ޔޫވީގެ ވާހަކަ މީހުން ދައްކާވަރު ކޮށްދޭނަން: ސާންތީ

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ސާންތީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ސާންތީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެކު މަސައްކަތްކުރާއިރު, މިހާރު ވިސްނުން ހުރީ މުސްތަގުބަލުގައި މި ޓީމުގެ ވާހަކަ މީހުން ދައްކާވަރަށް ކްލަބްގެ ހާލަތު ބަދަލުކުރުން ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ޔުނައިޓެޑް ވިކްޓްރީ މި ސީޒަން ފެށީ ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ. ޕްރީ ސީޒަން އިން ފެށިގެން ސާންތީ އަންނަނީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމާ އެކު މަސައްކަތްކުރަމުންނެވެ. ކޯޗު މުހައްމަދު ވަކިކުރުމަށް ފަހު ސާންތީއާ ޓީމު ހަވާލުކުރަން ނިންމުމުން, އޭނާ އެންމެ ފުރަތަމަ ނިންމީ މި ސީޒަނުގެ ނިޔަަލަށް އެ ޓީމުގައި މަޑުކުރާށެވެ. އެކަމަކު އޭނާ ވަނީ މިހާރު އެ ކްލަބާ އެކު ވަރަށް ދުރަށް ވިސްނައި މަސައްކަތްތަކެއް ފަށައިފަ އެވެ.

ސާންތީ ބުނީ ވިސްނުމަކީ ޔުނައިޓެޑް ވިކްޓްރީ ބޯޅަ ކުޅޭ ތަފާތު ޓީމަކަށް ހެދުން ކަމަށާއި އެ ގޮތަށް ވިސްނައި ދުރާލާ މިހާރު ވެސް ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ކޯޗިން ސްޓާފުން އިތުރުކޮށް އެކި ރޯލުތަކަށް އެކި މީހުން ހަމަޖައްސަން ފަށާފައިވާ ކަމަށް ސާންތީ ބުންޏެވެ.

Advertisement

"ފާހަގަކުރަން މީގެ ކުރިން އަޅުގަނޑާއި އާދަމް އަބްދުއްލަތީފް (ލައްޗޭ)އާ ދަނޑުމަތީގައި މި ތިބެނީ. އެކަމަކު މިހާރު އަޅުގަނޑާ އެކު އެސިސްޓްކުރަން ދަނޑުމަތީގައި އުޅޭނެ ޒަރިޔަންދު ނުލައި ހަތަރު މީހުން. މި އަންނަނީ މަޑުމަޑުން މި ކަހަލަ ކަންތައް ޗޭންޖް ކުރަމުން. އެއީ އަޅުގަނޑުމެން ވެސް މިހާރު ތަންކޮޅެއް އޮގަނައިޒްވާނެ. އޮގަނައިޒްއޭ މި ބުނަނީ ކޮންމެ މީހަކަށް ޒިންމާއެއް އޮންނާނެ. ފުޓްބޯޅަ ކްލަބެއްގައި ނަތީޖާއެއް ނެރެވޭނީ ބައިވަރު ކަންތައް ރަނގަޅުކޮށްގެން," ކުރިން އީގަލްސްގައި ޓީމެއް އެކުލަވާލައި އެ ކްލަބް ޗެމްޕިއަނުންގެ ސަފަށް ގެންގޮސްދިން ކޯޗު ސާންތީ ބުންޏެވެ.

"އެހެންވީމަ އެ ކަންތައްތައް ކޮށްފައި ޔޫވީގެ ވާހަކަ މީހުން ދައްކާވަރު ކޮށްދޭނަން. މިހާރު ވެސް ޔޫވީގެ ވާހަކަދައްކައި އެންމެ ފުލުގައި އޮތީމަ އެކަމަކު އެގޮތަކަށް ނޫން އެެހެން ގޮތަކަށް ޔޫވީގެ ވާހަކަ ދައްކާ ގޮތަށް. ހާއްސަ ގޮތެއްގައި ޒުވާން ކުޅުންތެރިން މީގެ ތެރެއިން ނެރުން,"

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތު ޔުނައިޓެޑް ވިކްޓްރީ އޮތީ އެންމެ ފުލުގަ އެވެ. އަށް ޓީމު ވާދަކުރާ ލީގުގައި މިހާތަނަށް ކޮންމެ ކްލަބަކުން 10 މެޗު ކުޅެފައިވާއިރު, ޔުނައިޓެޑް ވިކްޓްރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ.

