Header
Logo
team logo

ސައުދީ އަރަބިއްޔާ

އޭޝިއާގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ސައުދީ އަރަބިއްޔާ ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ވޯލްޑް ކަޕެއްގައި ސައުދީ އަރަބިއްޔާގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ އެ މީހުންގެ އަލަތު މުބާރާތުގަ އެވެ. އެ ގޮތުން، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ސައުދީ އަރަބިއްޔާ ވަނީ ވާދަކޮށްފަ އެވެ. ފުރަތަމަ ވޯލްޑް ކަޕަށް ފަހު ދެން ސައުދީ އަރަބިއްޔާ ކުޅުނު ހަތަރު ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދެވިފައިނުވެ އެވެ. އަމުދުން އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އަށް މޮޅުވެވުނީ ވެސް އެންމެ މެޗަކުންނެވެ. އެއީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިސްރު އަތުންނެވެ އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ގަދަ 16 ޓީމުގެ ބުރުން ސައުދީ އަރަބިއްޔާ ކެޓުމުން އެ ފަހުން އެ ޓީމަށް ވަނީ ގިނަ ބަަދަލުތަކެއް ގެނެސްފަ އެވެ. ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް އިތުރުކޮށް، މުސްތަގުބަލަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށައި، އެލީޓް ޕޫލެއްގެ ތެރެެއިން ސީނިއާ ޓީމަށް ކުޅުންތެރިން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ރަނގަޅު ސިސްޓަމެއްގެ ތެެރެއިން ފެށި އެވެ މީގެ ކުރިން ޒެމްބިއާ އާއި މޮރޮކޯ އަދި އައިވަރީ ކޯސްޓަށް ކޯޗުކޮށްދީފައިވާ ފްރާންސްގެ ހާވް ރެނާޑް ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރެނާޑް ވަނީ ސައުދީ އަރަބިއްޔާގެ ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ރެނާޑްގެ ކޯޗުކަމުގައި ސައުދީ އަރަބިއްޔާ އިން 18 މޮޅު ހަމަކޮށްފައިވާއިރު، މިއީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ތާރީހުގައި ވެސް ބިދޭސީ ކޯޗަކާ އެކު އެންމެ ނަތީޖާ ރަނގަޅު ފަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އެއްކޮށް އަމިއްލަ ގައުމުގައި ކުޅޭ ކުޅުންތެރިން ލައިގެން ޓީމު އެކުލަވާލާ މަދު ޓީމުތަކެއްގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނޭނެ އެވެ. ސައުދީ އަރަބިއްޔާ އިން އަމިއްލަ ގައުމުގައި ކުޅޭ ކުޅުންތެރިންނަށް އިސްކަން ދީގެން ޓީމު ނަގާ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ގެންދަން ބޭނުންވާނަަމަ އަމިއްލަ ލީގު ވަރުގަދަކޮށް ބޭއްވުމުގެ ބޭނުމުގަ އެވެ. ސައުދީ އަރަބިއްޔާ މި ފަހަރުގެ ވޯލްޑް ކަޕްގައި އޮތީ އާޖެންޓީނާ އާއި މެކްސިކޯ އަދި ޕޮލެންޑާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ޖާގައެއް ލިބުމުގެ އެންމެ ހަނި ފުރުސަތެއް އޮތް ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ނަގާނީ ސައުދީ އަރަބިއްޔާ އެވެ. އެހެން ކަމުން މި ފަހަރުގެ ވޯލްޑް ކަޕް ވާނީ ސައުދީ އަރަބިއްޔާ އަށް ކުރިއެކޭ ވެސް އެއްގޮތަށް ޗެލެންޖް ބޮޑު މުބާރާތަކަށެވެ.