Header
Logo

ކްރިސްޓިއަން ޕުލިސިޗް

mesh

18 ސެޕްޓެންބަރު 1998 (25 އަހަރު)

ފޯވާޑް

އެމެރިކާ

ޗެލްސީ

ޗެލްސީ އަށް ކުޅެމުންދާ ހުނަވެރި ފޯވަޑް ކްރިސްޓިއަން ޕުލިސިޗް ޤައުމީ ޓީމުގެ ކެރިއަރު ފެށީ 2016 ވަނަ އަހަރެވެ. ޒުވާން އުމުރުގައި ވިދާލައި، ޤައުމީ ޓީމުން ޖާގަ ހޯދި ޕުލިސިޗް އަކީ މިހާރު އެމެރިކާގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ގޯލްޑް ކަޕް 2019ގެ ފައިނަލަށް އެމެރިކާ ގެންގޮސްދިނުމުގައި ޕުލިސިޗްގެ ދައުރު ބޮޑެވެ. އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕުލިސިޗްގެ ސީނިއަ ކެރިއަރު ފެށީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. ޗެލްސީ އަށް އޭނާ ބަދަލުވީ 2019 ވަނަ އަހަރެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އެމެރިކާގެ އުންމީދަކަށްވާނީ ޕުލިސިޗް ފިޓުކޮށްހުރުމެވެ. ފިޓުކޮށް ހުރެއްޖެނަމަ، ޕުލިސިޗް އަކީ ކޮންމެ ޓީމެއްގެ ޑިފެންސަށް ވެސް ހުރި ނުރައްކަލެކެވެ. މި ފަހަކަށް އައިސް ޗެލްސީގައި ޕުލިސިޗަށް ކުޅެން ލިބޭ މެޗުތަކުގެ އަދަދު މަދުވި ނަމަވެސް އޭނާ އެމެރިކާ މެޗުތަކުގައި ދައްކަމުން އަންނަ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރަން ޖެހެ އެވެ.