ސާންތީ ބުނީ މި ވަގުތު އެ ޓީމަށް ހުރި އުނދަގޫތަކުން އަރައިގަނެ މި ހާލަތު ބަދަލުކުރެވޭނެ ކަމަށެވެ. މިއީ ކޯޗެއްގެ ހައިސިއްޔަތުން ވެސް ކުރާ ތަފާތު ތަޖުރިބާއެއް ކަމަށާއި އަދި ކުޅުންތެރިން ވެސް އެ ކުރަނީ ފަސޭހަ ކަމެއް ނޫން ކަމަށް ސާންތީ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅައިގައި އަޅުގަނޑުމެންނަށް މި ފެންނަނީ ފައިންނާއި ދެން ހަށިގަނޑުގެ އެހެން ތަންތަނުުން ކުޅޭ ކުޅިވަރެއް މިއީ. ދެން އެކަމަކު ހަގީގަތުގައި މެންޓަލް އެއްޗެއް މިއީ. އެ މީހުންގެ ސިކުނޑި އަށް ވިސްނުމުގައި ވެސް ކަންތައްތަކެއް އަންނާނެ. އަޅުގަނޑުމެން އަބަދު މި ޖެހެނީ 1-0 ނޫނީ ޗޭސްކުރަން. ދެން މިއީ ބައިވަރު ކަންތައްތަކެއް. ކޮންމެ ގޮތެއް ވިޔަސް ލަކް (ނަސީބު) ވެސް މައްސަލަ އެބައުޅޭ. އެ ނޫޅެނީ ވެސް ސަބަބުތަކެއް ހުރީމަ. އެ ކުޅުންތެރިންނަށް ވެސް ނޭނގެނީ އެ ދުވަސް. އަޅުގަނޑަށް އެނގޭ އެއްޗަކީ މި ދުވަސް ދާނެކަން," ސާންތީ ބުންޏެވެ.

މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާއިރު, މިއީ މޮޅެއް ހޯދަން އެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

ސާންތީ ބުނީ މި ވަގުތު ޔުނައިޓެޑް ވިކްޓްރީ ކުރުން އެންމެ މުހިއްމު ކަމަކީ މެޗަކުން މޮޅެއް ހޯދައި ޕޮއިންޓް ޓޭބަލްގައި ލިބިފައިވާ ޕޮއިންޓް އިތުރުކޮށް އޮތް ހިސާބުން ގުޑާލުން ކަމަށެވެ. އެކަން ކުރަން ބަލާއިރު ޔުނައިޓެޑް ވިކްޓްރީ އަށް ޕްރެޝަރު ކުޑަކުރަން ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި ވިސްނުން ބަދަލުކުރަން ކުޅުންތެރިންނަށް އިރުޝާދު ވެސް ދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ފުޓްބޯޅައިގައި ވަރަށް ބޮޑު އެއްޗެއް ކުޅޭ އެއްޗެއް ޕްރެޝަރު މިއީ. ކޮންމެ ގޮތެއް ވިޔަސް އެހެން ޓީމުތަކަށް ޕްރެޝަރު ބޮޑުވާނެ. އެއީ އެ މީހުން ގަދަ ހަތަރެއް ނޫނީ ގަދަ ހައެއްގެ ތެރޭގައި އިނދެފައި ކުޅޭ ކޮންމެ މެޗަކީ އެ މީހުންނަށް ތަންކޮޅެއް ޕްރެޝަރު ބޮޑުވާނެ. ޔޫވީ އަކަށް ނެތް އެގޮތަށް ކަމެއް. އެ ގޮތަށް ކުޅޭއިރު އެޑްވާންޓޭޖް ނަގަން އަޅުގަނޑު މިހާރު ކުޅުންތެރިންނަށް ވިސްނައިދެނީ. ދެން މި އިން ހިސާބުން ގުޑާލަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން," ސާންތީ ބުންޏެވެ.

ލީގުގައި ވާދަކުރާ ކްލަބްތަކުގެ ތެރެއިން ބިދޭސީ ކުޅުންތެރިންގެ ރޯލު އެންމެ ކުޑަކޮށް ފެންނަނީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެ ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބިއިރު, އޭގެއިން މެޗުތަކުގައި ގަވާއިދުން ކުޅެނީ ދެ ކުޅުންތެރިންނެވެ. ސާންތީ ބުނީ ބިދޭސީ ކުޅުންތެރިންނަށް ވުރެން ރަނގަޅަށް ދިވެހި ކުޅުންތެރިން މަސައްކަތްކުރާއިރު, ކްލަބްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެ މީހުން ދޫކޮށްލަން މެނޭޖްމަންޓުން ވިސްނައިފިނަމަ އެކަމަށް މަރުހަބާކިޔާނެ ކަމަށެވެ. އަދި މިހާތަނަށް އޭނާ މަސައްކަތްކުރި ކްލަބްތަކުގައި އަމަލުކޮށްފައި ހުންނާނީ އެ ގޮތަށް ކަމަށް ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox