Header
Logo

ރޮބަޓް ލެވަންޑޯސްކީ

mesh

21 އޮގަސްޓު 1988 (35 އަހަރު)

ފޯވާޑް

ޕޮލެންޑް

ބާސެލޯނާ

ދުނިޔޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ގުނާލެވޭ އެއް ކުޅުންތެރިޔަކީ ރޮބަޓް ލެވަންޑޯސްކީ އެވެ. ބަޔާން މިއުނިކްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، މިހާރު ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުންދާ ލެވަންޑޯސްކީ ޕޯލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން، ގައުމީ ޓީމަށް 130 އަށް ވުރެ ގިނަ މެޗު އޭނާ ކުޅެ، 70 އަށް ވުރެ ގިނަ ލަނޑު އޭނާ ވަނީ ޖަހައިފަ އެވެ. ޕޮލެންޑްގެ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕާއި، 2012، 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ލެވަންޑޯސްކީ ވަނީ ކުޅެފަ އެވެ. ލެވަންޑޯސްކީ ވަނީ ޖެހިޖެހިގެން ދެ އަހަރު ފީފާ އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް ހޯދައިފަ އެވެ. ލެވަންޑޯސްކީ، މި ސީޒަނުގައި ބާސެލޯނާގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވޯލްޑް ކަޕްގައި ވެސް އޭނާގެ ގޯލުތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ. ލެވަންޑޯސްކީގެ ކެރިއަރުގެ ބޮޑެތި އުސްއަލިތައް ގުޅިފައި އޮތީ އޭނާ ކްލަބް ލެވަލްގައި ހޯދާ ކާމިޔާބީތަކުގެ މައްޗަށެވެ. އޭނާ ގައުމީ ޓީމެއްގައި ތަފާތު ދައްކާލަން ލިބޭނެ އެންމެ ބޮޑު ފުރުސަތަކީ މި ފަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް އެވެ.