Header
Logo

ހަކީމް ޗިޔެޗް

mesh

19 މާރިޗު 1993 (31 އަހަރު)

ވިންގް

މޮރޮކޯ

ޗެލްސީ

ޗެލްސީގެ ޓީމުން ޖާގަ ހޯދަން ހަކީމް ޒިޔެޗް އަށް އުނދަގޫވިޔަސް، މޮރޮކޯގެ ގައުމީ ޓީމުގައި އޭނާ އަކީ މުހިންމު ކުޅުންތެރިއެކެވެ. ނެދަލޭންޑްސް އަޔަކްސް އިން ވިދާލި ޒިޔެޗް އަށް މޮރޮކޯގެ ގައުމީ ޓީމުން ފުރުސަތު ލިބެން ފެށީ 2015 ވަނަ އަހަރެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ޒިޔެޗް ލިބުނެވެ. އެކަމަކު، އޭނާ ނިންމީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅޭށެވެ. މޮރޮކޯގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޗިޔެޗް ކުޅުނެވެ. ވޯލްޑް ކަޕަކީ ޒިޔެޗްގެ ކެރިއަރުގައި މުހިންމު މުބާރާތަކަށްވާނެ އެވެ. ކްލަބު ލެވެލްގައި ގެއްލިފައި އޮތް ފޯމު އަލުން ދިރުވައި، ކްލަބުތަކުގެ ސަމާލުކަން ހޯދަން މިއީ ޒިޔެޗަށް ލިބޭނެ ފުރުސަތެކެވެ. ގައުމީ ޓީމަށް ޒިޔެޗް މި އެނބުރި އައީ ބްރޭކަކަށް ފަހު އެވެ. މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ޒިޔެޗް މިދިޔަ އަހަރު ގައުމީ ޓީމާ ދުުރުގައި ވެސް ހުއްޓެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ހުރި ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދައި، ޒިޔެޗް ގައުމީ ޓީމަށް އެނބުރި އަންނަން ނިންމީ އެވެ.