Header
Logo
team logo

ޓިއުނީޝިއާ

އެންމެ ފުރަތަމަ ވޯލްޑް ކަޕް ބާއްވަން ފެށިތާ ފުރަތަމަ 24 އަހަރަށް ބަލާއިރު، ޓިއުނީޝިއާ އަކީ ފްރާންސްގެ ބައެކެވެ. ޓިއުނީޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1978 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން ހަތަރު ވޯލްޑް ކަޕްގައި ކުޅެފައިވާއިރު،މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ޓިއުނީޝިއާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަ ވަނަ ފަހަރެވެ ވޯލްޑް ކަޕްގައި މިހާތަނަށް ޓިއުނީޝިއާ ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. މޮޅުވި ދެ މެޗުގެ ތެރޭގައި އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕެނަމާ އަތުން ހޯދި މޮޅު ހިމެނެ އެވެ. ވޯލްޑް ކަޕެއްގައި ޓިއުނީޝިއާ އެންމެ ފުރަތަމަ މެޗެއް ކާމިޔާބުކުރީ 1978 ވަނަ އަހަރު އެވެ. އެ ފަހަރު، ޓިއުނީޝިއާ އިން ދުނިޔެ ސިއްސުވާލީ ވަރުގަދަ މެކްސިކޯ ބަލިކުރުމަށް ފަހު އެވެ އެފްރިކާގެ ޗެމްޕިއަންކަން 2004 ވަނަ އަހަރު ހޯދި ޓިއުނީޝިއާ އިން މި ފަަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ފްރާންސާ އެއް ގްރޫޕެއްގައި އޮތުމަކީ ޓިއުނީޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ ޓިއުނީޝިއާ އަށް އުފަން ގިނަ ކުޅުންތެރިންތަކެއް ފްރާންސް ގައުމީ ޓީމަށް ކުޅެފައިވާއިރު، ވޯލްޑް ކަޕްގައި ޓިއުނީޝިއާ ކެޓުމަށް ފަހު އެ ގައުމުގެ އެންމެ ގިނަ ބަޔަކު ސަޕޯޓް ކުރާ ޓީމަކީ ފްރާންސް ކަމަށްވާތީ އެވެ މީގެ ކުރިން ފީފާ އަރަބް ކަޕާއި އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ޓިއުނީޝިއާގެ ކޯޗަކަށް މި ވަގުތު ހުރީ ޓިއުނީޝިއާ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ޖަލީލް ކާދްރީ އެވެ. އޭނާ އަކީ މީގެ ކުރިން ޓިއުނީޝިއާގެ އުމުރުފުރާ ގައުމީ ޓީމުތަކާއި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި ފަރާތެކެވެ ޓިއުނީޝިއާ ޓީމުން ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ތަފާތު ދައްކަން ބަލާއިރު، އެ ޓީމުގައި ދުނިޔޭގެ އެންމެ ޕްރެޝަރު ބޮޑު ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން ޓިއުނީޝިއާ ގައުމީ ޓީމު ލީޑުކުރަން ތިބީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގާއި ޔޫރަޕްގެ އެއް ވަނަ އަދި ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންނެވެ.