Header
Logo

ވާޖިލް ވެން ޑައިކް

mesh

8 ޖުލައި 1991 (32 އަހަރު)

ޑިފެންޑަރު

ނެދަލެންޑްސް

ލިވަޕޫލް

ނެދަލޭންޑްސްގެ ޤައުމީ ޓީމުގެ ކެޕްޓަން ކަމަށްވާ ވާޖިލް ވެން ޑައިކަކީ އެ ޓީމުގެ ޑިފެންސްލައިންގެ މައި ތަނބެވެ. ލިވަޕޫލްގައި ދައްކަން ފެށި ކުޅުމާ އެކު ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ފައިތިލަ ސާބިތުކޮށްފައިވާ ވެން ޑައިކް، ނެދަލޭންޑްސްގެ ސީނިއާ ޓީމަށް ކުޅުމުގެ ކުރިން، ޖޫނިއާ ލެވެލްގެ ޤައުމީ ޓީމުތަކަށް ކުޅުނެވެ. ނެދަލޭންޑްސްގެ ޤައުމީ ޓީމަށް ވެން ޑައިކް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އެ ޓީމުގެ ކެޕްޓަނެވެ. ވެން ޑައިކް ކެޕްޓަންކަމާ ހަވާލުވި އަހަރު، ނެދަލޭންޑްސް ވަނީ ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ ރޮނާލްޑް ކޫމަން އާއި މިހާރުގެ ކޯޗު ލުއީ ވެން ހާލް ީޓީމު ރޭވުމުގައި އެންމެ ބޮޑަށް ބެލި ކުޅުންތެރިއަކީ ވެން ޑައިކް އެވެ. ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ކުޅޭ ވެން ޑައިކް އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ ސަަބަބަކީ މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕަށް އައިއިރު، އެ ޓީމު ލީޑުކުރުމުގައި ވެން ޑައިކަށް ދެއްކޭނެ ތަފާތެއް މިނެކިރުމުގެ ގޮތުންނެވެ.