Header
Logo

އެނާ ވެލެންސިއާ

mesh

4 ނޮވެންބަރު 1989 (34 އަހަރު)

މިޑްފީލްޑަރު

އެކުއޭޑޯ

ފެނަބާޗޭ

އެކުއެޑޯގެ ޤައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ އެވެ. ވެލެންސިއާ އަކީ އިކުއެޑޯގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އެކުއެޑޯ ޤައުމީ ޓީމަށް ކުޅެމުންދާ ވެލެންސިއާ ވަނީ ޤައުމީ ޓީމަށް މިހާތަނަށް 70 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމާއި އެވަޓަން އަށް ކުރިން ކުޅެފައިވާ ވެލެންސިއާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާގެ ހަތަރު މުބާރާތެއްގައި އިކުއެޑޯގެ ޤައުމީ ޓީމަށް ކުޅެފަ އެވެ. މި އަހަރު ވޯލްޑް ކަޕްގައި އިކުއެޑޯގެ ޓީމުގެ އެޓޭކްގައި އެ ޓީމަށް ވެލެންސިއާ ވަރަށް މުހިންމުވާނެ އެވެ. އެކުއެޑޯ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ އެންމެ ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެލެންސިއާ އެެވެ. އެހެންކަމުން، މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، އެކުއެޑޯގައި ވެލެންސިއާގެ ރޯލު މުހިންމުވާނެ އެވެ.