Header
Logo

ސޮން ހެއުން މިން

mesh

8 ޖުލައި 1992 (31 އަހަރު)

ފޯވާޑް

ދެކުނު ކޮރެއާ

ދެކުނު ކޮރެއާ

ދެކުނު ކޮރެއާގައި މި ވަގުތުހުރި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކެޕްޓަން ސޮން ހެއުން މިން އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުންދާ ހުނަރުވެރި ފޯވަޑްގެ ގައުމީ ޓީމުގެ ކެރިއަރު ފެށީ 2010 ވަނަ އަހަރެވެ. މިހާތަނަށް ދެ ވޯލްޑް ކަޕްގައި ސޮން ވަނީ ކުޅެފަ އެވެ. ދެކުނު ކޮރެއާގެ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ސޮން އަކީ ދެކުނު ކޮރެއާގެ ޓީމުގެ ފޯވަޑްލައިންގައި ތަފާތު ގެނެސްދޭ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ނިންމާލީ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު އަތުން މޮޅުވެގެންނެވެ. އެ މެޗުގެ އިތުރު ވަގުތުގައި ދެކުނު ކޮރެއާ އިން ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލު ޖެހީ ސޮން އެެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާގެ އުންމީދުތައް ގުޅިފައި އޮތީ ސޮން ދައްކާ ކުޅުމަކަށެވެ. އެކަމަކު، ވޯލްޑް ކަޕް ފެށެން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި އޮއްވައި، ސޮންގެ ލޮލު ކައިރީ ކަށިގަނޑަށް އަނިޔާވެ، އޭނާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ވަގުތު އޮއްވައި، ސޮންގެ އޮޕަރޭޝަނެއްކޮށް އޭނާ ވަނީ މުބާރާތުގައި ކުޅެވޭ ވަރަށް ފިޓްވެފަ އެވެ.