Header
Logo

ކްރިސްޓިއާނޯ ރޮނާލްޑޯ

mesh

5 ފެބުރުވަރީ 1985 (39 އަހަރު)

ފޯވާޑް

ޕޯޗްގަލް

މެންޗެސްޓާ ޔުނައިޓެޑް

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ކުޅިވަރު މައިދާނަށް ބެލިޔަސް މާބޮޑު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިއެއް ނޫނެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑުގެ ޖެހުމުގެ ރެކޯޑް އޮތީ ރޮނާލްޑޯގެ އަތުގަ އެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ކެޕްޓަނެވެ. ޕޯޗުގަލް އިން ޔޫރޯ 2016ގެ ތަށި އުފުލާލިއިރު، އެ ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ރޮނާލްޑޯ އެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރު ޔުއޭފާ ނޭޝަންސް ލީގުގެ އަލަތު މުބާރާތުގެ ތަށި ވެސް ޕޯޗުގަލް އިން ކާމިޔާބުކުރީ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުންނެވެ. ޔޫތު ލެވަލްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ހަަތަރު އުމުރުފުރާ ގައުމީ ޓީމަށް ކުޅެފަ އެވެ. ރޮނާލްޑޯ ވަނީ އޭރުގެ ގަވާއިދުގެ ތެރެއިން އޮންނަ ފުރުސަތެއްގެ ބޭނުންހިފައި، އެއް ފަހަރާ ޕޯޗުގަލްގެ ތިން އުމުރުފުރާއެއްގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.އުމުރުން 18 އަހަރުގައި އެންމެ ފުރަތަމަ ޕޯޗުގަލް އަށް މެޗެއް ކުޅެދިން ރޮނާލްޑޯ، ގައުމީ ޓީމާ އެކު އެންމެ ފުރަތަމަ މުބާރާތަކީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ ފަހަރު ފައިނަލުގައި ޕޯޗުގަލް ވަނީ ގްރީސް އަތުން ބަލިވެފަ އެވެ. އިންޑިވިޖުއަލީ ބަލާއިރު، ރޮނާލްޑޯ އަށް އެ މުބާރާތް ކާމިޔާބު ކަމަށް ބެލެވޭ ސަބަބަކީ އެ މުބާރާތުން ހޮވި ޑްރީމް ޓީމުގައި އޭނާ ހިމެނުމެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ގޯލު ޖަހައި، ރޮނާލްޑޯ ވެފައިވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުން ޕޯޗުގަލް ކެޓީ ފްރާންސް އަތުންނެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ރޮނާލްޑޯއާ ރަސްމީކޮށް ހަވާލުކުރީ 2008 ވަނަ އަހަރުގެ ޔޫރޯގެ ނާކާމިޔާބީ އަށް ފަހު، އޭރުގެ ކޯޗު ލުއިސް ފިލީޕޭ ސްކޮލާރީ ވަކިކޮށް، ދެން އެ ޓީމާ ހަވާލުވި، ކޯޗު ކާލޯސް ކުއެރޯޒް ބޭނުންވެގެންނެވެ. ރޮނާލްޑޯގެ ކެޕްޓަންކަމުގައި ޕޯޗުގަލް އިން އެ ގައުމުގެ ފުޓްބޯޅައިގައި ތާރީހީ އެތައް ސޮފުހާއެއް ވަނީ ލިޔެފަ އެވެ. މި ދަތުރުގައި ރޮނާލްޑޯ ވަނީ ގިނަ ރެކޯޑްތަކެއް ވެސް މުގުރާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ރެކޯޑަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން އީރާންގެ އަލީ ދާއީ ހަދާފައިވާ ރެކޯޑް، ރޮނާލްޑޯ މުގުރާލުމެވެ. ގިނަ ބަޔެއްގެ ނަޒަރުގައި މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވުނަސް ރޮނާލްޑޯ ހުރީ އަދި އިތުރު ވޯލްޑް ކަޕެއް ކުޅެވެން އޮތް ނަމަ އެ މަސައްކަތުގައި ދެމިހުންނާށެވެ.