާތީ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ސަސްގެ ފުރަތަމަ އެގާރައިގައި ހިމެނުނީ ޓީސީ ދޫކޮށް އެ ޓީމަށް ބަދަލުވި ނަޝާހު އަހުމަދު (ނައްޓު) އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ އަތުން ސަސް މޮޅުކޮށްދިން ގޯލު ޖެހި އައިހަމް އަހުމަދު އެވެ.

މެޗު ފަށައިގެން މާޒިޔާ އިން މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު, ސަސްގެ އިން ދިޔައީ މާޒިޔާ އެޓޭކްކުރަން ޖާގަ ނުދީ ރަނގަޅަށް ޑިފެންސްކުރަމުންނެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ އުފެއްދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާބޭރުން ހަމްޕު ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ސަސްގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ އައިހަމް އެވެ. މެޗުގެ 24 ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ އައިހަމް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވަނީ ސަލާމަތްކޮށްފަ އެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 26 ވަަނަ މިނިޓްގައި އެ ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޓަކާ ފޮނުވާލި ބާރު ބޯޅަ ސަސްގެ ކެޕްޓަން އަބްދުالله ހަނީފް (ބެންޖޯ) ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަސް އިން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. ސަސްގެ ހާފްގެ ތެރެއިން އެ ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ މަތިން ނަގައިދިން ބޯޅަ މާޒިޔާގެ އޭރިއާބޭރުން ހޯދުމަށް ފަހު ސަސްގެ މޮރޮކޯ މިޑްފީލްޑަރު އަޖްނާން މުހައްމަދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މާޒިޔާ އިން ދެ ވަަނަ ހާފަށް ނުކުތީ ދެ ބަދަލަކާ އެކު އެވެ. މުހައްމަދު އުމެއިރު އާއި ޔާމްބެގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) އާއި ހަސަން ނާއިޒު (ދާދު) ވަނީ ކުޅެން އަރުވައިފަ އެވެ. މި ސީޒަނުގައި ދާދު ބޮޑަށް ފެންނަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ދާދު އަށް ސަސް އޭރިއާތެރެއިން ލިބުނު ފުރަތަމަ ފުރުސަތުގައި އޭނާ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ސަސް ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ދާދު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި މާޒިޔާގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ސަސް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމެއްގައި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ސަސްގެ އުޒްބެކިސްތާން ގޯލްކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފަ އެވެ. އަދި މެޗުގެ 72 ވަނަ މިނިޓްގައި އޭރިއާތެރެއިން ފޭދޫ އިއްބެ ޖެހި ޝޮޓްގެ ހުރަހަކަށްވީ ވެސް މިރުޒޮހިދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަސްގެ ކެޕްޓަން ބެންޖޯ ބުނީ މިއީ މި މެޗަށް ވަކި ގޮތަކަށް ރާވައިގެން ކޯޗުގެ ޕްލޭނާ އެއްގޮތަށް ހޯދި ކާމިޔާބެއް ކަމަށާއި މީގެ ކްރެޑިޓް ހައްގުވާނެ އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކީޕަރު މިރުޒޮހިދު އަށެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ސަސްގެ ކީޕަރުގެ މިރުޒޮހިދުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ވެސް ފެނިގެންދިޔަ ކަމަށާއި އެކަމަކު މެޗު ލަސްކުރަން އޭނާ އެތައް ގޮތަކުން މަސައްކަތްކުރިއިރު ވެސް ރެފްރީ އޭނާ އެ ގޮތަށް ކަންތައްތައް ފުރުސަތު ދިނުމުން ކުޅުމަށް އަސަރުކުރި ކަމަށެވެ. އަދި އެއީ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިޑަކޮވިޗް ބުންޏެވެ. އަދި ސަސް އިން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު, މާޒިޔާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހުމަށް ބޭނުންވާ ނަސީބުގެ އެހީތެރިކަން ނެތުން ވެސް އެއީ މައްސަލައެއް ކަމަށް ވިޑަކޮވިޗް ފާހަގަކުރި އެވެ.

ލީގުގެ ކުރިއަށް އޮތްތަނުގައި ގިނަ ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ކުޅެން ވިސްނާނީ މިރޭ ސަސް ކުޅުނު ގޮތަށް ކަަމަށާއި އެހެން އެކަން އޮތުމުން މި ފަދަ މެޗުތަކުގައި މާޒިޔާ އިން ކުޅޭނެ ގޮތްތަކަކާ ބެހޭގޮތުން ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށާއި އެއީ ދެން މި ހިސާބުން ފެށިގެން މި ސީޒަނުގެ ނިޔަލަށް ވެސް މާޒިޔާ ވިސްނަން ޖެހޭނެ ކަމެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"ކޮންމެ ޓީމެއް ވެސް ދެން މާޒިޔާއާ ދެކޮޅަށް ކުޅެން ވިސްނާނީ މިހެން. ފަހަތުގައި މަޑުކޮށްގެން ތިބެގެން. މި ގޮތަށް ކުޅެން ވެސް ހުއްދަ އެބައޮތް. މީގެ މައްސަަލައެއް ނެތް. އިދިކޮޅަށް ނުކުންނަ ޓީމެއް ބޭނުން ގޮތަކަށް ކުޅުމުގެ ހައްގު އެ މީހުންނަށް އެބައޮތް. މީގެ އަހަރެމެން ޖެހޭނީ އަމިއްލަ އަށް އިމްޕްރޫވްކުރަން. އެޓޭކްގައި ރަނގަޅުކުރަން ޖެހޭނީ. މި ގޮތަށް ޑިފެންސްކޮށްގެން ކުޅޭ ޓިމުތައް ހުޅުވާލެވޭނެ ތަޅުދަނޑިއެއް ހޯދުން އޮތީ," ވިޑަކޮވިޗް ބުންޏެވެ.

ދަނޑުގެ ވިނަގަނޑުގެ ހާލަތާ ބެހޭގޮތުން އަބަދު އެއް ވާހަކައެއް ތަކުރާރުކުރަން ޖެހުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެހެން ނަަމަވެސް އެކަމަށް ހައްލެއް ނުލިބި ރަނގަޅު ފުޓްބޯޅައެއް ކުޅެން އުނދަގޫވާތީ އެ ވާހަކަތައް ދައްކަނީ އެ ކަންތައްތައް ރަނގަޅުކުރަން ބޭނުންވާތީ ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox