Header
Logo

ސާލެމް އަލް ދައުސާރީ

mesh

19 އޮގަސްޓު 1991 (32 އަހަރު)

ފޯވާޑް

ސައުދީ އަރަބިއްޔާ

އަލް ހިލާލް

ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ އަލް ހިލާލަށް ކުޅެމުންދާ ސާލެމް އަލް ދައުސާރީ އަކީ ސައުދީގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސައުދީގެ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ދައުސާރީ ސައުދީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ރަޝިއާގައި އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިސްރު އަތުން ސައުދީ މޮޅުވީ ދައުސާރީ ޖެހި ލަނޑަކުންނެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ސައުދީގެ އެޓޭކް ލީޑުކުރުމުގައި ދައުސާރީގެ ރޯލު ބޮޑުވާނެ އެވެ. ސައުދީން މި ފަހަރުގެ. ވޯލްޑް ކަޕްގައި ނުކުންނަނީ ވަރަށް ބޮޑަށް އެ ގައުމުގެ ފުޓްބޯޅަ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވާ ޓީމެއް ގޮވައިގެން ކަމަށްވާއިރު، އެ ޓީމުގެ ކޯޗަކަށް ހުރި ހާވް ރެނާޑް އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ ދައުސާރީ އެވެ.