މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: މޯހަން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާޒިޔާ އަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބް ކަމަށާއި އެ ޓީމު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް ކަމަށް މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ މި ވަގުތު އޮތީ 10 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ސަސް ހަ ވަނައިގައި އޮތީ 10 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ސަސްގެ އަމާޒަކީ ގަދަ ހައެއްގެ ތެރޭގައި އޮތުމަށް ކަމަށާއި ރާއްޖޭގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މާޒިޔާއާ ދެކޮޅަށް ސަސް އިން ފޯކަސްކޮށްގެން މަސައްކަތް މިކުރަނީ ޕޮއިންޓެއް ނޫނީ ކާމިޔާބެއް ހޯދުމަށް ކަމަށެވެ.

"މި މެޗުގައި އަޅުގަނޑުމެންނަށް މި ލިބޭ ޕޮއިންޓު ވެސް ވާނީ ބޯނަސް އަކަށް. އަޅުގަނޑުމެން ވިސްނުން މި ހުރީ ރެލިގޭޝަނުން ސަލާމަތްވެ ގަދަ ހަޔަކަށް އެރޭތޯ މަސައްކަތްކުރުން. އެ ކަމުގައި ކުރާ މަސައްކަތުގައި މި މެޗުން ޕޮއިންޓެއް ލިބިއްޖިއްޔާ އެއީ ހިތްވަރަކަށް ވާނެ. އެކަމަކު ޕޮއިންޓެއް ނުލިބުނަސް މާ ބޮޑު މާޔޫސްކަމެއް ނުހުންނާނެ. އެއީ ކުރިއަށް މުހިއްމު މެޗުތަކެއް އެބަހުރި ފޯކަސް ކުރަން," މޯހަން ބުންޏެވެ.

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ ލީގުގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރާނީ މާޒިޔާ ބަލިކުރަން ކަމަށް ބުނެފަ އެވެ. ސަސްގެ ވެސް އޮތީ އެ ރޫހު ތޯ ސުވާލުކުރުމުން މޯހަން ބުނީ ސީދާ އެ ވިސްނުން އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ވަކި އިތުރު ހިތްވަރެއް ނީންނާނެ. އެއީ އަޅުގަނޑުމެންގެ މައިގަނޑު ފޯކަސް އަކީ މާޒިޔާއާ ކުޅެގެން އެންމެ ބޮޑު ކާމިޔާބު ހޯދުމެއް ނޫން. އަޅުގަނޑުމެންގެ މި އޮތީ ގަދަ ހަޔަކަށް އެރުމުގެ ވިސްނުން. މީގެ ހަގީގަތަށް ވިސްނަންޖެހޭނީ. ހަގީގަތަކީ މާޒިޔާގައި މި ވަގުތު ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ތިބީ. ބޭރުގެ ވެސް އަގުބޮޑެތި މޮޅެތި ކުޅުންތެރިން. އެހެންވެ މާޒިޔާ ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. ދެން ކޮންމެ ބަޔަކު ވެސް ކޮންމެ މެޗަކަށް ވެސް އަރާނީ ކާމިޔާބެއް ހޯދޭތޯ. އެގޮތުގައި އަޅުގަނޑުމެން ވެސް ނުކުންނާނީ," ކުރިން އީގަލްސްއާ އެކު މާޒިޔާ އަތުން މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުން މޮޅުވި މޯހަން ބުންޏެވެ.

ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ މިދިޔަ ފެބްރުއަރީ މަހު ތިން ވަނަ ދުވަހު ލީގު މެދުކަނޑާލުމަށް ފަހު މިދިޔަ މަހު 26 ވަނަ ދުވަހު ލީގު އަލުން ފެށި ފަހުން ސަސް ވަނީ ދެ މެޗު ކުޅެފަ އެވެ. އަލުން ލީގު ފެށި ފަހުން މާޒިޔާ ކުޅުނީ އެންމެ މެޗެކެވެ. މާޒިޔާގެ ކޯޗު ވިޑަކޮވިޗް ވަނީ މީގެ ސަސް އަށް އެޑްވާންޓޭޖް އޮވެދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މޯހަން އެކަމަށް އެއްބަހެއްނުވެ އެވެ.

"ދެން އެ ކޯޗަކަށް ދެއްތޯ އެ ކޯޗަކު ވިސްނާ ގޮތް އެނގޭނީ. އެކަމަކު މިހާ ކައިރިކައިރީގައި މެޗު ކުޅޭއިރު އޭގެ ޑިސެޑްވާންޓޭޖް ބޮޑީ. ހައެއްކަ ދުވަސް ލިބޭނަމަ އެއީ އެޑްވާންޓޭޖް. އެކަމަކު އެހާ ކައިރި ކައިރީގައި ދެ މެޗު ކުޅެފައި ތިން ވަނަ މެޗަށް ނުކުންނައިރު އޭގެ ޑިސެޑްވާންޓޭޖް ބޮޑު ކަމަށް އަޅުގަަނޑު ގަބޫލުކުރަނީ," މޯހަން ބުންޏެވެ.

ޓްރާންސްފާ މާކެޓްގައި ސަސް އިން ގެނައި ސްވިޑަންގެ ފޯވާޑް ޝްކޮޑްރަން މަހޯލީ އާއި މޮރޮކޯގެ މިޑްފީލްޑަރު އަޖްނާން މުހައްމަދު އެއްކޮށް ފިޓްވާން ދުވަސްތަކެއް ނަގާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ސަސްއާ ގުޅުނު އަބްދުالله ޖުނައިދު (ޖެންނޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އެއީ ސަސް އަށް އެ ދެ ކުޅުންތެރިން ދޫކޮށްލި ކޮންޓްރެކްޓްގައި އެ ގޮތަށް ހިމަނާފައިވާތީ އެވެ.

މާޒިޔާ އާއި ސަސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox